ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ކުނި ނެގުމަށް ބޭނުންކުރާ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބަލަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ވިދާޅުވީ، އެފަދަ މައްސަލަތައް ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އިންޓާނަލް އޮޑިޓެއް ހިންގަމުންދާ ކަމަށާއި، އެ އޮޑިޓަށްފަހު ބާރަށް ދުއްވާ ޑްރައިވަރުން ދެނެގަނެވޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ދެ ހަފްތާގެ ތެރޭގައި އޮޑިޓްގެ މަސައްކަތް ނިމޭނެކަން ހާމަކޮށް ވެމްކޯއިން ވިދާޅުވީ، ބާރަށް އެ ކުންފުނީގެ ވެހިކަލްތައް ދުއްވާ ޑްރައިވަރުންނާއި މެދު ފިޔަވަޅި އަޅާނެ ކަމަށެވެ.

ވެމްކޯއިން މިގޮތަށް ވިދާޅުވެފައި މިވަނީ، ކުނި އަރުވައިގެންދާ ވެމްކޯގެ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ވެމްކޯގެ ވެހިކަލެއް މާލޭ ވަށަމަގުގައި ބާރު ސްޕީޑުގައި ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދާދި ފަހުން މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަންނި އަމާ

  ތީވަރަށް ބޮޑުވެއއޖެ ކަމެއް..ބާރަށް އެކްންޏެއްނޫން ދުއްވަނީވެސް އެހާނުރަށްކާކޮށް..ސަބަބެއް ކަމަށް ފެންނަނީ ގިނައިން އެތާވަޒީފާ ތަކުގަ އުޅެނީ ނުކިޔަވާތިބޭ ނުވަތަ ޕާޓޭން..އެހެން ތަންތަނުން ވަޒީފާ ނުލިބުމުން ވެމްކޯއިން އެކަހަލަ ބޮލުރޮދިންނަށް ވަރަށް ފަސޭހައިން ވަޒީފާ ދޭ..އަދި ކުނި ބަލާ ގޭގެއަށް އަންނަ ޕާޓޭ ސޮރުމެެން ފޯނެށް އެއްޗެއް ފެންނަން އޮތަސް ވަގަށް ނަގައިގެން މިދަނީ..ސަމާލުވާންޖެހޭ ކަމެއް.

  20
  6
 2. ކަމަނަ

  ރަށު ތެރޭގަވެސް ވ ބާރަށް ދުއްވާ ތަން ފެނޭ

  10
 3. މީމު ޔާ

  ޢެސް ޓީ އޯ ގެ ވެހިކަލް ތައްވެސް ބާރަށް ދުއްވާކަން ނޭގެނީބާ؟؟

  14
 4. ނާނާ

  ބްރިޖްމަތީ ގަވެސް ބާރަށް އެދުއްވަނީ.ކޮބާ ސްޕީޑްލިމިޓް

 5. ހާރުނު

  ވެމްކޯ މީ ވަރަށް ފޮނިމީހުން އުޅޭތަނެއް. ގެއެއްގަ ޕިއްޒާ ހުސްފޮށިގަނޑެއް އޮތަސް ނުގެންދާނެ. ޖެހޭނީ ކަޅުކޮތަޅަށްލާ ޕާރުސަލްކުރަން. އެކަމު ފިހާރަތަކުގަ ހުންނަ އެެހެރަ ބޮޑެތި ކަރުދާސްފޮށިގަނޑުތައް ހަމަ ހުރިގޮތަށް ކުނިއަޅާ އެއްޗަށް ވެމްކޯމީހުން އަޅާނަގާ،،.... ދެން ބާރަށްދުއްވުން އަދި ސްކޫލް ހޮސްޕިޓަލްކައިރީ ބާއްވައިގެނ ކުނިނެގުން. ބޮޑެތިމައްސަލަ

  4
  2
 6. ޥަގު

  ހުޅުމާލޭގައިވެސް ދުއްވާ! ތަލަހެން ހުންނަ ގޮލައެއް

 7. ެއެކޮއި

  ވެމުންކޯއިން އެއަޅަން އުޅެނީ ރަގަޅުފިޔަވަވަޅެއް
  ނޫން ވެމުކޯއިން އެފިޔަވަޅު އަޅާފިނަމަ ވެމްކޯގެ ހުރިހާ ވެހިކަލްތައް ހުށްތިގެން ދާނެކަމަށް އަޅުގަޑައް
  ގަބޫލުކުރެވޭ ތީ

  1
  1
 8. މޯޑު

  ވެމްކޯގެ ވެހިކަލް އެކަނިެއެްނޫން ބާރާށް ދުއްވަނީ.
  ހުޅުމާލެ މާލެ ބަސް ވެސް 70 އަށްވުރެންވެސް މަތީގަ ދުއްވަނީ. ނުރައްކަލެއް ދިމާވެއްޖެނަމަ ކިތަށް ފުރާނަ ގެއްލޭނެ ކަމެއްވެސް ނޭންގެ. ޕަބްލިކް ބަސް މިހާބާރަށް ދުއްވާއިރުވެސް ފުލުހުންނަކަށްވެސް ފެންނަކަމަކަށް ނުވޭ. މިވާހަކަ ދަށްކާ ބަޔަކުވެސް ނޫޅޭ.

  4
  1
 9. އަޙްމަދު

  ތީ ވަރަށް ބޮޑުވެއްޖެ ކަމެއް