އަވައްޓެރި ސްރީ ލަންކާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ އެތައް ފުރާނައެއް ހަށިގަނޑާއި ވަކިކޮށް އެތައް ސަތޭކަ ބަޔަކު ލެއިން ތަތްތަޅުވާލީތާ އަދި ވީ ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަހެވެ. އެ ނުރައްކާތެރި ހަމަލާއަށް އަދި މާ ގިނަ ދުވަހެއް ނުވަނީސް، ރާއްޖެއަކީ ވެސް އެ ހަމަލާގެ ޒިންމާ އުފުލި ނަން މަޝްހޫރު ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާއަތުގެ ޓާގެޓެއްކަމަށް ބުނާ މައުލޫމާތުތަކެއް ވަނީ ހާމަވެގެން ދިއުން ދިވެހިންނަށް ވެގެން ދިޔައީ ބިރުވެރި ކަމަކަށެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން އަދި ބުނާނެ އެއްޗެއް ނެތި، ރައްޔިތުންނާއި ދައްކާނެ ވާހަކައެއް ނެތިފައި ތިބިއިރު ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ސުވާލު ގިނަވެފައެވެ. އެއްބަނޑު އެއްބަފާ އަޚުވަންތަ އަވައްޓެރިންތަކެއްގެ ލޭ ކައިރީގައި ޖެހިގެން އޮތް ގައުމެއްގައި ފާއްދާލިތާ ދުވަސްތަކެއް ނުވަނީސް އެފަދަ ނުރައްކާތެރި އަޑެއް އިވުމުން ގިނަ ބައެއްގެ ހިތްތަކަށް ވަނީ މާޔޫސްކަން ވެރިވެފައެވެ.

އިނގިރޭސި އިންޓެލިޖެންސް އިދާރާއަކާ ހަވާލާދީ އިނގިރޭސި ނޫހެއް ކަމަށްވާ ޓެލެގްރާފްގައި މިކަމާއި ގުޅޭގޮތުން ބުނެފައި ވަނީ، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކަށް ފަހު ރާއްޖެ ހިމެނޭ ގޮތަށް އެފްރިކާ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ރިސޯޓްތަށް އައިސިސްގެ އަމާޒަކަށްވެ، ލަންކާއަށް ދިންފަދަ ހަމަލާތަކެއްގެ ބިރު މި ސަރަޙައްދުތަކަށް އޮތް ކަމަށެވެ. އަދި ސީރިއާގައި އައިސިސް ޖަމާޢަތް ބަލިވުމާއި ގުޅިގެން އެޖަމާއަތުގެ އަމާޒަކަށް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރިސޯޓްތަށް ހަދާފާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އައިސިސް އިން ނެގިއިރު މިހަމަލާތައް ލަންކާގެ އަށް ސަރަޙައްދަކަށް ދިނުމުގައި އަމަލީގޮތުން ނުވަ މީހަކު ބައިވެރިވިކަމަށް މިހާތަނަށް ވަނީ އެގިފައެވެ. އައިސިސް ޖަމާޢަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިރުބަވެރި ވަރުގަދަ ހަމަލާތަކެއް މީގެ ކުރިންވެސް ދީފައިވާ ޖަމާއަތެކެވެ. ނަމަވެސް އެ ޖަމާޢަތުން މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިނީ މި ސަރަޙައްދުގެ ޤައުމެއްގައި ފަހުގެ ތާރީޚެއްގައި ވެސް ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.

މި ހަމަލާއަށްފަހު ރާއްޖެ ވެސް ހިމެނޭގޮތަށް މި ސަރަޙައްދުގެ ޤައުމުތަކަށް ނުރައްކާ ބޮޑުވެފައިވާކަމުގެ އަޑު ފެތުރިފައި ވާ މި ދަނޑިވަޅުގައި ނޫހަކުން އެކަމާއި ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓަރަށް ސުވާލު ދެންނެވުމުން ވިދާޅުވެފައި ވަނީ، މީޑިއާއަށް މައުލޫމާތު ދެއްވާނީ އެންސީޓީސީގެ ފަރާތުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ކަމުގައެވެ.

އެއަށްފަހު އެ ނޫހުން އެންސީޓީސީގެ ފަރާތުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މިވަގުތު ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށާއި، ރާއްޖޭގެ ސަލާމަތީ ހާލަތާ މެދު ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް ޓެރަރިޒަމާއި ގުޅުންހުރި މައުލޫމާތުތައް ވަރަށް އަވަހަށް މީޑިއާ އާއި އާއްމުންނަށް ޙިއްސާ ކުރައްވާނެ ކަމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަންޖެ

    އައިސިސް ޖަމާޢަތުން ހަމަލާއެއްނުދޭނެ އެކަމަކު 100ޕަސެންޓު ރާއްޖޭގާ ތިބި އިންޑިޔާ އައިސިސް ސިފައިން ދިވެހިން މެދުވެރިކޮށްގެން ހަމަލާއެއްދީފާނެ !

    19
    1
  2. އެޖެންޑާ

    އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ޤަބޫލްކުރާ މިނިސްޓަރުން...އަޅުގަނޑުމެންވެސް ބުނާނެ އެއްޗެއް ނެތް..

    23
    1
  3. Samaaira

    މިހާރު އެއްޗެއް ބުނަން ނޭނގި ތިބޭކަށް ނުޖެހޭނެތާ ތިޔަ ބަދުނާމެއް ލިބުނީ ކެނެރީގޭ އަގަފަތަރާސީ ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގި އަގަ ތަޅުވަން ހަދައި ގެން އެކަލޭގެ ހިތުން ޔާމީނުގެ ސަރުކާރު ބަދުނާމު ކުރީ ހިނދުކޮޅު އައިސްފަހުންނަ އިރު ވާނުވާ ނޭގި ދެއްކޭ ވާހަކައިން މިހަާރު މިއޮތީ އަމިއްލަ އަށް ފައިން އެރިފަ

    18
    1
    • ކުޑަބަޖަރާ

      މިފަދަ ހިތާމައެއް ލަންކާއަށް ލިބުނީމާވެސް ތިޔަބުނާ ނަޝީދު ހަމދަރްދީގެ ބަހެއްވެސް އިއްވާނުލައެއްނު. އެކަމަކު ލަންކާ އަކީ އެސޮރުގެ ވަރަށްގާތް ތަނެކޯ .

  4. މާމިގިލީ މީހާ

    އެޖެންޑާ19 އަކީ ރާއްޖޭގައި ބޮންގޮއްވުން.

    15
    1
  5. Anonymous

    ކޮންމެވެސް ގޮތެއް ހޯދަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ބައިތިއްބަން.

    4
    1