އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އެއްކޮށްފައި ހުރި ޓާފް ރަބަރު ފުނިތަކެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދަނޑުގައި ހުރި ޓާފް ރަބަރު ފުނިތަކެއްގައި ރޯވެގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 13:30 ހާއިރު ކަމަށެވެ. އަދި ވިއްސަކަށް މިނިޓުގެ މަސައްކަތުން ރޯވި އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.