މަޖިލިސް އިންތިހާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ވަރުގަދަ ނަމަކީ އަބްދުﷲ ޖާބިރެވެ. ޖާބިރުގެ ވައުދުތަކުގެ ވާހަކަ މަޝްހޫރު ވެގެން އައި އިރު، އެމްޑީޕީ ޕްރައިމަރީން ބަލިވުމުން ކޯޓަށް ގޮސް، އަމިއްލައަށް ވާދަކުރެވޭނެ ގޮތަށް މައްސަލަ ނިންމާ، އަމިއްލައަށް ވާދަކޮށް ދާއިރާގެ ގޮނޑި ޖާބިރު ނެގުންވީ މުޅި ރާއްޖެއަށްވެސް ތަފާތު މަންޒަރަކަށެެވެ.

ގޮނޑި ލިބުމާއެކުވެސް ޖާބިރުގެ ފަރާތުން ފެންނަމުން ދަނީ ތަފާތު މަންޒަރުތަކެކެވެ. ހާއްސަކޮށް ދާއިރާއަށް ތަފާތު އެކިއެކި އެހީތރިކަން ފޯރުކޮށްދެމުންދާތަން ފެނެއެވެ. ހާއްސަކޮށް ދާއިރާގެ ރަށްތަކުގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެތަކެއް އެހީތެރިކަމެއް، ޖާބިރު ދަނީ ފޯރުކޮށްދެއްވަމުންނެވެ. ރޯދައާ ދިމާކޮށްވެސް ޖާބިރުގެ ހާއްސަ ހަދިޔާއެއް ދާއިރާގެ ގާފަރަށް މިވަނީ ދީފައެވެ.

އެގޮތުން އެރަށު މިސްކިތް، މަސްޖިދުލް މުހުތަގީމް އޭސީ ކުރުމަށް މިހާރު ވަނީ ހުރިހާ އޭސީއަށް ރަށަށް ގެންދެވި މަސައްކަތް ފަށާފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ އޭސީ ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށާފައިވާ ކަމަށާއި، ރޯދައަށް ނިންމާ ލެވޭނެ ކަމަށެވެ. ކުރިންވެސް ސަރުކާރުން އޭސީ ނުކޮށްދީފިނަމަ، އަމިއްލައަށް އޭސީ ކުރައްވާނެ ކަމަށް ޖާބިރު ވައުދުވި ކަމަށާއި، މިއަދު މި ފެނިގެންދަނީ އެ ވައުދު ފުއްދަވާތަން ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

ގާފަރުގެ މިސްކިތުގައި ޖާބިރު ހަރަދުގައި ހިނަވާގެއެއްވެސް އަޅާފައިވާ އިރު، ކާށިދޫ ތަޢުލީމު ކުރިއެރުވުމުގެ މަޤުސަދުގައި އެ ރަށުގައި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އަޅުއްވަންވެސް ޖާބިރު ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން އެރަށުގެ މަދަރުސާއަށް ފައިސާގެ އެހީތެރިކަމެއް ވެދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު، "ޖާބިރު ފުޓްސަލް ކަޕް" ކާށިދޫ އާއި ގާފަރުގައިވެސް ބާއްވަން ވަނީ ނިންމާފައެވެ.

ގާފަރާއި ކާށިދޫގައި ހިންގަވަން ގަސްދުކުރައްވާ މަޝްރޫޢުތަކުގެ ތެރެއަށް ބޭންކަކާއި ރިހެބިލިޓޭޝަން ސެންޓަރެއް އަޅުއްވާދެއްވާނެ ކަމަށްވެސް ޖާބިރުވަނީ ވައުދުވެ ވަޑައިގެންފައެވެ.

ޖާބިރު ވަނީ މީގެ ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ދާއިރާގެ މެމްބަރުކަން ޖާބިރު ކުރެއްވީ ބައި އިލެކްޝަނެއް ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފޭން އޮފް ޖާ

    ހަމަ ގަދަ މީޙަކީއޭ!

    28
    3
  2. ހަސަންބެ

    ކާށިދޫ އާއި ގާފަރުގެ ރައްޔިތުން ނަށް ތިލިބުނީ އަގުހުރި ކަޅު ޚުދަންބަރު މާވަހަރެއް ޖާބިރަށް އައްސަރިބަހާ ސާބަސް.

    31
    2
    • ކާށިދޫ ތަކުރު

      ޖާބިރު ހޮވީމާ ވާނީ ފައިދާ އޭ އަބަދުވެސް ވާނީ ފައިދާއޭ. މަރްހަބާ ޖާބިރް.

  3. އެހީއެއް ވެދީބާ

    މާލެ އެއްވެސް މީހަކު މަޖްލިހަށް ހޮވުނު ތަ. ޖާބިރު ކިހާ ރަގަޅު . ކޮބާ މަލާމަތް ކުރި މީހުން

    23
    3
  4. ކަމަނަ

    ކޮބާފެނޭތަ ޖާބިރުވީވައުތައް ފުއްދާ ތާން

  5. މިއަދު

    ފެންނަމަންޒަރުތަކަށްބަލާއިރު ހީވަނީ ކާށިދުއާއި ގާފަރު ހިމެނޭ މިދާއިރާއަށްކިޔަންވީ ގަފަރުދާއިރަހެން ޢަބުދުﷲ ޖާބިރު މިދާއިރާއަށްހޮވިގެން ގާފަރަށް ގިނަކަންތައްތަކެއް ކޮށްދެމުންދާއިރު ކާށިދުއަށް ކޮށްދިންކަމެއް އަދިނެތް އަދިހުރީ އިވޭއަޑު ހުފަނެންބިލާހަކަށްވާފަދައިން ބިލާހަކަށް ނުވާނެކަމަށްޤަބޫލުކުރެވޭ އެއްކަމެއްވެސް އަދި ނުފެނެ ކާށިދޫ މިސްކިތް އޭސީ ކުރަން ބޭނުންވިހިނދު އެމިސްކިތް އެސީ ކުރެވޭވަރުގެ އޭސީ ބަޒާރަކުނެތް ގާފަރުމިސްކިތަކީ ވަކިންކުޑަ މިސްކިތެއްނޫން އެކަމު އެމިސްކިތް އޭސީ ކުރެވޭވަރުގެ އޭސީ މިލިބުނީ ބާޒާރުންބާ؟ ނޫންނަމަ ރާއްޖެއިން ބޭރުން އޭސީގެނައިނަމަ ކާށިދޫމިސްކިތަށް އޭސީ ނުގެނައީ ކީއްވެބާ؟ އަދި ކަށިދޫ މިސްކިތުގައި ކަޕެޓު އަޅައިދޭން ބުނި ރޯދައިގެކުރިން އެކަންކުރަން ބަލާއިރު އެމިސްކިތަށް ބޭނުންވާކާޕެޓު ރާއްޖެއިން ލިބެން ހުންނާނެބާ؟