މާލޭ ފިހާރައަކުން ސެންޓު ފުޅިތަކެއް ވަގަށް ނަގައިގެން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، އުމުރުން 20 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 10:20 ހާއިރު ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މާލޭ ޝަބްނަމް މަގުން ދަނިކޮށް ކަމަށާއި، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ބަލައި ފާސްކުރި އިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ސެންޓު ފުޅިއެއް ފެނިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހާގެ އަތުން ފެނުނު ސެންޓު ފުޅީގައި ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތުމުން، އެކަން ޔަޤީން ކުރުމަށް ފިހާރައަށް ގޮސް ސުވާލުކޮށްފައި ވާކަމަށެވެ. އަދި އެމީހާގެ އަތުން ފެނުނު، 420 ރުފިޔާގެ ދެ ސެންޓު ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތިކަން އެނގުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލޭ ފިހާރައަކުން ވަގަށް ނަގައިގެން ދިޔަ ދެ ސެންޓުފުޅި - ފޮޓޯ: ޕޮލިސް

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރިއިރު އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ވައްކަމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އޭޕްރިލް މަހުގައި އެކަނިވެސް ފުލުހަށް އެފަދަ 361 މައްސަލަ ހުށަހެޅިފައި ވާއިރު، މިއަހަރުގެ މިހާތަނަށް 1200 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުރުސިދު

    ތިޔަކުރެވުނީ ވަރަށްމޮޅުކަމެއް އަވަހަށް ޓީވީއަށް އިސްތިހާރުދީ

  2. ބެބސް

    ތުނބުޅިލީ ފިރިހެނުންނާ ބުރުގާ އަޅާ އަންހެނުން ވައްކަން ކުރޭތަ؟

    2
    5
    • ދޮންބެ

      ތުނބުޅިއޭ ބުރުގަލޭ ނުކިޔާ ކޮންމެމީހަކުވެސް ކުށެއްކޮއްފިއްޔާ އެމީހަކަށް ހައްގުވާ އަދަބުދީބަލަ. އެކަމު އަހަރެމެން ނެތިން މިރާއްޖޭގެ އެންމެ ބޮޑެތި ވައްކަންތަކާ އަދި ބޮޑެތި މާރާމާރީގެ މައްސަލަތަކާއި އަދި މަސާޖުޕާލާ ތަކުން ނެރޭ މީހުންގެ 99 ޕަސެއްނަޓަކީ ތުނބުޅި ބާލާ އޮމާންކޮށް ހިލަކަރުދާސް އަޅާފަ ހުރި މީހުންނާއި، އައުރަ ނިވާކޮށްލާނެ ފަދައެއްނުލިބިފަ ދިބި އަންހެނުންނޭ ބުނާކަށް. ކޮންމެ ކަމެއްގަ ވެސް ޕަސެންޓޭޖުން ހުރިހާ ވާހަކައެއް ސާފުވާނެ.