ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ އާއި ޗިކުންގުންޏާ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވެއްޖެއެވެ. މިހާރު ނިިމިގެން މިދާ އޭޕްރިލް މަހުވެސް މި ދެ ބަލި ޖެހިގެން ރިޕޯޓް ކުރާ މިންވަރު މި ވަނީ އިތުރުވެފަައެެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭޕްރިލް މަހު މިހާތަނަށް 467 މީހަަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ ތިން މަސް ތެރޭގައި ޑެންގީ ޖެހިގެން 1873 ކޭސް ވަނީ ފެނިފައެވެ. މިއީ މިދިޔަ ތިން އަހަރުގެ މި މުއްދަތާއި އަޅަބަލާއިރު އިތުރު މިންވަރެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި މި ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ހދ، ރ، އއ، ދ އަދި އަތޮޅުންނާއި މާލެ އަތޮޅުންނެވެ.

ޗިކުންގުންޏާގެ ހާލަތަށް ބަލާއިރު، މި މަހުގެ މިހާތަނަށް 296 މީހަކަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ ތިން މަސް ތެރޭގައި ޗިކުން ގުންޏާގެ 828 ކޭސް މި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިއި މިދިޔަ ތިން އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، އިތުރު މިންވަރެކެވެ.

ޗިކުންގުންޏާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ، ތ، ގއ އަތޮޅުންނާއި މާލެ އަތޮޅުންނެވެ.

މި ދެ ބައްޔަކީވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.