ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް މި އަހަރުތެރޭގައި އެކުލަވާލައްވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހީވާގި މަސައްކަތްތެރިންނަށް އަރިސްކުރަން. ﷲ އިރާދަފުޅުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފްތަރު މި އަހަރުގެ ތެރޭގައި އެކުލަވާލާނަން. ހެޔޮ ބަދަލުތައް ސިނާޔަތަށް ގެންނާނީ އެންމެ އެކީގައި." އަލީ ވަހީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުގެ މިހާތަނަށް އައިއިރު 10 ރިސޯޓާއި 40 ގެސްޓްހައުސްއަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭހެން 30 ރިސޯޓެއް ހުޅުވުމަށް މި ސަރުކާރުން ނިންމާފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހަށްދޭބަލަ

    ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން ކަމަށް ޕީއެންސީން ބުނާނަމަ މިހާރު ތަމެންގެ ޖަނގިޔާޒް ދަ ބޭލެނިންގް ވަނީ އެއް ނޫންތޭ ޒީރޯ ޓޮލެރެންސޭ މެންނޭ ބޭބީ ޓެލްމީ ތަމެން ދެން މަހަށް ދޭބަލަ މޭޑޭ އޭ ނުކިޔާ މަހަށް މަހަށް މަހަށް ދޭބަލަ...

  2. ލަޠީފް

    ކަލޭ ތިޔަތަނުގައި ހުރެގެން ތިޔަތަނަށް ލިބުނު ކުރިއެރުމެއް ދައްކަބަލާށެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުމުގެ މޭވާ ކެއުންނޫން ކަމެއް ކަލޭ އެބަ ކުރޭހެއްޔެވެ؟ދެން ކުރަ ކަމަކީ ބޮޑުކެނޑުމެވެ.

  3. ދޮންބެ

    ހިނގާބަލަ ކިއްލިތަޅައިގެން މިލިޔަނަރުންނަށް ވެފަތިބިމީހުންގެ ދަފްތަރެއް ހަދަން. މާސަޅިވާނެ.