މިރޭ އިދިކޮޅު ފަރާތްތަކުން ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާ އަށް ރައްޔިތުން ނިކުތުމަށް އިދިކޮޅު ފަރާތްތަކުން އާދޭސް ދަންނަވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ "އަޅުގަނޑުމެން އާދޭސްކޮށްފައި އެދެން، އާދޭސްކޮށްފައި އެދެން ހުރިހާ ރައްޔިތުން ނިކުމެދީ" މިހެންނެވެ.

އިދިކޮޅު ފަރާތް ތަކުން ބުނީ މިރޭވެސް "ހުއްޓުވާ" ގެ ނަމުގައި ދިވެހި ރައްޔިތުން މަޖީދީ މަގު ޗާންދަނީ މަގު ސަރަހައްދަށް އެއްވުމަށް ގޮވާލާ ކަމަށާއި މިކަން ހުއްޓާލާނީ ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކުރުމުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އުވާލީ ރައީސް ޔާމީން ބޭނުންވި ކަންކަން ހާސިލުވުމުން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތް ތަކުން ބުނީ މި ވެރިކަމުގައި ޖުމްހޫރިއްޔަތުގެ ސިފަ ގެއްލި މުޅި ވެރިކަން ކިލަބުވެފައިވާއިރު ސަލާމަތީ ބާރުތަކުން ރައީސް ޔާމީންގެ ޣައިރު ގާނޫނީ އަމުރު ތަކަށް ތަބާވުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ކުރަންވި ކަމަކީ ކުއްލި ހާލަތު އިއުލާން ކުރެއްވުން ނޫން ކަމަށާއި ރައީސް ޔާމީން ކުރަންޖެހޭ ކަމަކީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތް ތަކުން ވަނީ ގައުމުގައި ހަމަޖެހުން ގެއްލުނީ ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒު ނުކުރުމުން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ކަޅޭ

    ނޯ

  2. ކަނު

    އެއީކީމައްސަލައެއްނޫން......

  3. ނަސީމާ

    ޅޮލް

    • ޢަގަބެ

      ޅޮލް.. ހަހަހހަހަ... އެ މިހާރު ދިވެހިބަހުގެ އެކަޑަމީ އެންޏެއްނޫދޯ ބަސް އުފައްދަނީ... ހަހަހަހ... ޅޮލް އޯ ... ކަކަކަކަކަކަ

  4. އަހްމަދު

    ކީއްކުރަން ނުކުންނަން ވީ . އަހަރެން ތިމީހުން ބުޏެގެން ކިތައްފަހަރު ނުކުތިން ވީ އެއްކަމެއް ވެސް ނެތް. އެއްމެފަހުން ވެސް ނުކުތީ 15 މީހުން. ތިމީހުން އެކަކުވެސް ނާދެ. އަހަރެން ވާ ސަލާމް

  5. ދަލޭކޭ ދިޔެ

    މުޒާހަރާ އަށް ނުކުތީމަ ލިބޭ ގެއްލުމުގެ ބަދަލު ދޭނަމުތަ؟ .

  6. ޖައުފަރު

    އާދޭސްކޮށްފަ ބުނަން ޤައުމް ފަސާދަ ކުރުން ހުއްޓާލަބަލަ

  7. ފިލްުމު އާދޭސް

    އާދޭސް ކޮއްފަ ބުނަން އިދިކޮޅުން ނުނިކުންނާތި އާދޭސްކޮއްފަ ބުނަން ހެޔޮނުވާނެ ތިހިން ނަހަދާތި ނުިކުންނާތި

    • ބަލާއެއް

      ދެން ޕީޕީއެމް މީހުން ނުކުރާނެ އާދޭހެއް.. ބުޅަލަށް ދުވަހެެއް އަތުވެއްޖެއްޔާ މީދާއަށްވެސް ދުވަހެއްވޭ

  8. ޙދ

    ދާނަން

  9. ެއެޑިޓް

    ކުއްޔައް ބަންގާޅިން ނަގާ

  10. ސަމި

    އާދޭސް ކޮށްފަ މި ބުނަނި ތި އުޅުން ހުއްޓާލާ އދިކޮޅު ވިއސް އަހރުމެން ނުދާނަން

  11. ދޮންބެ

    ދެވޭ ކައްނެއް ތިއުޅެނީ ހަމަ ވެރިކަމާހެދި

  12. ޜަސީދު

    އާދޭސް ކުރިޔަސް ދެފާގަ ހިފިޔަސް ނުދާނަން

  13. ގަމާރު

    ބަލަ 5 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ވަނީ 1 ގައި ނެރުނު އަމުރު ބާތިލުކޮށްފައި. އަމިއްލައެދުން ބޮޑުކަމުން ފަހުން ނެރުނު އަމުރު ނުފެންނަނީބާ!. ތެޅިތެޅި ހުޅުނބު ދިޔަޔަސް ޖެހޭނީ ހަމަ ރޮއިރޮއި ތިބެން.

  14. ނޫރާނީމާ

    ހަވަރަށް ގޮވިޔަސް ދާނެ މީހަކު ނުވާނެ. ބޮޑު މުޒާހަރާއަށް ދަނީ ފަސް މީހުން. އޭގެ ތެރެއިން ތިން މީހުން ވަނީ ހައްޔަރުކޮށްފައި. ބާކީ ތިބި ދެމީހުން އޮތީ ހުމާ

  15. ޛގފ

    ނުދާނަން. ކަލެމެން އަމިއްލަ އެދުމާއި އިސްލާމްދީނާއި މިގައުމު ފަސާދަކުރަން ބާއްވާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށް ވައުދުވަން. އަހަންނާއި އަހަތެންގެ ގާތްތިމާގެ މީހަކުވެސް ނުދާނެ.

  16. ފާގަ

    އާދޭސްކޮށްފަ މިބުނަނީ އެއްޗެއްވިސްނޭތޯ ބަލާބަލަ. އަދިވެސް ނުވިސްނޭދޯ ދިވެހިން ކަލޭމެންދެކެ ފޫހި ވެއްޖެކަން. ތިނޫން ކަމަކާ އުޅެންވެއްޖެންނު

  17. ޙަލީލު

    ކީއްކުރަންތަ ނިކުންނަން ވީ އެތާ ޓްރެފިކް ބަލަހައްޓަންތަ؟

  18. ކިންގފިޝަރ

    މައްސަލައަކީ އެފަދަ ކޯޓަކުން އަލިއްލަ އެދުމުން ފުރިގެންވާ އަމުރެއް ނެރުމުން. އެއީ ތަންފީޒު ކުރަންޖެހޭ ހުކުމެެްނޫން. ޙަމަ ނެރެލި އަމުރެއް. އަމުރެއް ނެރުނު އިރުގައި އެތައް ކަމެއް މަނާކުރެވިފައިހުރުން ވެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު މައްސަލައަށް.

  19. ޒިމްނާ

    ނުނުކުންނާ ނަން ތިބައިގަޑު ބުނިޔަސް

  20. ފައިޒް

    1 ފެބުރުއަރީ ގައި އަންނި އަށް އިތުރު 8 އަހަރު އިތުރ ކުރިނަމަ ތަންފީޒް ކުރަން ގޮވާނަންތަ

  21. ޣަދާރު

    އެމެރިކާގެ ސަފީރުއިސްލާމް ވީތަ އެކަމު ހާދަހީނުވެޔެ އަޅެ މިކުޑަ ކުޑަ ގައުމުގަ ހުކުމް ކުރެވުނު ސިޔާސީ ހުދުފޮތި ތަކަކުން ނެއްޓެން ނޭގިގެން ވިއްޔާ އެއުޅެނީ ރަސިޔާން މިހަފުތާގަވެސް ސޫރިޔާގެ އެތައް ހާސްކުދިން ނެތް މަރާހުސް ކުޜާއިރު އެމެރިކާގެ ސަފީރު އެހުރީ އަވިއައިނުއަޅާފަވިއްޔާ މިވެސްހަމަހަމަ ކަންވިއްޔާ ކާފަރުން އިސް ލާމަކައް ހެވެއްނޭދޭނެ ނަސީދު ހަދާންކުރާތި

  22. ސުމްބުލި

    ވޯޓްލާން މާގިނަދުވަހެއް ނެތޭ. އާދޭސްކޮށްފަބުނަން ރައްޔިތުނަށް ދުއްޕާންނުކޮށް މަޑުކޮށްބަލަ. ވޯޓްގަ އިދިކޮޅަށް ކާމިޔާބުވާނެކަމުގެ ސަތޭކަ ޕަސަންޓް އޮތިއްޔާ ކީއްކުރަން ޖަހާ ސަކަރާތެއްތިޔައީ.

  23. ޗަކޮޮްނޮރިސް

    އަމަޔާއި. ދެންހަމަ ތިޔަހާވަރަށް އާދޭސްކޮށްގެންވެ ނުވާވަރުން ތިކަންކުރަން އުޅެންވޭތަ؟ އެހެންނޫނަސް ދެވޭކައްނެތް މިރޭ ވެޑިންނަކައްވެސްދާން އެބައޮތް. ވިތްމައިލަވް ??

  24. ހުމުދު

    ހެޔޮނުވާނެ ތިކަން ހުއްޓާލާފަ މަހައްދޭބަލަ ގޭގަލައިގެން ކާނެ އެއްޗެއްވެސް ނެތެއްނު ފަހަރެއްގަ ކޮރަކަލި ގަޑެއް ނަމަވެސް ބޭނިދާނެ ...... މަހަށް މަހަށް މަހަށް......

  25. އަހަރެން

    ވަކި ބަޔަކަށް ފައިދާއެއް ލިބިދޭގޮތަށް އަހަރުމެން ކީއްވެ ނުކުންނަންވީ؟ އަހަރެންގެވެސް ޢާއިލާއެއް އެބައޮތް، ކަލޭމެން ޒިންމާވާނަންތަ ލިބޭގެއްލުމަށް؟ އެއްމެފަހުންވެސް އަހަރެންގެ ރައްޓައްސަކު އެއައީ ލޮލާއި ބޮލާއި ފަޅާލައިގެން ކޮންބައެއް އޭނަޔަށް އެހީތެރިވެދިނީ؟ ގާނޫނީ ވަކީލަކުވެސް ހަމަޖެހޭގޮތެއް ނުވި، އައްނިޔާއި މައުމޫން، އިންމާރާން ޖަލުގައިތިބި މީހުންގެ ޢާއިލާތައް ގޮވައިގެން މުޒާހަރާއަށް ނުކުމޭ، މިފަހަރު އަހަރުމެން ތިބޭނީ ކުޅިބަލަން

  26. އަޙްމަދް

    ހެހޭ: ރައީސް ޔާމީން ކުރައްވަންވީ ކަންތައް ތަކާ އަދި ނުކުރައްވަން ވީކަންތަށް އެނގެނީ ފެހެ ކަލޭމެންނަށްތަ!؟

  27. ސަފީރު

    ދެންނުރޮއެހުއްޓާލާ.ފަހަރެއްގައި ކޮށްމެވެސްދުވަހަކުން ވެރިކަންލިބިދާނެ.ހަހަހަހަހަހަ

  28. ޖޮއްބެ

    އެ އަމުރު ތަންފީޒުކޮށްފިއްޔާ ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލޭނެކަން ރީނދޫ ގަމާރުންނަށް ނޭނގޭބާ...؟؟؟

  29. މަ

    ނުުނިކުން ނާނަން...