މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ގިނަ އަދަދެއްގެ މީހުންނަށް ނުފުރި އިންޑިއާގެ ތުރިވަނަންތަޕޫރަމް އެއާޕޯޓުގައި ތާށިވެއްޖެއެވެ.

މިކަމއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނީ، އިއްޔެ ފުރަނަ ހަމަޖެހުނު މޯލްޑިވިއަންގެ ބޮޑު ފްލައިޓަށް މައްސަލައެއް ދިމާވެގެން އެ ފްލައިޓު ޑިލޭވެ މިއަދު ހެނދުނު 9:30 ހާއިރު ފުރަން ހަމަޖެހިފައި އޮތްނަމަވެސް ފުރޭގޮތް ނުވެފައިވާ ކަމަށެވެ. އޭނާ ބުނެފައި ވަނީ މިއަދު ފުރަން ދިޔައިރު އޮތީ މޯލްޑިވިއަންގެ ކުޑަ ފްލައިޓެއް ކަމަށާއި، އެ ފްލައިޓުގެ ޖާގަ ފުލްވެފައިވާ ކަން އަންގާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓު ޑިލޭވެ ގިނަ އަދަދެއްގެ ދިވެހިން ޓްރެވެންޑްރަމް އެއާޕޯޓުގައި ތާށިވެފައި - ފޮޓޯ: ކިޔުންތެރިއެއް

މައުލޫމާތު ލިބިފައިވާގޮތުގައި ހެނދުނު ފުރަން ހަމަޖެހުނު ގިނަ އަދަދެއްގެ ބަޔަކަށް ފުރޭނެ ގޮތް ހަމަނުޖެއްސި މިހާރު މޯލްޑިވިއަން އިން ދަނީ މިރޭ ފުރާ ފްލައިޓަކަށް މީހުންގެ ނަން ނޯޓުކުރަމުންނެވެ. އިއްޔެ ފުރަން ހަމަޖެހުނު ގިނަ އަދަދެއްގެ ބަޔަކު ނުފުރި މިހައިގިނަ ވަގުތު އެއާޕޯޓުގައި ހޭދަކުރާން ޖެހުމުން، އެފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މޯލްޑިވިއަންގެ ފްލައިޓު ޑިލޭވެ ގިނަ އަދަދެއްގެ ދިވެހިން ޓްރެވެންޑްރަމް އެއާޕޯޓުގައި ތާށިވެފައި - ފޮޓޯ: ކިޔުންތެރިއެއް

މިކަމާއި ގުޅިގެން މޯލްޑިވިއަންގެ ރަސްމީ ޓްވީޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ އެއާލައުނުގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޓްރެވެންޑަމުން ބޭއްވުމަށް ހަމަޖެހުނު ދަތުރަށް ޑިލޭއެއް އައިސްފައިވާކަމަށެވެ. މިކަމާއި ގުޅިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސެންޖަރުންނަށް އެކޮމޮޑޭޝަނާއި ކެއުން އަދި ދަތުރފަތުރު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިނުގެ ފްލައިޓެއް ޑިލޭވެ، އިންޑިއާއިން ރާއްޖެއަށް އައުމަށް ހަމަޖެހުނު ގިނަ ބަޔަކު ތުރިވަނަންތަޕޫރަމް އެއާޕޯޓުގައި ތާށިވުމާއި ގުޅިގެން މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާހީމް

    މަށައް ހި ވަނީ މިހާރު މާ ގޯސް ހެން ކުރިއައްވުރެވެސް

    21
    1
    • ޭެޔޫރަޕް

      މިހާވަރުން ޔޫރަޕަކަށް ނޫން އުދުހެވޭނީ...

  2. އަމީން

    ޖެނީ އާއި ރިޒްވީގެ ކޯލުމުގެ ނަތީޖާ!

  3. އިބްރާހިމް

    އަދިވެސް މޮޅެތި ކަންތައް ކުރެވޭތޯބަލާ! ތިޔަމީހުނަށް ސަރުކާރު ހިންގާކަށް ނޭގޭނެ

  4. މަމީ މޯލްޑިވިއަން ގަ އިން މީހެއް

    ބަރާބަރު 9 ގަޑި އިރު މަ އިނިން އެއާޕޯޓް ގަ