މި ހިނގާ މޭއި މަހުގެ 5 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިއެވެ.

ރާއްޖޭގައި އަންނަ އާދީއްތަ ދުވަސް ބަންދު ކަމަށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ކަނޑައަޅުއްވާފައި ވާކަމަށެވެ.

ރައީސް ސޯލިހު މިގޮތަށް ކަނޑައަޅުއްވާފައި ވަނީ، ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމަށް ފުރުސަތު ދީ ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ހޫދު ވިދާޅުވިއެވެ.

މިއަހަރުގެ މާތްވެގެންވާ ރަމަޟާން މަހުގެ ހަންދު ބެލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. ރަމަޟާން މަހުގެ ހަނދާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވާ ބަޔާން އިއްވުން އެރޭ އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަށު މަންޖެ

    ސާބަހޭ ރަޢީސް އިބްރާހިމް މުހައްމަދު ސާލިހް

    23
    15
  2. މޫސަ

    މަރުޙަބާ ރަޢިސް. ތިޔަޢީ ވ ރަނގަޅުގޮތެއް. ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެ ދުވަސް ބަންދު ކުރުމަކީ ރަޢީސްގެ ދުރު ވިސްނުންފުޅާއި ރައްޔިތުންގެ އިހުސާސްތައް މަނިކުފާނު ދެނެވަޑައި ގަންނަވާ ކަމުގެ އަލިގަދަ ހެއްކެތް

    3
    8
  3. އަޙުމަދު

    ވވވވވވވވ ރަނގަޅު...

    11
    8
  4. ހުވާމިބުނީ

    ވަރަށްވެސް ހެޔޮފުޅު..... ހަމަ އައްސަރިބަހާ ސާބަސް ރައީސް ޞާލިޙް.

    13
    14
  5. ސަލީމް

    ވ.ބޮޑަށް ޝުކުރިއްޔާ!
    އަދި ހަމަ މިނޭވާގައި ދަންނަވަން ބޭނުންވަނީ (1)މިފަހަރު ރަމަޟާންމަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރުމަށް ބޭރުން ޙާފިޒުން ނުގެންނަގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ވާހަކައެއް އަޑުއިވިފައިވާތީ (އެއީ ތެދު ޚަބަރެއްނަމަ) އެކަންބަދަލު ކޮށްދެއްވުން އެދޭވާހަކަ ދެންނެވުން (2) މިވެރިކަން ފެށުމާއެކު މިސްކިތްތައް ސިޓީކައުންސިލާއި ޙަވާލުކުރެވި، މިސްކިތް ތަކާދޭތެރޭ ވ.ބޮޑަށް ފަރުވާކުޑަ ކުރެވިފައިވާ ކަމަށް ފާހަގަވާތީ މިކަން އިޞްލާޙް ކޮށްދެއްވުން. (3) ޒިކުރާ މިސްކިތާއި، މާވެޔޮމިސްކިތް ބަންދުކުރެވިފައި ވުމުން މިރަމަޟާންމަހު މީހުންނަށް ވ.ބޮޑަށް އުދަގޫވާނެތީ މިސަރަޙާއްދުތަކުގައި ދިރިއުޅޭމީހުންނަށް އެހެން "އޯލްޓާނެޓިވްއެއް" ނަމަވެސް ހަމަޖައްސަވައި ދެއްވުން.

    2
    3
  6. Anonymous

    ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭ ބަޔަކަށް ރަައީސް މީހާ ހިތުއެރިގޮތަކަށް ޗުއްޓީ ދެވިގެން ނުވާނެ. އަމިއްލަ ތަންތާންގައި ވަޒީފާ އަދާ ކުރާ މީހުން ވެސް ސިވިލް ސާރވަންޓުންގެ މުސާރަ އަށް ފައިސާ ދެއެެވެ، އެމީހުންނަށް ޗުއްޓީ ނުލިބި ސިވިލް ސާރވަންޓުންނަށް ޗުއްޓީ ލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން. ވަޒިފާއާ ބެހޭ ޤާނޫނާ އެއްގޮތަށް އަމަލުތައް

    16
    7
  7. މަނިކު

    މިއީވެސް ދުވަސްނުފުރާ ވިހޭ ވަޢުދެއްތަ!

    21
    8
  8. މިއަދު

    މުޅިގައުމު ޓޭންޝަނަށްއައިސް ދައުލަތުގެ އެތަށް މުއައްސަސާއެއް ހުޅުވައި އެތަށް މުއައްޒަފުންނެއް ބަންދުވެގެން ތިބުމަކީ މިއަދުގެ ކުރަންޖެހޭކަމެއްނޫން ހަނދު ސާބިތުކުރަނީ ފަލަކީހިސަބުން ވޭތުވެ މިދިޔަ 10 ވަރަކަށްއަހަރަށްބަލާއިރު ފަލަކީހިސާބާއި އިދިކޮޅަށް ހަނދު ސަބިތުކުރެވިފައިހުރިކަމަކަށް ނުފެނެ

  9. މިއަދު

    ތިބަންދާއެކު މިހާރުގެ މަބނޑުމީހުންނަށް 1 މަސް އިތުރުކޮށްދޭންފެނޭ

    16
    1
  10. ދޮން

    އަބަދުވެސް ރައްޔިތުންނަށް އެއްޗެއް ދޭނީ ރައީސްގެ ހެޔޮފުޅުކުން. އެކަމް ރައްޔިތުން އަތުން އެއްޗެއް އަތުލަންޏާ މިސާލަކަށް އެއްޗެއްގެ ފީބޮޑުވުންކަހަލަ ކަމެެއް ވެއްޖެއްޔާ އެ ކުރާމީހެއް ނުހުރޭ.

    7
    1
  11. Anonymous

    ޙާދަހާ ތީނަ ރީއްޗޭ ޕޯޑިއަމް ތަކުގައި އަރާ ވާހަކަ ދައްކާ އިރު

  12. ސަންތިމަރިޔަބު

    ބަންދު ކަޑާގުނާ 100 ދުވަހުގެ ބޮޅައް އިތުރުވި ދުވްހެއް ދެއްތޯ؟ އަޅުޑަށް ފެނޭ ހަފްތާއަކު ފަސްދުވަސް ބަންދު ކޮއްލަން ހުކުރު ހޮނިހިރަކީ އާއްމުކޮއް ބަންދު ދެދުވަސް މިގޮތް ކިހިނެއް ވާނެތޯ؟