ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް، "ކްރެޑިޓް ނެގުމަށް" ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް އެދި ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ގިނަ ބިލްތަކަކަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެކަމުގައި ހިމެނިވަޑައިގަންނަވާތީ ކަންބޮޑުވުން ފާޅު ކުރައްވައި ރިޔާޒު ވަނީ އެބިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރިޔާޒު ވިދާޅުވެފައިވަނީ އެ ބޭފުޅާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އަސާސްތަކުގެ ތެރޭގައި އޮންނަ އެއް ވާހަކައަކީ އެންމެ ނިކަމެތި މީހާ އަށާއި އެންމެ މުއްސަނދި މީހުންނާ ދޭތެރޭ އޮންނަ ފަރަގު ކުޑަކުރުން، އެއީ މަސައްކަތެއް ކަމުގައި ވާންވާނެ ކަމަށެވެ. އަދި އެބޭފުޅުން މިއަދު އެކުރާ މަސައްކަތަކީ އެފަރަގު ކުޑަކުރުން ނޫންކަމަށާއި މޮޅު މީހާއަށް މޮޅެތި ގޮތް ހޯދައިދޭން އަދިވެސް މަސައްކަތް ކުރެވޭ ކަމަށެވެ.

"ސުޕަ މެޖޯރިޓީ އޮވެގެން، މަޖިލީހުން އެތައް ބައެއްގެ ހައްގުތައް ހުއްޓުވައި، މަޖިލީހަށް ވަނަނުދީ ހުރި ހުރިހާ މަސައްކަތެއްކޮށް، ވޭތުވެދިޔަ ދިހަ އަހަރު ވެގެންދިޔައިރު ކީއްވެގެންތޯ އެކަން ނުކުރެވިދިޔައީ، ކީއްވެތޯ އެ ފަނޑިޔާރަށް އިނާޔަތް ދިނުމަށް ބިލެއް ހުށަހަޅުއްވައިގެން ކުރިއަށް ނުގެންދެވީ. މިރާއްޖޭގެ ރައްޔިތުންގެ ހައްގުތަށް ފުރިހަމަކޮށް ނުދެއްވީ ކީއްވެތޯ،" ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރިޔާޒް ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެންދާއިރު އިނާޔަތްތަކާއި ރައްކާތެރިކަން ހޯދުމަށް 19 ވަނަ މަޖިލީހަށް އިންތިހާބު ވެފައިނުވާ މެމްބަރުން އުޅުއްވަމުންދާއިރު، ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ ގާނޫނު އަސާސީން ކަށަވަރު ކޮށްދެންޖެހޭ އަސާސީ ހައްގުތައް ވެސް ނުލިބި ކަމަށެވެ.

“އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ކަމަކީ އަޅުގަނޑުމެން މިއަދު އެންމެފަހުން ނިންމާލާފައި ދާއިރުގަ މާދަމާގެ މަޖިލީހުގައި ކުރަންޖެހޭ ކަންތައްތައް ބައިވަރު. އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާ އެއްޗެއްހި އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅުން، އެއީކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް. އެއީކީ ނޫން ދުނިޔޭގެ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ ގޮތަކީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒްގެ މިވާހަކަ ފުޅުތަކަށް ރިޔާސަތުގައި އިންނެވި ޖުމްހުރި ޕާޓީގެ ލީޑާރު ގާސިމް ވިދާޅުވީ މެމްބަރުން ހުށަހަޅާ ބިލްތައް މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސްގެ ވާޖިބެއް ކަމަށެވެ. އަދި ބިލްތަކާ ގުޅޭގޮތުން، އަމިއްލައަށް ކްރެޑިޓް ނެންގުމަށް ފާޑުފާޑުގެ ވާހަކަ ނުދެއްކެވުމަށްވެސް ގާސިމް ވަނީ ރިޔާޒުގެ ކިބައިން އެދިލައްވާފައެވެ.

"އިއްޒަތްތެރި މެމްބަރު އެޖެންޑާއަށް ހުށަހެޅިފައިވާ ކަންތައްތަކަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމަކީ އެހެންމައްސަލައެއް. މިމަޖިލީހުގެ ރައީސް ކަމުގައި އިން މީހެއްގެ ވާޖިބެއް ކަމަށްވާތީ ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި އެވާހަކަ ދަންނަވާލަން. މަޖިލީހުގައި ބަހުސް ކުރައްވާއިރު، ވާހަކަފުޅު ދައްކަވާއިރު، އަމިއްލައަށް ކްރެޑިޓް ނަންގަވަން ފާޑުފާޑުގެ ވާހަކަފުޅު ދެއްކެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން،" މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުން ހުށަހަޅާ ބިލްތަކާމެދު ލަދުވެތިވާ ކަމަށެވެ. އަދި އަމިއްލައަށް އިނާޔަތް ހޯދުމަށް މަޖިލީހަށް ބިލްތައް ހުށަހެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔައީ 18 ވަނަ މަޖްލީހުގެ ފަހު ޖަލްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަރުގޮނު

    ރިޔާޒުގެ ވާހަކަތައް ކިތަންމެހާވެސް ރަގަޅު. މަޖްލިސް ގެ ދަވްރެއއ ނިންމާލުމުން ޢުމުރަށް ލިބިލިބިހުންނަ އެލަވަންސާ ޢިނާޔަތްތަކުން ހިތްހަމަޖައްސާލާގެން ގޭގައި އޮށޯވެ އޮވެލާންވީ. ސަރުކާރުގައި އުޅޭތާ 40 އަހަރު ނޫނީ އެއަށްވުރެ ދިގު މުއްދަތު އުޅުނު މުވައްޒަފުން ޕެންޝަނަށް ލިބުނު ކުޑަ ފައިސާކޮޅުން ނުފުދޭ ޙާލުގައި ގަނަ ތެޅެންވީ. ޢުމުރުން 65 ވުމުން އަނެއްކާ އެއެތިކޮޅު ކަޑާލަނީ 5000 ރުފިޔާއަށް ވުރެ ގިނަވާތީ.

    35
    6
  2. ޙައްޤުބަސް

    ދައުލަތުގެ މުދަލާއި ތަކެއްޗާއި ވަގުތު ބޭކާރު ކޮށްލުމުގެ ކުށުގެ މާޒީއެއް އޮތް ބަޔަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޢިނާޔާތެއް ނުދެވޭނެއެވެ. މެންބަރު ކަމުގެ މުސާރައާއި އެލަވަންސްގެ އިތުރުން ތްރީލައިން ވިޕުގެ ނާޖާއިޒު ފައިދާ ނަގަމުން ގޮސްފައިވާއިރު، އަދުރޭއާއި ނިހާނުމެން މިހާރު އެތިބީ، މުހަޖަނުންނަށްވެފައެވެ.

    20
    9
  3. ނުރަބޯ

    މަރުޙަބާ ޢިއްޒަތްތެރި އެމްޕީ ރިޔާޒު. ރައްޔިތުންގެ ޙައްގު ގައި ތިޔަބިލްތަކުގައި ކޮޅުފައިންޖައްސަވާ މަޖްލިހުގެ އިދާރާގެ ފާރުމަތިން ބޭރުކޮށްލެއްވުން އެދެން.

    29
    6
  4. މާލޭ ތޮލް

    ތިމީހުން މަޖިލީހައް ވަނުމައްފަހަކު ދާއިރާގެރައްޔިތުންގެ ކިބައިން ނިމުނީ ދާއިރާގެމީހުންނައް ކިތައްމެހަރާންކޯރުވިޔަސް އެމީހުންނައް ހެދޭނެއެވެސް ގޮތެއްނެތް އެކަމަކު އެމީހުން ވެއްދިބަޔަކައް އެމީހުން ކަމުނުދިޔާމަ ބޭރުވެސްކުރެވރންޖެހޭނެތާ އެކަމެއްވެސްނުވެ ހިތުހުރިގޮތަކައްއުޅެންވީ ކުރެވޭނެއެއްވެސްކަމެއްނެތް މިވެސްކިހާބޮޑުޖޯކެއް

  5. ރިޔާޒް ކޮއްކޮ

    މާދަން ރިޔާޒް ބުނާނެ ނޫނޭ ތިޔަ ބިލް ވަރަށް ރަނގަޅޭ... ގައިމު މިބިލް ފާސްވެ ގާނޫނަކަށް ވީމަ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ދާކަށް ނުޖެހޭނެއޭ...

    4
    2
  6. ާއަހުމަދު

    މިފަހަރު ތިކަލޭގެ ހޮވުނީމަ އިނާޔަތް ބޭނުން ނުވީ ނުހޮވުނުނަމަ އެންމެކުރިން ތިކަމާ އުޅޭނި އޭނަ. 19 ވަނަ މަޖިލީހުން ބަޤާވާތުގެ މައްސަލަ ބަލާނެކަމަށް އުންމީދުކުރަން

  7. ޕީޖޭ

    ރިޔާޒު އާއި މެދު ސިޔާސީގޮތުން ދެކޭގޮތް ވ ބޮޑަށް ބަދަލުވެއްޖެ..ބިން މިލްކުކުރަން ދެކޮޅުހެދި ހިސާބުން އެގިއްޖެ ގަވްމާމެދު ވިސްނާ ބޭފުޅެއްކަން..އަދި ހައްގަށް ބަސްބުނާ ޕްރޮފެޝަނަލް ބޭފުޅެއް..

  8. ކޮތަރު

    ޢިނާޔަތާއި ޙިމާޔަތާއި ރައްކާތެރިކަމާއި ވީ.އައި.ޕީ ދިނުމުގެ ބިލަށް ފާޑުކިޔާ އެބިލާ ދެކޮޅަށް ކަރުފުއްޕާ ހަޅޭއްލަވާފަ (އޮޅިގެން) ބިލަށް ތާއީދުކޮށް ވޯޓުދިނީމަ އެހެރީ ނަޒާހަތްތެރި ކަމުގެ އިންތިހާ ރައްޔިތުންނަށް ދެއްކިފަ. އެއީ މިހާތަނަށް ތިޔަ ޢިއްޒަތްތެރިން ރައްޔިތުންނަށް ހުވަފެންތައް ދައްކާފައި ވާގޮތް. މިހާރު އެއްވެސް މީހަކު ތިޔައިން މެމްބަރަކު ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަމެއް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރޭ. ޤާސިމް އެބުނީ ހަމަރަނގަޅަށް ކްރެޑިޓް ނަގާކަށް ޒާތްޒާތުގެ ވާހަކަ ދައްކާނެ ކަމެއްނެތް.

  9. ހަގީގަތް

    ރިޔާޒް އަކީވެސް ވަގެއް މަކަރުވެރިއެއް ޕޮލިހުގަ ހުރިއިރު އެތަން ބޭނުން ކުރީ މުއްސަދިވާން

    11
    1
  10. ހުދުބުރުގާ

    ކައިކައި ކައި ގިނައިން ކައި ....ޖެވެން އޮތްދުވަހު ކައި. ނިކަމެތިރައްޔިތުން ބަނޑަށްޖެހެނީ..ކަލޭމެންނަށް ރާޢްޖެއަށް ލިބޭ ހުރިހާމުއްސަނދިކަމެއް... މިއޮތީވާ ރާޢްޖެއެއް. ބިލެއްފާށްކޮށްބަލަ ނިމަކެތިން ދަންޖައްސަން.

  11. ރައްޔިތުމީހާ

    މިވެސް ސައިޒުވެގެންދާނެ މީހެއް. ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން. ޕޮލިސް ކޮމިޝަނަރަކަށް ހުރެ ހިންގި ޖަރީމާތައް ކޮބާތޯ.