ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަބްދުﷲގެ މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފުލުހުންނާއި ބައްދަލުކޮށް، މަޝްވަރާތަކެއްކޮށްފިއެވެ.

އެޗްއާރްސީއެމްއިން މިއަދު ވިދާޅުވީ، ރިޟްވާން ގެއްލިފައިވާ މައްސަލައިގައި ފުލުހުން ކުރިޔަށް ގެންދާ ތަޙުޤީޤު މޮނިޓަރކޮށް، ތަޙުޤީޤު އަވަސްކުރުމަށް އެކޮމިޝަނުން ބާރުއަޅަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ޤަވާއިދުން ލިޔުމުން ހޯދުމާއި، ފުލުހުންނާއި އެކު ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީޢަތުގެ މަޖިލިސްތަކުގެ އަޑު އެހުމަށް ކޮމިޝަނުން ޤަވާއިދުން ކޯޓަށް ހާޒިރުވާކަމަށާއި، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި، ފުލުހުންގެ ތަޙުޤީޤާ ގުޅޭގޮތުން އެޗްއާރުސީއެމަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކުވެސް ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ރިލްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމިި

    މީނޫން އުންސާނަކު ނެތީތަ . ކޮބާ ގެއްލުނު އެހެންމީހުން ކޮބާ މަރުވި އެހެންމީހުން

  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ ރިލުވާން އެކަނިތަ ހަގީގަތްހޯދަން ޖެހޭ މިރާއްޖޭގެ ހަމަ އެކަނި ރައްޔިތަކީ؟ އަފްރާޝީމްގެ މައްސަލަ ކޮބާހޭ؟