މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހު، މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީއެއް ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް''ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައިފިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފާދޭ ކޮމިޓީއެއް ހަމަޖައްސާފައިވާއިރު، ދައުލަތުގެ މުއައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ''ޕޭ ކޮމިޝަނެއް'' ވެސް ވަނީ އުފައްދާފައެވެ.

މި ބޯޑް އެކުލަވާލެއްވުމަށް ފަހު ރައީސް އިބްރާހިމު މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތް ތެރިންގެ ދުވަހާއި ގުޅިގެން މައްސަކަތްތެރިންނަށް އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ލަފާދޭ ބޯޑެއް މިއަދު އެކުލަވާލެއްވުމަކީ ލިބިވަޑައިގެންނެއްވި އުފަލެއް ކަމަށް ވިދާޅުވެފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާދޭނެ ''އެޑްވައިޒަރީ ބޯޑެއް" ރައީސް މިއަދު އުފެއްދެއްވިއިރު މި ބޯޑާއި ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން ދެ މެމްބަރަކު ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެއް މެމްބަރަކު ބޯޑުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެ ބޯޑު މެދުވެރިކޮށް ރަނގަޅު ނަތިއްޖާއެއް ނިކުންނާނެ ކަމަށެވެ.

ވަގުތުން ވަގުތަށް ކުރަން ހަމަޖެހިފައިވާ އެންމެ މުހިއްމު ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށް މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިން ހިތާބުގައި ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކަމެއް

    ތިކަން ކޮށްފަ ނެތެއްނު އެހެން ކަމެއް ކުރަން ވަގުތެއް

    25
    1
  2. ނބދ

    އެންމެ ކުޑަ އުޖޫރައެއް ނޫން ކަނޑަ އަޅަން ވީ. އަހަރެމެންނަށް ހަމަ ޖެހިލައިގެން އުޅެވޭ ވަރު ކޮށް ދޭންވީ. އަތް ފޯރާ ފަށަށް ގޭގެ ކުލި ތިރި ކޮށް ދޭންވީ

    15
  3. ދޮންބެ

    ކަލޭ މަޖި ލީހުގަ 25 އަހަރު ކީއްބާކުރީ
    މިހާރު ދުވާލަކު ކިތައް ހާސް ރުފިޔާ ހަމަ އެކަނު ކަލޭގެ ކެއުމައް އެބަ ހަރަދު ކުރަން

    15
  4. ނާޒުކު

    ބޯޓެްއް ކޮމިޓީއެއްނެތި ތިބާއަށް ހަމަ ކަމެއް ނުކުރެވެނީތަ. ކޮންމެ ރަށެއްގައި ހޮޅުއަށި ކޮމިޓީ ހަދާބަލަ އޭރުން ވަރަށް ހިޔާލު ލިބޭނެ. މި ހާރު ކިޔެވުމުމުގެ ބޭނުމެއްނެތް.

    15
  5. މަސްވެރިޔާ

    ދިވެހިރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލަންޖެހޭ، އެއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް.
    ބަންގާޅު މީހުންގެ ތެރޭ ފިލަން އާސް އުޅޭ ފުލުސް އޮފިސަރުންނާއި ޖާސޫސީ އިދާރަގައި އުޅެފަ ތިބި މީހުން އެބަތިބި. ވަރަށްބޮޑް ނެޓްވޯކެއް، ބޮޑެތި ޖަރީމާތައް މިޤައުމުގައި އެމީހުން އެބަ ހިންގާ، ދިވެއްސަކާ އިދެވޭ 10000ރ ލިބެންޏާ، މިއަދަދު މަތިކޮށް އެފިރިހެނެއްގެ އަމިއްލަ ބިމެއް ނުވަތަ ފުލެޓް އެއް ނެތިއްޏާ ދިވެއްސަކާއި އެއްވެސް ބޭރު ފިރިހެނަކަށް ނިއިދެވޭގޮތަށް ޤާނޫނު ފާސްކުރަންޖެހޭ.

    12
    1
  6. ބޯހުދުދޫނި

    ބޯޑު އުފެއްދުން ނޫން އެހެން ކަމެއް ކަލޭ ކުރާތަން ފެންނާނީ ކޮންއިރަކުންތަ؟

    16
  7. ޔަމީމް

    ވަގުންނާ ގައުމު ހަވާލުކުރީމަ ވާންވި ގޮތްމިވަނީ..

    16
  8. ނުނިންމޭނެއޭ

    ތިޔާ ބޯރޑް ގައި ހިމެނޭ ޖަނާ އަކީ އެއީ އިތާފުށީގެ އެއް ހިއްސާދާރޭ އެކަމަކު އިތާފުށީގައި މަހަކު 300 ޑޮލަރަށް ވުރެން މަތީ މީހުންގެ މުސާރަ އަށް ބަލާ އެތަނުގައި ތިބި މީހުންގެ ނަސްލަށް ބަލާނަމަ ދިވެހިން ގެ ޕަރސެންޓޭޖް އުޅެނީ އެންމެ %5 ގައޭ ދެން %95 ކަވަރު ކުރަނީ އެއީ ބޭރު މީހުންނޭ ޑައިރެކްޓަރ ލެވެލް ގައި މުޅިން ތިބީ ލަންކާ އިންޑިއާ މީހުންނޭ މި ކަންކަން ނޫންތޭ ފުރަތަމަ ފިކްސް ކުރަންވީއޭ ތިޔާއީ އެހާ ސިމްޕްލް ކަމެއް ނޫނޭ އީކްއޭޝަން ޑްރައިވް ކުރުމުގެ ކުރިން ހިސާބު ނަމްބަރު ތަކާއި ސިމްބޯލްސް ތަކެއް ނޫންތޭ ޑެސްކް ޓޮޕް މަތީގައި އަތުރަންވީ ދެން އެސިމްޕްލިފައި ކުރަންވީއޭ އެ ޑްރައިވް ކުރާއިރު ބޯރޑް ގައި ހިމެނޭ މެމްބަރުން ފުރަތަމަ ދިވެހިން ނަށް ވަޒީފާ ނުދޭނަމަ ދެން ތިޔާ ބޯރޑް އިން ނެރެދޭނެ ނަތީޖާ މަމެންނަށް ވަރަށް ރީއްޗަށް ފެނިގެން ދެއޭ ތިޔާ ކަން ތިޔާ ހެން ކޮށްގެން ނުވާނެއޭ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ވިޔަފާރި ތަކުގެ ހިއްސާ ދާރުންނާއި ޖެހޭނެއޭ މަޝްވަރާ ކުރަން އެންމެ 5 މީހުންނަށް

  9. ދަގަމާރާ

    އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިގެން ސަރުކާރުން ނެރެން އުޅޭ ނަތީޖާ އެއް ފަހަރު ވެސް ސްމިއުލޭޓް ކޮށްފިންތޭ ނޫން ނުކުރޭ ދޯ އެންމެ ދަށް މަސައްކަތު މީހާ އަށް މަހަކު 6 ހާސް ރުފިޔާ ދޭން ޖެހޭނަމަ ސަރުކާރަށް މަޖްބޫރު ނުކުރެވޭނެއޭ އޭގެ ދެ ގުނަ ސްޕަވައިޒަރަށް ދޭން ޖެހޭނެ ކަމަށް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނޭ ދުނިޔެއަށް އިންސާނުން ފޮނުއްވީ ލޫޓުވައިގެން ފައިސާ ހޯދަން ނޫނޭ އެމެން ބުރަ މަސައްކަތް ކޮށްގެން ކުރިއަށް ދާ ގޮތަށޭ މަސައްކތު މީހާ ވެސް ޖެހޭނީ ކެރިއަރ ބިލްޑް ކުރަންއޭ އަބަދު އޭނާ ހުންނަން ނުޖެހޭނެއޭ މަސައްކަތު މީހާގެ މަގާމް ގައި މީހުން ބިނާ ކުރާނެ ގައިޑް ލައިނެއް ސަރުކާރުން އެކުލަވާލާ އެއަށް އަމަލު ކުރުވަންވީ ޕްރައިވެޓް ސެކްޓަރ ލައްވާ ރިސޯރޓްސް ތަކުގައި ޓްރެއިނިންގް މެނޭޖަރ ހުންނަނީ އެއީ އަމާބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ކުރަންއޭ އެއާލާތުން ކުރާ އެއްވެސް ކަމެއް ނޯވެއޭ އެހެންވެއޭ ރިސޯރޓްސް ތަކުން ގެސްޓުން މަރުވަނީ ސަރުކާރުން ސްޕެޝަލީ ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީމެންގެ ގަމާރު ކަމާއި ބީތާކަމާއޭ...

  10. މަހަށްދޭބަލަ

    ސަރުކާރުން މިނިމަން ލޭބަރ ވޭޖެއް ކަނޑައަޅަން އުޅޭއިރު ވިޔަފާރިވެރިންގެ ޖަމްއިއްޔާ އާއި މަޝްވަރާ ކުރިންތޭ ނޫން ނުކުރަންދޯ ދެން އެމްޑީޕީގައި އުޅޭ ކަންނެތް އަތުން ފައިން މަސައްކަތެއް ނުކޮށް ރަށުތެރޭ ފެގް ބޮއިގެން އެނބުރޭ އެއްޗެހި ތަކަށް ފައިސާ ގަނޑެއް އެމެން މަސައްކަތެއް ނުކުރިނަމަވެސް ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދާ ވިޔަފާރިވެރިން ފެލާލައިގެން ފައިސާ ނަގާ އެމެންނަށް ދިނުމުގެ ހަގީގީ ބޭނުމަކީ ކޮބައިތޭ ތިޔާއިން ރާއްޖޭގެ އިކޮނޮމީ ކޮލަޕްސް ވުން ނޫން ކަމެއް ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ދަ ގަމާރު ދަ ބީތާ ޕޮލިސީ ސެކްރެޓަރީ އަނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  11. ލުކްވެލް

    އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކުރިން ބަލަންވީ ނޫންތޭ ރާއްޖޭގައި ވަޒީފާ ނުލިބިގެން އުޅޭ ބަގަ އެއީ ކޮން ބަޔެއް ތޭ އެބަގަގެ ތެރެއިން 10 މީހުން އެއްކޮށްލުމުން އެތަނުން 8 މީހުންނަކީ އެއީ ދަ ރާއްޖެތެރޭ މީހުންނޭ އެއީ ހެދުނު 11 ޖެހީމާ ހޭލާ މީހުންނޭ އަތުން ފައިން ކުރަން ދަންނަ މަސައްކަތެއް ނޯވެއޭ ކޮންމެ 5 މިނިޓް އިން 5 މިނިޓް އިން ފެގް ދަމާ އަރުވާނެއޭ ވަޒީފާ ބަޔާން ގައިވާ ގޮތަށް އެއްވެސް ކަމެއް ފަރުވާތެރި ކަމާއި އެކު ނުކުރާނެއޭ ދެން އެމެންނަށް ވަޒީފާ ދެނީ އެއީ އެއްޗެއް ބޯންތޭ އެނޭގިގެންނޭ މަމެންނަށް މިއުޅެނީ މިމެންނަށް ވަޒީފާ ދީފިތޭ ޕްރައިވެޓް ކުންފުނި ތައް ބޭންކްރަޕްޓޭ ވާނީ...

  12. ގޯހެކޭ

    އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޯރޑެއް ރައީސް އުފެއްދި އިރު ތިޔާ ބޯރޑް ގައި ނެތޭ ހަގީގަތުގައި އެފަރޓް އެއް ލައިގެން މަސައްކަތް ކޮށްގެން މުވައްޒަފުންނަށް މުސާރަ ދޭ އެކަކު ވެސް ތިޔާ ޓޫރިޒަމް އެސޯސިއޭޝަން ތަމްސީލް ކުރާ މީހުންނަކީ ރިސޯރޓެއްގައި ހުންނަން ޖެހޭނެ ޑިޕާރޓްމެންޓްސް ތަކުގެ ނަަމަކީ ކޮބައިތޭ އަހައިފިނަމަ އެކޮއި އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ އެމެން އަހާނީ ތިޔާ ޖެހޭނެއޭ ވިޔަފާރި ވެރިންގެ ޖަމްއިއްޔާ އާއި މަޝްވަރާ ކުރަން ތިޔާ

  13. ބޮލިހިލާ

    މިނިމަމް ލޭބަރ ވޭޖް ކަނޑައެޅުން ސަރުކާރުން ހީކުރަނީ ހިޔަންޏަށް މުޑި ނަގައިގެން އެކަން ކުރުމުން ދިވެހިންނަށް ވަޒީފާ ރިސޯރޓްސް ތަކުން ލިބޭނެ ކަމަށްތޭ ނުވާނެއޭ ތިޔާ ކަމެއް ތިޔާ ހެން ރިސޯރޓްސް ތަކުގައި ތިބި ދޮން ޖީއެމް މެން ދިވެހިން ނަށް މަތީ ވަޒީފާ ތައް އަދި މެދު ފަންތީގެ ވަޒީފާ ތައް ދޭން ޖެލަސް ވެއޭ މާލޭގެ ބުޑުގައި އޮތް ތަނެކޭ އެނބޫދޫ ފަޅަކީ ބަލާބަލަ މިހާރުވެސް މަތީ ފަށަލަ އަދި މެދު ފަށަލައިގައި ތިބީ ކޮން ބަޔެއްތޭ އެކަން ހައްލު ނުކޮށް ކުނިކަހާމީހާ ގެ ވަޒީފާ ތޭ ރިސޯރޓްސް ތަކުން ރައީސް އިބޫ ދިވެހިންނަށް ދޭން އުޅެނީ ތަމެން ދެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ތިޔާ ކަން ހުއްޓާލާ ތަމެން އިހު އުޅުނު ގޮތަށް ކަޅު ކަނޑިކި އަނދެގެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާދޯ...

  14. ވިސްނާތި

    މިނިމަމް ވޭޖް ކަނޑައެޅުމުން ފުރަތަމަ އިކޮނޮމީ އަށް އަންނާނެ ލޮޅުމަކީ އެއީ ކޮމޯޑިޓީސް ތަކުގެ އަގު ބޮޑުވުމޭ ފިޔާ ވިއްކަން ހުންނަ މީހާގެ މުސާރަ ކަވަރުކުރަން ޖެހެއޭ އެކަވަރު ވަނީ 1000 ކިލޯ ފިޔާ ދުވާލަކު ވިކިގެންނޭ އެކަމަކު ވިކެނީ 500 ކިލޯ ފިޔާއޭ ދުވާލަކު ނަތީޖާ އަކީ 1000 ކިލޯ ފިޔާ އަށް ވާ އަގު 500 ކިލޯ ފިޔައަށް އަގުހަދައިގެން ވިއްކުމޭ ކޮމޯޑިޓީސް ތަކުގެ އަގު ބިރު ގަންނަ އަދަދަށް މަތިވެ ދަށް ފަންތީގެ މީހުން އެއްކޮށް ބިކަވެ ދާއިމަށް ބޭންކްރަޕްޓް ވެގެން ދާނެއޭ މިއިން އަންނާނެ އިމްޕެކްޓް ނުވެސް އިނގޭނެއޭ އެމެރިކާ އިން އޮޓޯ އިންޑަސްޓްރީ ބޭރުވީ ކީއްވެތޭ ލޭބަރ ކޮސްޓް ބޮޑުވެ އަދި އެމެންނަށް ދޭން ޖެހޭ އެހެން އިނާޔަތް ތަކާއި އަދި އެމެން ލައްވާ ދުވާލަކު 8 ގަޑިއިރަށް ވުރެން ގިނައިރު މަސައްކަތް ނުކުރެވި އަދި ޗުއްޓީ ތައް ގިނަވުމުގެ ސަބަބުން އޮޓޯ އިންޑަސްޓްރީ އެއްކޮށް ކޮލަޕްސް ވުމުންނޭ ފުރަތަމަ ސްޓެޕް އަކީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި އިންވެސްޓް ކޮށްގެން ތިބި އެންމެން އެހެން ދިމަ ދިމާލަށް ޑައިވާރޓް ކުރުމޭ

  15. ނުވާނެއޭ

    މިނިމަމް ލޭބަރ ވޭޖް ބޯރޑް ގާއިމް ކުރުމުގެ ބަދަލުގައި ސަރުކާރުން އަމިއްލަ އަށް ކުރަން ޖެހޭނެ ކަމަކީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ހުޅުމާލެ ދޭކުން ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް މަހަކު 2 ހާސް ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޭން އެގޮތުން މިއަދަދު ޖެހޭނެއޭ މަހަކު 50 ބިލިއަން ރުފިޔާ ލިބެން ދެން ބިން ތައް މާލެ ސަރަހައްދުން ހިއްކާ ކުއްޔަށް ދޭން ދެން އޭގެ ފަހުގައި ޖެހޭނީ ވެލިއުއިންޖިނިއަރިންގް އޭ ހަދަން އޭގެ ފަހުގައި ތަކެތީގެ އަގު ކަނޑައަޅަން ޖެހޭނެއޭ އެއިރުން ހުރިހާ ވިޔަފާރި ވެރިންނަށް ވިޔަފާރި ކުރަން އެމެންނަށް މާލެ ސަރަހައްދުން ގޯތި ތައް ދޭން ޖެހޭނެއޭ އެއިރުން އެމެން އުޅޭނީ އެމެންގެ އަމިއްލަ ގޯތީގައޭ އެއިރުން ކުލި ދަށަށް ދާނެއޭ ކުއްޔެއް ދޭން ނުޖެހޭނެއޭ އަމިއްލަ މީހަކަށް އެއިރުން ހުރިހާ ވިޔަފާރި ވެރިން ވެސް ކުލި ދައްކާނީ ސަރުކާރަށް ވިއްޔާ މިގޮތަށް މިކަން ކުރުމަށް ފަހުގައި މެނުވީ މިނިމަމް ލޭބަރ ވޭޖް އެއް ކަނޑައަޅައިގެން ނުވާނެއޭ...

  16. ދިސްވޭ

    މިނިމަމް ލޭބަރ ވޭޖް ކަނޑައަޅައިފިނަމަ އެއިން ވަރަށް ނުބައި އަސަރު ތަކެއް ކުރާނެއޭ ހަގީގަތުގައި ޔޫއެސް އިން މައިކްރޮސޮފްޓް އިން ނެރޭ ވިންޑޯޒް އޮޕަރޭޓިންގް ސިސްޓަމްގެ އަަގަކީ އޭގެ ސޭލްސް ވޮލިއުމަށް ބަލާނަމަ އެއީ އެންމެ 5 ޑޮލަރޭ އެކަމަކު އޭގެ އަގު 200 ޑޮލަރަށް ވުރެން މަތީގައި އުޅެނީ އެއީ ކިއެއްވެތޭ ފުރަތަމަ ޖީއެސްޓީ ދެން ލޭބަރ ކޮސްޓް އިންތިހާ އަށް ބޮޑޭ އެއީ ޔޫއެސްއިން ގާނޫނަކުން އެކަން ލާޒިމް ކޮށްފައިވާތީވެ ނަތީޖާ އަކީ މައިކްރޮސޮފްޓް އަށް މަޖްބޫރުވީއޭ އައުޓް ސޯސް ކުރަން...

  17. ދިސްވޭ

    ހެއިލޯ ރައީސް އިބޫ ތަމެންގެ ވެރިކަމުގައި ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ވިސްނުންތެރިކަން އެެއް ފަރާތް ކޮށްލާ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން މިނިމަމް ލޭބަރ ވޭޖެއް ގާއިމް ކޮށްފިނަމަ މަމެންނަށް ޔަގީނޭ އެއީ ވާނީ ރާއްޖޭގެ އިގްތިސާދު ފުނޑިގެންދާނެ ކަމަކަށޭ އިންޑިއާގައި ވެސް މިނިމަމް ލޭބަރ ވޭޖެއް އޮވެއޭ އެގައުމުގައި ވަޒީފާ ނެތް މީހުން މަދުވެއްޖެތޭ ނޫން މަދެއް ނުވޭ އިތުރު ވަނީދޯ ވަޒީފާ ތަކަކީ އެއީ ގަދަބާރުން އުފައްދާ އެއްޗެއް ނޫނޭ އެއީ އިންވެސްޓްމެންޓްސް ތަކޭ އޭގައި ލޯކަލް އިންވެސްޓްމެންޓްސް އިތުރުވާން ޖެހޭނެއޭ އެކްސެލެރޭޓިންގް ސްޕީޑް ގައި %85 އެއީ ލޯކަލް އިންވެސްޓްމެންޓްސް ދެން ބޭރުގެ އިންވެސްޓްމެންޓްސް ތަކޭ ހުންނަން ޖެހޭނީ އެއީއޭ އެކަން ކުރަން ޖެހޭނެ ގޮތަކީ...

  18. ބުރޯ

    މިގައުމަށް ބޭނުމީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމެއްނޫން . ހެދުނުގެ ނާސްތާ ދިނުމެއްވެސް ނޫން. މިގައުމަށް ބޭނުމީ 30000 އެޕާޓް މަންޓް އަވަސް ފުރުސަތެއްގާ އިމާރާތް ކޮށް މާލޭގަ ކުއްޔަށް އުޅޭ އާއިލާތަކަށް އެތަންތަން ދިނުން. އޭރުން މަސައްކަތްތެރިންނަށް ބޮޑު އުޖޫރަ ވެސް ލިބިގެންދިޔައީ ، ހެދުނުގެ ނާސްތާ ވެސް ބޭނުންގޮތަކަށް ލިބިގެންދިޔައީ . މިކަމުގާ ކުރަންޖެހޭ ކަމަކީ ޔާމީނު ކަނޑައަޅާފައިވާ ކޮންމެ ދެމަފުރިޔަކަށް އެޕާޓްމަންޓެއް މި މަސރޫއު ގެ 11000 ފްލެޓް އަވަހަށް ނިންމުން .މި 11000 ގެ ފައިސާވެސް ވަނީ އެމަސައްކަތް ކުރާ ފަތްތަކަށް ހަމަޔަށް ހޯދާދެވިފާ . މިސަރުކާރުންކުރަންވީ ކަމަކީ އެމަސްރޫއުގެ ޕޭމަންޓް ދީހަލާސްކުރުން އެޕާޓްމަންޓް އަވަހަށް ފޯރުކޮށްދިނުމުން ރައްޔިތުންފައިސާދީ ހަލާސް ކުރާނެ. މީގެ އިތުރުން މިސަރެުކާރުންވެސް 11000 ފްލެޓް އިމާރާތް ކޮށް މާލޭގެ ކުލިތަކަށް ހައްލު ގެނެސްދީ . އޭރުން މުސާރަތައްވެސް ބޮޑުވީ ނާސްތާ ވެސްލިބުނީ އުޖޫރަތައްވެސް މަތިވީ. ވީމާ ބޭކާރުކަންކަން ކުރައްވަން ނުވިސްނަވާ. ގައުމު ބަގުރޫޓުން ސަލާމަތްކުރައްވާ. ލަފާދޭ ކޮމިޓީ ކޮމިޓީ ހަދައިގެން ގައުމަށް ކުރާނެ ފައިދާއެއްނެތް.

  19. އޭބަލް

    މަމެން ޖަނާ ގާތުން އަހާލަން ބޭނުންވަނީ އިތާފުށީގެ ހުރިހާ މަތީ ފަންތި އާއި އަދި މެދު ފަންތީގެ ވަޒީފާ ތަކަށް ދިވެހިން ނުނަގާ މަހަކު 12 ހާސް ޑޮލަރުން ފެށިގެން ހިލްޓަން އިން މުސާރަ ދީގެން ލަންކާ މީހުން ޑިޕާރޓްމެންޓް ތަކުގެ ހެޑުންނަށް ގެންގުޅެނީ އެއީ ދިވެއްސަކަށް އެޗާންސް ނުދީ އެކަން އެކުރަނީ ދިވެއްސަކަށް ވުރެން ލަންކާ ގައި ތިޔާ ބުނާ މީހާ މޮޅީތޭ ނޫންދޯ ކަނޑުކޮހެއް ދޯ ފޭކް ގޭމް ދޯ މުޅިން ވެސް އެމެން ޖައްސަނީ އައި ވިޝް ދެޓް ޔޫ ނޯ ވަޓް އައި މީން އިފް އައިއޭމް

  20. އައިވިޝް

    މިނިމަމް ވޭޖް ކަނޑައަޅަން ރައީސް އިބޫ ތިޔާ ކަނޑައެޅި ބޯރޑްގެ 5 މެމްބަރުންނަށް އެއްވެސް ކަމެއް މިކަމުގައި ނިންމައިގެން ނުވާނެއޭ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ވިޔަފާރި ކުރާ ކުންފުނި ތަކުގެ ޝެއާރ ހޯލްޑަރުންގެ ތެރޭން މަދުވެގެން %80 ޝެއަރ ހޯލްޑަރުންނާއި މަޝްވަރާ ނުކޮށް މީއޭ ތިޔާ ފައިސާ ޖެނެރޭޓް ކުރާ ބަޔަކީ އަމިއްލަ ކުންފުނި ތަކުން މުސާރަ ދެނީ އުފުރާފައި ނޫން ކަން ސަރުކާރަށް އިނގެންވާނެ ނޫންތޭ އިފް އައި ހޭޑް އަ ޗާންސް ޓު ސޭ ދެޓް އެން ދިސް ހެއިލޯ...

  21. ޢަދުރޭ

    ރައީސް އިބްރާހިމް މުޙައްމަދުގެ ސަރުކާރުން މި ކުރާ ކަމަކީ ބަހަނާ ތަކެއް ދައްކައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ވީހާވެސް ލަސްކުރެވޭނެ ގޮތްތަކެއް ހޯދަނީ . މިގޮތުން ފްލެޓްތައް ވެސް ނުދޭންވެގެން ކުރިކަމަކީ ކޮރަޕްޝަން ބަލަންށޭ ކިއާފަ ކޮމެޓީ އެއް ހެދީ . ކޮމެޓީގަ ތިބި މެމްބަރުންނަށް ކޮންމެ މެމްބަރަކަށް 25 ހާސް ރުފިޔާ . އެހެން ކަމުން ކޮމެޓީގެ މަސައްކަތް ނެތް ނިންމޭކަށް. އަނެއްކާ މިނިމަމް ވޭޖް ހަމަ ޖައްސަދޭން ޖެހުނީމަ ބޯޑް އެއް މި ހެދީ .ކޮށްދޭން ޖެހޭ ހުރިހާ ކަމަކަށް ރައްޔިތުންނަށް މި އުނދަގޫ ޖައްސަމުން މިދަނީ . މީ ކަންކަން ނުކޮށްދޭން ބަހަނާ ދައްކަން ކުރާ ކަމެއް ފިއަވާ ދެން ކޮން ފައިދާއެއް ރައްޔިތުން ނަށް ހުރި ކަމެއް ؟ ކުރުކޮށް ދައްނަވަންޏާ. ރައްޔިތުންނަށް ސަރުކާރާ ދިމާލަށް ނާދެވޭނެ ގޮތަށް ހުރަހެއްގެ ގޮތުގާ ޖަހާ ޕާޓިޝަން ތަކެއް މި ގޮތަށް އުފައްދާ ބޯޑްތަކާ ކޮމިޓީ ތަކަކީ

  22. އައިވިޝް

    މޭޑޭ ގެ ނަމުގައި ހާސަރޭ ރައީސް އިބޫގެ ވެރިކަމުގައި ކުޅެނީ އެއީ ޖައްސާ ފޭކް ގޭމްސް ތަކޭ މީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތަކަށް ދޮން ޖީއެމް މެން ނަގަނީ ބޭރު މީހުންނޭ މިރާއްޖޭގައި ހަމަ ނެތީތޭ ދިވެއްސަކު ރިސޯރޓެއްގައި ޖީއެމް ކަން ކޮށް ނުލެވޭނެ އެކަމެއް ގަބޫލެއް ނުކުރެވޭނެއޭ އިފް އައި އޭމް އޭބަލް ޓު ޑޫ އައި ވުޑް ޑޫ ހައު ޑޫ އައި ޑޫ އިޓް...