ގެއްލިގެން ހޯދަމުން ދިޔަ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ދެންމެ ފުލުހުންގެ އިދާރާ އަށް އަމިއްލަ އަށް ހާޒިރުވެއްޖެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއުލާން ކޮށްފައިވާ އިލްހާމް އަހްމަދު ފުލުހުންގެ އިދާރާ އަށް މިއަދު 11:37 ގައި ހާޒިރުވެފައިވާ ކަމަށެވެ.

ފުލުހުން އިލްހާމް ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

މިދިޔަ ހުކުރު ދުވަހު އިލްހާމް ހޯދަން ފުލުހުން އިއުލާންކޮށް އޭނާ ހޯދަމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމާއި ހަމައަށް ނުވެއެވެ.

އިލްހާމް މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައި ވަނީ އޭނާގެ އަނބިކަނބަލުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ކޮއްކޮގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަމީ

    ފީކުރަން ހާލީގައޮވެފަ ނިކުމެވިއްެޖެ

  2. އަހްމަދު

    ހާދަހާ ހިތްވަރެއްނެތޭދޯ ވަޓުއިޒްދިސް އާ ދިސްއިޒް ރިއަރލިޓީ

  3. ާވަތުބަތާނަ

    މީ ރިއަލިޓީ އަކީ. ހާދަހާ ހިތްވަރެއް ނެތޭ މީނަގެ ގައިގަ.