ދީނީ އިލްމުވެރިންނާއި ޝެއިޚުން ދެކެ ރުޅި އަޔަސް ތިބެންވާނީ ހަމައިގައި ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާލުވެއްޖެއެވެ.

އިޔާޒް މިގޮތަށް ވިދާޅުވެފައި މިވަނީ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ލަންކާއަށް ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން، އެފަދަ ހައްދުފަހަނައަޅައިދިއުން ތަކަށް ތާޢީދުކޮށް، ހައްދުފަހަނައަޅާފައިވާ ވިސްނުންތަކަށް ވާގިވެރިވާ ޝެއިޚުންތަކެއް ރާއްޖޭގައި ވެސް އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، އަމިއްލައަށް ހަރުކަށި ފިކުރުގެ ކުދިންނަށް ފަނޑުކޮށްދީ ހިއްވަރު ދިނުމަށްފަހު އެކަން ޝެއިޚުންގެ ބޮލަށް ޖައްސަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި ހަރުކަށި ފިކުރަށް ތާއީދުކޮށް ވާހަކަ ދައްކަވައި އެފަދަ ކަމެއް ކުރެއްވީ ކޮން ޝެއިޚެއްތޯވެސް ސުވާލު ކުރެއްވިއެވެ.

"ތިމާމެން އަމިއްލައަށް ހަރުކަށި ފިކުރުގެ ކުދިންނަށް ފަންޑުކޮށްދީ، އެކުދިންނަށް ހިއްވަރު ދީފައި، ދެން ކީއްކުރަންތޯ ޝެއިޚުންގެ ބޮލަށް ޖައްސަވަނީ؟ ކޮން ޝެއިޚެއްތޯ ހަރުކަށި ފިކުރަށް ތާޢީދުކޮށް ވާހަކައެއް ދެއްކެވީ؟ ނުވަތަ ކަމެއް ކުރެއްވީ؟ ޝެއިޚުން ދެކެ ރުޅި އަޔަށް ހަމައިގާ ތިއްބަވާ،" އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޝެއިޚުންނާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ތަކާއި ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި އެއީ ވަކި ފަރާތަކަށް ދެއްވި ރައްދެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ. އިޔާޒް މި މޭރުމުން ވާހަކަ ދެއްކެވިއިރު، ރާއްޖޭގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފް އިން އިއްޔެ ވަނީ އެ ޖަމިއްޔާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައެވެ. އެގޮތުން ދުނިޔޭގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ފަދަ ހަރުކަށި ވިސްނުމުގެ ޖަމާޢަތްތަކަށް އެ ޖަމިއްޔާއިން ވާގިވެރިވެ އެފަދަ ކަންކަމަށް ދިވެހިން ތަމްރީނުކުރާކަމަށް ދެކެވެމުންދާ ވާހަކަ ސަލަފުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މާމިގިލީ މީހާ

    ހަމައިން ނެއްޓިގެން އުޅެނީ ކަލޭމެން. ތުބުޅިލީ ސިޔާސީ ފަތުވާ ދޭ މީހުން. ކަލޭމެން ތީ ދީނޭ ކިޔާގެން ސިޔާސީ ފަތުވާ ދޭ ކާހިނުން ތަކެއް.

    25
    46
    • ނަން

      ސީރިއާއަށް މީހުން ރެކުރޫޓު ކުރުމުގެ އެންމެ އަޑީގަ ހުންނަނީ މީނަ..

      11
      20
    • ހެހެހެ

      ސާބަހޭ އެމްޑީޕީ ކުދިންނޭ. ރަނގަޅަށް ތިމީހާއަށް ބަވާލާފަ ބަހައްޓާ.

      4
      11
      • ނަން

        ސާބަހޭ ޝޭޙު އިޔާޒް

        5
        1
  2. އަޙްމަދް

    ފުރާންސުގެ ޝާލެހެބޫދޫ އަށް ދިން ނިރުބަވެރި ޙަމަލާ އައްތާއިދު ކޮއްފައި ޝޭޙުޖަނާބު އެހުރީ ޓުވީޓު ކޮއްފައެވެ.
    ޝޭޙު އިޔާޒު އަށް ހަމަނޭންގެނީތޯ!؟

    20
    13
  3. ޝިދާތަ

    ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރި އަލީ ނަޒީރަކީވެސް ޕާކިސްތާން އަށް ޖިހާދަށް ގޮސްފަ އެނބުރި އައިސް ހުރި މީހެއް ކަން އަންގާލަދެން .

    26
    6
  4. ކިންގްފިޝަރ

    އެކަން އެގޮތަށް އެހިނގަނީ ރާއްޖޭގެ ސިޔާސީބޮޑުން ރާއްޖޭގައި އުޅޭ ޝެއިޚުންނޭ ކިޔައިގެން ބަސްދީގަތުން ދީފައި ހުރުމުން. ޝެއިޚުންގެ ވާހަކަވެސް، އިސްލާމް ސިލަބަހުގެ ވާހަކަވެސް އަދި ހާފިޒުންގެ ވާހަކަވެސް ދައްކަމުންދަނީ ހަމަ އެއްބައެއް.

    29
    5
    • މަންޖެ 2 މެއި 2019

      ލިބިފައި ހުރި ޢިލްމު ގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރެވޭތޯބައްލަވާ ނަޝީދު ދައްކާވާހަކަ ތަރުޖަމާކުރުމުން ދުރުވެވޭތޯ ބައްލަވާ ދީނީޢިލްމު އުގެނުމުގެބޭނުމަކީ އެއީ

      14
      1
  5. ޝެއިހުން

    ޜާއްޖޭގެ އެއްވެސް ޝެއިހަކު އައިއެސްއަށް ވާގިވެރިވާކަމަށް ދައުވާކުރާނަމަ އަޅެ ނަމާއިއެކީ އެޝެއިހެއްގެނަން ހާމަކޮށްބަ ... ޑރ އިޔާޒް ސިޔާސީގުތުން ހުންނަ ވިސްނުމަށް ތާއީދުނުކުރާމީހުންވެސް ، ރަނގަޅުވާހަކައެއް ދެއްކިއްޔާ ގަބޫލުކުރަންވާނެ ..

    21
    2
  6. މަންޖެ 2މެއި 2019

    ދީނީ ޢިލްމު އުގެނިގެން އައިސް ނަޝީދު އާގުޅިގެން ތިދައްކާ ވާހަކަ އަށް ޖަވާބު ދާރީ ވާން ޖެހޭނެކަން ހަދުމަފުޅު ކުރަށްވާ ވަރަށް ސަލާމްނހެޔޮވިސް ނުން ދެއްވުން އެދި ދުއާ ދަންނަވަން ލިބިފައި ހުރިޢިލްމު ހެޔޮގޮތުގައި ބޭނުންކުރެވޭތޯ ބައްލަވާ!

    14
    5
  7. ޖޮއްބެ

    ޝެއިޚުން ދެކެ ރުޅިއެއް ނާދެޔޭ. ރުޅިއަންނަނީ އިޔާޒުއާ، އިމްރާނުއާ، ކަންނެލިބެ ކަހަލަ “ސޭކުން” ދެކެ.

  8. ޢަޙްމަދް

    ތިޔައީ ޝޭޙުންތަ!؟
    ނުވަތަ ސޭކުންތަ!؟
    ޢިސްލާމީ ޝަރީޢާ ކިވައިގެން ޑިމޮކްރެސީ "ކުފުރުގެނީޒާމް" ކޮނޑުޖަހައިގެން ވެރިކަން ހޯދާ ދުނެޔެ ހޯދަން ކެއްމަދުވެފަތިބި ނުލާފަ މަކަރުވެރި ބައިގަނޑެއްތީ.

    2
    3
  9. ކޮރަލް

    ބަންގި ގޮވުމުން ނަމާދައް ނުދާ މީހުން އެތިބެނީ ހައްދު ފަހަނަ އަޅާފައެވެ. ގިނަ ބަޔަކު ހައްދު ފަހަނަ އަޅާފައެވެ. އިސްލާހު ވާން ވީއެވެ.

    3
    3
  10. ބީޗް

    ދީނީ އިލްމް ހުރި މީހަކު ވާހަކައެއް ދައްކާ ލާ އިރައް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ލާ ހިތް ވާ މީހުން އުޅެއެވެ. ހިތް ހަމަ ނުޖެހުނަސް ފޮތުގަ އޮތް އެޗެއް ބަދަލެއް ނުވާނެއެވެ.

  11. ނަން

    ޝޭޙު އިޔާޒު، ނޭންގެނީތޯ އެމްޑީޕީ ކުދިން!؟ ޝެއިޚުން ދެކެ ރުޅިއެއް ނާދޭ. ޝޭޙު އިޔާޒް ސިޔާސީގުތުން ހުންނަ ވިސްނުމަށް ތާއީދުނުކުރާމީހުންވެސް ، ރަނގަޅުވާހަކައެއް ދެއްކިއްޔާ ގަބޫލުކުރަންވާނެ ..

  12. ހ

    ހުރިހާކަމަކީވެސް އިސްލާމީ ޢަޤީދާ ބަލިކަށިވީމަ، ސައްތައިން ސައްތަ މުސްލިމްގައުމެއްގެ ވަލިއްޔުލް ޢަމުރަކަށް ހުންނަންޖެހޭނީ އިސްލާމީ ޢަޤީދާ ވަރުގަދަ ޝަޚްޞިއްޔަތެއް