ޔޫއެންޑީޕީ އާއި އުރީދޫ އާއި އެޗްޑީސީއާ ގުޅިގެން ވެމްކޯއިން ކުރިއަށް ގެންދާ "ސްމާޓް ސިޓީ" ކެމްޕެއިންގައި، އުކާލާ ކުނި މަދުކުރަން މާދަމާ ފަށާ "ރައްދު" ޕްރޮޖެކްޓްގެ ދަށުން، ހުސް ފުޅިއަށް ފައިސާ ދޭން ނިންމައިފިއެވެ.
"ރައްދު" ކުރިއަށް ގެންދާ ގޮތަކީ ވަކި ސްޓިކާއެއް ޖަހާފައި ހުންނަ ފެން ފުޅިތަކެއް ހުޅުމާލޭ ވެމްކޯ އޮފީިހާ ހަވާލު ކުރުމުން ކޮންމެ ފުޅިއަކަށް ރުފިޔާއެއް ދެނީ އެވެ. އެ ސްޓިކާ ޖަހާފައި ހުންނަ ފުޅިތައް ގަންނަން ލިބޭނީ ހުޅުމާލޭ ވެމްކޯ ސައިޓް ކައިރި ހުންނަ ފިހާރަތަކުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މާދަމާއިން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި 10،000 ފުޅި އެއް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވެމްކޯގެ އެ ޕްރޮޖެކްޓްގެ އަމާޒަކީ މަގުތަކަށް އަޅާ ކުނި މަދުކުރުމެވެ. ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ޒާތުގެ ފުޅި ފަދަތަކެތި މަގުތަކަށް އެޅުން ހުއްޓުވުމެވެ.
ޔޫއެން، އާއި ރާއްޖޭގެ ވަރުގަދަ ދެކުންފުންޏަކުން ތިޔަ ކޮށްލެވެނީ ވަރަށްވެސް ބޮޑުކަމެކެވެ. 10000ފުޅި. އެވެސް އެވެރިން ބުނާ ފިހާރަޔަކުން ގަނެގެންނެވެ.އަދި އެބުނާ ލޭބަލެއްވެސް އިންނަން ޖެހެއެވެ. ބޮޑަށް ވައްތަރީ ވަކި ބަޔަަކަށް ފައިދާއެއް ވާނެ ގޮތަކަށް ކުރާ ވިޔަފާރި ޑީލެއްގޮތަށް.. ބަލަ ކީއްތަ ވާނީ މުޅި ރާއްޖޭގަ ބޭނުން ކުރާ ތިޔަ ކަހަލަ ފުޅި ވެމްކޯގެ ކޮންމެ މަރުކަޒަކަށް ހަވާލުކޮށްލީމަ 500އެމްއެލް އިން.50ލާރި ،1.5ލީޓަ ފުޅިން 1ރުފިޔާ،
5ލީޓަރ ފުޅިން 2ރުފިޔާ ލިބޭނެ ގޮތައް އަހަރެއްގެ ނިޔަލަށް ކުރިއަށް ގެންދިޔައިއްޔާ.. ކަމަކަށް ކަމެއް ކޮށްލީމަ ދެން ވަރަށް ހަޑި..
ވަރަށް ސަޅި. އޫރިދޫ އުޅެންޏާ މިކަހަލަ ކްރިއޭޓިވް އައިޑިއާސް އުޅޭނެ.
އުރީދޫން ހިއްސާދާރުން ނައް 3 ރުފިޔާ ދީފަ. ބާކީ ހުރި ލާރިތައް ތިޔަ ބަހާ ދެނީ. ހާދަ މަކަރު ހަދާ ބައެކޭ. ދޯ.
ޖަޒީރާ ޤައުމެއްގަ ކޮންސްމާޓް ސިޓީއެއްތަ.