އިސްލާމް ދީނުގައި އޮންނަ މަރަށް މަރުހިފުމުގެ ޝަރުއީ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަން ޖެހޭ ކަމަށް އުމަރު ނަސީރު ވިދާޅުވުމުން، ކުރީގެ އެމްޑީޕީގެ ޗެއާ ޕާސަން އިބްރާހީމް އިސްމާއިލް (އިބްރާ) ރުޅި ގަދަވެ، ރައްދު ދީފިއެވެ.

އިބްރާ ފާހަގަކުރެވިފައި ވަނީ މީގެ ކުރިންވެސް ފާޅުގައި އިސްލާމް ދީނަށް ހަޖޫ ޖަހާ މީހެއްގެ ގޮތުގައި، ހާއްސަކޮށް ޓްވިޓާގައި އިބްރާ ފާހަގަކޮށްލެވެނީ ފާޅުގައި ދީނީ އިލްމުވެރިންނަށް ޖޯކު ޖަހާ، ދީނުގެ ހުކުމް ތަކަށް ޖޯކު ޖަހާ މީހެއްގެ ގޮތުގައެވެ. އަދި އާންމުކޮށް އިސްލާމީ ޝަރީއަތަށް އިބްރާ ގޮން ޖަހާތަންވެސް ޓްވީޓްތަކުން ފެނިފައިވެއެވެ.

ދާދިފަހުން ރާއްޖޭގެ ރަށަކުން ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާ އިރު، އެފަދަ މައްސަލަތައް ހައްލު ކުރެވެން އޮތީ، އެތެރެ ކުރާ މީހުންގެ މުދާ އަތުލާ، މަރުގެ އަދަބު ތަންފީޒު ކޮށްގެން ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އަދި އުމަރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ އެންމެ ބޮޑަތި ކުށްތައް ހައްލު ކުރެވޭނީ ދީނީ ގޮތުން އޮންނަ ޝަރުއީ އަދަބުތައް، އޭގެ ތެރޭގައި މަރަށް މަރުވެސް ހިފައިގެން ކަމަށެވެ.

އުމަރުގެ އެވާހަކަތަކަށް ރަށްދު ދެއްވަމުން އިބްރާ ބުނީ، މި ރާއްޖޭގައި މީހުން މަރަން ފޫގަޅާފައި ތިބި ބަޔަކު ނެތް ކަމަށާއި، އެވާހަކަތައް އުމަރު ހުއްޓާލަން ވެއްޖެ ކަމަށެވެ. އަދި އިބްރާ ވަނީ ސައުދި އަރަބިޔާގެ ޝަރީއަތަށްވެސް ގޮން ޖަހާފައެވެ. އެގޮތުން އިބްރާ ބުނެފައި ވަނީ އުމަރުވެސް ސައުދީއަށް ހިޖުރަން ކުރަންވީ ކަމަށާއި، ސައުދީއަކީ ބަލާލެވޭ ގޮތަކުންވެސް ގަތުރު ކުރާ ގައުމެއް ކަމަށެވެ.

އިބްރާ މިފަދަ ގޮތަކަށް ސައުދީގެ ޝަރުއީ ނިޒާމަށް ގޮން ޖައްސަވާފައިވާ އިރު، އެ ޓްވީޓްގެ ރިޕްލައިތަކުގައި ގިނަ ބަޔަކު ވަނީ އިބްރާއަށް ހޫނު ރައްދުތަކެއް ދީފައެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައި ވަނީ އެމެރިކާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ އިތުރުން ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް މަރުގެ އަދަބު ދޭ ކަމަށެވެ. އިބްރާ އެވާހަކަ އެފަދަ މޭރުމަކުން ދައްކަމުން ދަނީ ދިވެހިންނަށް އޮޅުވާލަން ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. މަމިޔޮކާކަ

  ރާއްޖޭގަ ވެސް މަރަންވީ ޝައްކުކުރެވޭމީހުންގެ ގެއައް ވަދެ މިލިޓަރީން ލައްވައި އެއީ ޔޫރަޕާ އިސްލާމީ ސަރިއަތާ ދެކޮޅު ޤައުމުތަކުން ކަން ކުރާ ގޮތް ޤާނޫނަކުން އެކަމެއް ތަންފީޒެއް ނުކުރާނެ. އެހެނަސް ދިވެހިރާއްޖެއިން ކަންކުރާންވާނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުން މިކަމައް މިހާރު ސުޕަރމެޖޯރިޓީ އެއް ނުލިބޭނެ..

  25
  1
 2. ކޮރުޖިންނި

  މީނާ މިހާލަތުގައި ހުންނައިރުވެސް ﷲ ތަޢާލާއަށް ބިރުވެތި ވުމެއް ނެތް!

  45
  1
 3. ނަސީދާ

  އިބުރާވެސްބިކިނީލާގެންބީޗްގާއޮންނަންވީނުންއޭރުންބަލާމީހުންގިނަވާނެ

  61
  1
 4. Anonymous

  "އިބްރާ ބުނީ، މި ރާއްޖޭގައި މީހުން މަރަން ފޫގަޅާފައި ތިބި ބަޔަކު ނެތް ކަމަށާއި...":..: މި ސްޓޭޓްމަންޓުންވެސް އެނގިއްޖެ މަރަށް މަރު ހިފަންޖެހޭކަން. މި ރާއްޖޭގައި މީހުން އެބަ މަރާލާ ގަސްތުގަ، ރާވައިގެން. މިހާރު އެނގިއްޖެ މަރަށް މަރު ހިފުމަކީ ކަލޭގެ ކުރިމަތީގައިވެސް ޖަސްޓިފައިވާ އަދަބެއްކަން.

  53
  1
 5. ކިނބޫ

  މަރަށް މަރު ހިފާ ވާހަކަ ބުނެގެން އެކަނިތަ؟ އިސްލާމްދީނަށް އުޅޭތީވެސް އޭނަ ހީވަނީ ފަޅަފަޅައިގެން ގޮއްސާނެ ހެނެއްނު. އޭނަ އެކަނިތަ؟ އެގޭ އެންމެން ފަކީރުންގެ ހާލަކީވެސް އެއެއްނު.

  62
  4
 6. ބުރޯ

  މަރަށް މަރު ހިފަންޖެހޭ ވާހަކަ ބުނުމުން އެކަމަށް ރައްދުދީ އެކަމާ ދެކޮޅަށް ވާހަކަދައްކާ މާތްﷲ ގެ ހުކުމްފުޅަށް ގޮންޖަހާނީމުސްލިމަކަށް ނުވާމީހަކު .އެފަދަ ދީނުގެ ހުކުމްތަކާ ދެކޮޅަށް ވާހަކަ ދައްކާމީހާގެ ހުކުމަކަށް ވާނެޖެހޭނީ ވެސް މަރު .

  67
  1
 7. ޖިންނި

  ލާދީނީ އިބުރާ ކަމޭ ހުރޭ ރުޅި އައިސްފަ އަދި މިރާއްޖޭގަ ވެސް މަރަށް މަރު ހިފާނެ

  72
  1
 8. ދަންޑަހެލު

  އިބުރާމެން ކިޔެވީ ޔޫކޭ އާއި އެމެރިކާއިންނޯ... މަޖިލީހުގެ ގާނޫނަކަށް ބަހުސްކޮށްލިޔަސް އަދި ގާނޫނެއް ފާސްކޮށް ތަސްދީގުކުރަންވެސް ނަމޫނައަކަށް ބަލަނީ ޔޫކޭ އާއި އެމެރިކާއަށް އެމެރިކާގަވެސް ދަނީ މިހާރުވެސް ދުވަހެއް ދުވަހަކަށް މަރުގެ އަދަބު ތަންފީޒުކުރާ އަދަދު ގިނަވަމުން ، އެކަމު މިރާއްޖޭގަ އިސްލާމީ ޝަރީޢަތުގެ އެންމެ އުސޫލެއް ތަންފީޒުކުރަން ގޮވާލިޔަސް އިބުރާމެން މެކުނެއްހެން މި ފުމެ ނަގަނީ ކީއްވެ؟

  66
  1
 9. ނިޒާމު

  މީނައައްވެސް ތިޔަ ހުކުން ކުރަން ވީކަންނޭނގެ

  61
  1
 10. ހުސައިންފުޅު

  މިރާއްޖޭގައި އެންމެފުރަތަމަ މަޅިވަތި ކަރުގަ އަޅަންޖެހޭ މީހަކީ މީނަ.މަރުގެ އަދަބަސް ސަޕޯޓްކުރާ ބަޔަކު ނެތޯ އަނގަ...

  23
 11. އަލިބެ

  މި އިބްރާ އަވަހަށް މިރާއްޖޭން ފޮނުވާލާށެވެ. އޭ އަހަރެމެންގެ ލޮބުވެތި ރައީސް ޞާލިހެވެ، މިކަލޭގެ މިރާއްޖޭގައި ބަހައްޓައިގެން އިސްލާމީ މި އެކުވެރި އުއްމަތް މުޅުން ޚަރާބުކޮށްފިއެވެ. މިއީ ދީނަށް ފުރައްސާރަކުރާ ވަރަށް ނުބައި މީހެކެވެ. އަހަރެމެން ބޭނުންވަނީ ބޮޑުތަކުރުފާނުގެ ބުރަ މަސައްކަތުން ރާއްޖޭއަށް އަނބުރާ ހޯއްދަވައިދެއްވި އިސްލާމީ ހިދާޔަތާއި މިނިވަންކަމުގައި ނިކަން ސުލްޙްވެރިކަމާއި އުފާވެރިކަމާއި މަޑުމައިތިރިކަމުގައި މިޤައުމުގައި ދިރިއުޅޭށެވެ. މިޤައުމަށް ބޭނުންވަނީ ޢުމަރު ނަޞީރުފަދަ ދީނަށް ލޯބިކުރާ ޤައުމިއްޔަތު ދިފާޢުކުރާ ލީޑަރުންނެވެ. އިބްރާކަހަލަ މުނާފިގު ސިފަތައްހުރި ޣައްދާރުންނެއް ބޭނުމެއްނޫނެވެ. މަނިކުފާނަކީ ހަރުދަނާ ރައީސެއްކަމުގައި އަޚުގަނޑު ޤަބޫލުކުރަމެވެ. އަދި މަނިކުފާނަކީ ޤަޤީދާވަރުގަދަ ދީނަށް އެންމެ އިސްކަންދޭ ޤައުމިއްޔަތާއި ދިވެހި ޘަޤާފަތަށް ލޯބިކުރައްވާ ރައީސެއްކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން މިއިބްރާމެންކަހަލަ ދީނަށް ފުރައްސާރަކުރާ މީހުންނަށް އެއްވެސް ދުލެއް ނުދެއްވާށެވެ. މާތްﷲ އަށް ބިރުވެތިވެ މަނިކުފާނުގެ ޒަޢާމަތު ކުރިއަށް ގެންދަވާށެވެ. އިންޝާﷲ ކާމިޔާބު ދެއްވާނެއެވ.

  17
 12. ޒާ

  މީނާއަކީ ހަަމައަށް ހުރިނަމަ އަދި ހާދަހާ ނުބައިމީހަކަށް ވާނެމީހެކެވެ. ކޮންމެ ކަމެއްވެސް ވަނީ ރަނގަޅަށެވެ. ތިޔަ ނުބައި މީހާގެ ފަރާތުން ރާއްޖެ ސަލާމަތްވާނެއެވެ.

  18
 13. ަސަންހް

  އިބްރާ އަންނަރޯދަމަހުން ފެށިގެން ތައުބާވެ ފަސްވަގުތު ނަމާދު ކޮށް ރަގަޅަށް އުޅެވޭތޯބަލާ. ހުރިހައިކަމެއްވެސް ރަގަޅު ވެދާނެ. މަނިކުފާނު ތިހާލުގައި އުޅުއްވަމުންވެސް ކޮންމެ ފަސްމިނިޓަކުން އެއްފަހުރު މަންދުކޮލެޖް ބޭރަށް ނިކުމެ ހުރެގެން ސިގިރެޓް ހިއްޕަވާ. އެގޮތަށް ފަސްވަގުތު ގެ ކާރީގައި މިސްކިތަށް އެރޭތޯބަލާ. ޔަގީންކަމާއި އެއްކޮށް މިބުނަނީ މަނިކުފާނު މުޅިންބަދަލުވާނެ. ގައިގެ ވަރުޖެހި މޫނުމަތި އުޖާލާވާނެ. މިހާރު މިފެންނަނީ މާޔޫސްވެ އެކަނިވެރިކަން އިހްސާސް ކުރަމުންދާ މީހެއް.

 14. ޒިބުރާ

  އިބުރާ އިޒްރޭލަށް ހިޖްރަކުރޭ. އެއީ ކަލެއާ އެއްފިކުރެއްގެ ބައެއް

  10
  • ގަމާރުމޯލްޑިވިއަންއަ

   ސައުދީ އަށް ވުރެ މާ ބޮޑު ތަނަކުން ރަނގަޅު ގައުމެއް އިޒްރޭލަކި

 15. ނުރަބޯ

  ތިޔަކަލޭގެ(ކޯބްރާ) ކަނޑުގައި ލެއްވިނަމަ އޮޑިދޯނި ފަހަރަށް ވެސް ނުދުއްވުނީސް.

  14
  1
 16. ރައްޔިތުން

  އިބުރާ އަކީ ތިޔައީ ނުރައްކާތެރި މީހެއް އަދި އެނޫނަސް އެފަދަ މީހުން އެބަތިބި އެފަދަ އެންމެންނާއި މެދު ކަންކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވޭ، އިސްލާމީ ޝަރީޢަތް ޤާއިމުނުވެ ލިބޭނޭ މޮޅެއްނޯންނާނެ. އިންޖީނު ހަދާ ފަރާތުން އިންޖީނު ހިނގާނެ ގޮތް ކިޔައިިދެނީ ވީމާ އިންސާނާ ހިނގާނެ މަގު އަންގަވާފައިވަނީ އެންމެ ފުރިހަމަކޮށް މާތްﷲ އެވެ.

 17. މީން

  މުރުތައްދު!

  10
 18. ހުސޭނުބޭ

  އިބުރާ އަދި ރުޅި މަޑު! މި ލާދީނީ ސަރުކާރުގެ ފަތުވާ މަޖިލިސްގެ ރައީސަކީ އިބުރާވިއްޔާ! އެހެންވީމާ ރުޅިއަންނާނެދޯ: ދެތިކި ޕީ

 19. ޢޭ.

  އުމަރަކީ ދިވެހިރާއްޖެ އަށް ހެޔޮއެދޭ އަމިއްލަމަސައްކަތުން ދިރިއުޅޭ މީހެއް. އިބުރާ އަދި އަންނި ހެން ދިރިއުޅުމަށް މަސައްކަތްނުކޮށް ހުޅަގަށް ވިކި އަޅުވެތިވެގެން އުޅޭ މީހެއްނޫން.

 20. ކޮރަލް

  ރައްޔިތުން ފާޅުގަ ދީން ހިމާޔަތް ކުރަން ވާހަކަ ދައްކަން ވީއެވެ. 100 ޕަސެންޓް މުސްލިމް ގައުމެއްގައި ދީނައް ނިކަމެތިކަން ލިބޭ ފަދަ ވާހަކަދައްކަން ފުރުސަތު ދެވިގެންނުވާނެއެވެ.

 21. ބީޗް

  އިބްރާ އަށް އަށް ހިއްވަރު ދޭ ބަޔަކު އަޑީގަ ހުރިކަމަށް ބެލެވެއެވެ. އެމީހުން ހާމަ ކުރަން ވީއެވެ.

 22. މަތީނު

  މަށަށް ހާދަ އެބަ ހީވެއޭ މިހާ މިކަމާ އިދިކޮޅު ހަދަނީ ކޮންމެސް ގޯހެއް ހެދިފަ އޮތީމަހެން. އެދުވަހުން ތިމާ ފާހާދުވެދާނެ ވަރު ކަމެއް އޮތިއްޔާމު ވަރަށް އިންކާރު ކުރާނެތާ؟ ހެހެހެ ކ އިބުރާ.ލދނ އިބުރާ

 23. ަައާވިމް

  އިބުރާއަކީ ވާނުވާނޭގޭ މީހެއް. މިކަހަލަ ފިކުރުގެ މީހުން ކިޔާވާތަންތަން ހުޅުވައިގެން އުޅެންނާ ކުދިން ހަލާކުވާނީ.

 24. ނެތޭ

  އުމަރު އެހެން ބުންޏެއް ކަމަކު މިހާރު މިއޮތް ސަރުކާރުން އެކަން ނުކުރާނެކަން ޔަގީން. އިބްރާ އަށް އެފަދަ ހުކުމެއް އައިސްދާނެތީ އުޅޭހެން ހީވަނީ އެހާ އަވަހަށް ތެޅިފޮޅިގަންނަ ގޮތުން.

 25. ހަސަންކޮ

  އިބުރާގެ ދިވެހިރައްޔިތުކަން ނަގުވަންވީ!! އިބުރާ އަކީ މުސްލިމެކޭ ބުނެވޭކަށް ނެތް...~!!!

 26. ކޮރުކަލޭގެ

  މީނަގެ ކަންތައްތައް ހާދަހާ ބޮޑުވެއްޖެއޭ ދޯ. ކޮރުކަން މަތީގަވެސް އަނގަ މައިތިރި ނުވޭ. މީނަ އާއި ނުވެސް ބެހޭ ވާހަކަ އެއް މީހަކު ދެއްކިޔަސް މައިތިރި ނުވޭ.
  މި ކޮރުކަމަކުން މީނައަށް ހާސިލުވި އިބުރަތެއް އަޅެ ފަހެ ބުނެދީބަލަ.
  އަހަންނަށް އިނގޭ އެއްޗަކީ މިހާ ކޮރުވާއިރު ވެސް ހެއްދެވި ފަރާތް މަތިން ހަނދުމަ ވާ މީހެއް ނަމަ މިކަހަލަ އަނގައެއް ނުތަޅާނެކަން. ހޭހުރެ.

 27. ކުފުރު

  އިބުރާ ކޮރުމީހެއްގެ ގޮތުގައި ހައްދަވާފައިވާތީ އަބަދު އެކަމުގެ ރުޅި އިސްލާމު ދީނަށް ބާލާކަން ފާހަގަ ކުރެވެއެވެ.

 28. ބޮއްކޮ

  މަޝްހޫރުވާން ބޭނުންވާ މީހާއަށް، މަޝްހޫރުވާން އޮތް ހަމަ އެކަނިގޮތަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށްވަންޏާ ދެން، ލާދީނީ މީހުން ގިނަވޭ.

 29. ވަޓަމީ

  އިބުރާޔަކީ ވަރަށް ނުބައި މީހެކެވެ. ކިތަންމެ ރަނގަޅަށް އޭނާޔާ ދޭތެރޭ މުއާމަލާތުކުރިޔަސް، އެހެރަ ނުބައިނުލަފާ ކަމާ އަހުލާގެއް ނެތްކަމާ.....ހަމަ ހައްދުފަހަނަ އަޅާފައެވެ. ރައްޓެހިންގާތު މާތްﷲއަށް ޖޯކުވެސް ޖަހާފާނެއެވެ. ކިޔަވާދޭ ތަނުގައި ކުދިންގެ ކުރިމަތީގަ އަވަގުރާނާ ގޮވައި، ސިނގިރެޓުބޮއިވެސް ހަދަނީއެވެ.