‏ޔޫރަޕިއަން ޔުނިއަންގެ މާހިރެއްކަމުގައިވާ މރ. ޕެޑްރޯ ގޯމޭޒް ޕެރެއިރާ އާ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވާ މަނީ ލައުންޑަރިންގ މައްސަލަތަކާާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ

ފުލުހުން ވިދާޅުވީ، އެ ބައްދަލުވުމުގައި، ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގ ގެ މައްސަލަތައް ފުލުހުންނާއި އެހެނިހެން އިދާރާތައް ގުޅިގެން ތަޙްޤީޤް ކުރާ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ތަހުޤީޤް ކުރާއިރު، ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއިމެދު މަޝްވަރާކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިފަދަ މަޝްވަރާތަކެއް މާހިރަކާާއެކު ކުރެއްވިއިރު، ރާއްޖޭގައި ހިނގާާފައިވާ މަނީ ލޯންޑްރިންގ އާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެމީހުން ކައިރީ ބުނައްޗޭ މެލޭޝިޔާ އެކައުންޓަށް ވަން ޑޮލަރުތަކާ އަޅާުނުލާށޭ! މަނީލޯންޑްރިން ކިޔަނީ ހަމަ އެކަނި އަދީބު ޔާމީނަށް ލަނޑުދޭން ޔާމީނު އެކައުންޓަށް ޖަމާކޮށްދިން އެއްމިލިއަން ޑޮލަރަށޭ!......... ކެކެކެކެކެކެކެކެ

  2. ހެހެހެ

    ޑޭވިޑް ހާޑިންގހަމް ފޮނުވި މާހިރެއްތަ؟

  3. ޙސހސހ

    ހިޔަޅު ތަޙްޤީގު ކުރާނެގޮތް ދަސްކުރަން. މީހުންނަށް އެއީ ހަމަ ހަޤީގަތް ކަމަށް ގަބޫލުކުރެވޭގޮތަށް ކަންކަން ކުރާން ދަސްކުރަނީ. ކުރިން ނަޝީދު ވެރިކަމުގަ ޑ.ކޮމިޝަނާ އަތީފް ހިންގި ސިޔާސީ ތަޙްގީގްގެ އެޑްވާންސް ވައްތަރު.