ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްގެ އައު ބައެއް ހުޅުވައިފިއެވެ.

މިރޭ ރެއިންބޯ ލިވިން މޯލްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން އެތަން ހުޅުވައިދެއްވީ ރެއިންބޯ ކުންފުނީގެ އެއް ޝެއާ ހޯލްޑާކަމަށްވާ، އައިޝަތު ސަމީނާއެވެ.

މިތަން ހާއްސަކޮށްފައި މި ވަނީ ބަދިގެ، އަލަމާރީގެ އިތުރުން އެހެނިހެން ފަރުނީޗަރުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިންކޮށް ތައްޔާރުކޮށްދިނުމާއި، އިންސްޓޮލޭޝަންގެ މަސައްކަތްތަކަށެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްގެ އައު ބައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

މިރޭ ހުޅުވިގެން ދިޔަ ރެއިންބޯ ލިވިން މޯލްގެ އާ ބައިން ލިބޭ ހިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރެއިންބޯ އެންޓަޕްރައިޒެސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ، ލިވިން މޯލްގައި އަލަށް ހުޅުވުނު ބައިން އަލަމާރި އާއި ބަދިގެ ސެޓް ލިބެން ހުންނައިރު، ގޭތެރެއަށް ބޭނުންވާ ފަރުނީޗަރުތައް ލިބެން ހުންނާނެ ކަމަށެވެ.

"މިތަނުން ބޭނުން ޑިޒައިނަކަށް ބަދިގެ ސެޓާއި، އަލަމާރިތައް ޑިޒައިންކޮށްދޭނެ. އަދި ސަޕްލައިކޮށް އިންސްޓޯލްވެސްކޮށްދޭނެ". އަސްލަމް ވިދާޅުވިއެވެ.

ރެއިންބޯ އެންޓަޕްރައިޒެސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަބްދުﷲ އަސްލަމް - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

އަސްލަމް ވިދާޅުވީ، މި ފިހާރަ ހުޅުވުމާއެކު ކުރިއަށް އޮތް އެއް މަސް ދުވަހަށް ބަދިގެ ސެޓް ބައްލަވާގަތުމުން ބަދިގެ މަތީގައި އަޅާ ކައުންޓާ ޓޮޕް ހިލޭ ލިބޭނެ ކަމަށެވެ.

މިތަނުން ވިއްކަނީ މައިގަނޑު ދެ ބްރޭންޑެއްގެ ބަދިގެ ސެޓްތަކެވެ. އެގޮތުން ފިހާރައިގެ އެންމެ ތިރީ ބައި ހާއްސަކޮށްފައި ވަނީ އޮބީލިއާ ބްރޭންޑްގެ ބަދިގެ ސެޓްތަކަށެވެ. އޮބީލިއާއަކީ ޔޫރަޕްގެ ނަމްބަރ ވަން ކިޗަން ބްރޭންޑެވެ. އަދި ފިހާރައިގެ ފުރަތަމަ ބުރި ހާއްސަކޮށްފައި ވަނީ އޭޝިއާގެ މަޝްހޫރު އޮޕެއިން ބްރޭންޑްގެ ކިޗަން ސެޓް އަށާއި، އަލަމާރިއަށް ހާއްސަކޮށެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްގެ އައު ބައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

"ކަސްޓަމަރަކު ބަދިގެ ހައްދަވަން ބޭނުންކަމުގައިވަންޏާ މިކޮޅަށް ގުޅުއްވާލައްވާފައި ވަޑައިގެންފައި ރިކުއާމެންޓް ދެއްވީމަ އަޅުގަނޑުމެން މިކޮޅުން ތްރީޑީ ޑިޒައިން ހައްދައިދޭނެ ފްރީކޮށް. އަދި ހިތްހަމަޖެހޭކަމުގައިވަނީނަމަ ޑިޒައިނާއި އެއްގޮތަށް އަގުވެސް ކޮންފޯމްކޮށްލުމުން މިކޮޅުން އެއްޗެހި ގެންގޮސް ރާވަދޭނެ". އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިހާރުވެސް އެތަނުން ބަދިގެ ސެޓްތައް ލިބެން ހުންނާނެ ކަމަށާއި، އެ ސެޓްތައް ބޭނުންވާ ކަސްޓަމަރުންނަށް 10 ދުވަސް ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ކަސްޓަމަރަކު ބޭނުންވާ ޑިޒައިނެއްގައި ބޭނުންވާ ގޮތަކަށް އަދި ބޭނުންވާ ކުލައެއްގައި ބަދިގެ ސެޓް އަދި އަލަމާރި ބޭނުންވާނަމަ އެންމެ ގިނަވެގެން ތިން މަސް ދުވަސް ނަގާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްގެ އައު ބައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ރެއިންބޯ ލިވިން މޯލްއިން ބަދިގެއާ ގުޅޭ އެޕްލަޔަންސްތަކާއި، ބެޑްރޫމް ސެޓް އަދި މި ނޫނަސް ފަރުނީޗަރުތައް ލިބެން ހުންނައިރު، އެތަނުން ގަންނަ ބަދިގެ ސެޓްތަކާއި، އަލަމާރި އިންސްޓޯލް ކުރުން މާލެ ހުޅުމާލެ، އަދި ވިލިމާލޭގައި އުޅުއްވާ ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭނެއެވެ. އަދި ރާއްޖެ ތެރޭގައި ރަށެއްގައި ދެކޮޅު ޓިކެޓާއި ކެއުމުގެ ހަރަދު ދިނުމުން އެކަން ކޮށްދޭނެކަމަށް ރެއިންބޯއިން މައުލޫމާތުދެއެވެ.

ރެއިންބޯ ލިވިން މޯލްއަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު ފަރުނީޗަރާއި، ބަދިގެ ކަބަޑާއި، އެޕްލަޔަންސް ވިއްކާ ފިހާރައެވެ. ރެއިންބޯއިން ދިވެހިންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަތާ 20 އަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    އޮޕެއިން ޗައިނާ އިން 2000 ޑޮަލަރަށް (ފްރައިޓާއި ޑިއުޓީ ހިމަނައިގެން) މާލެ އަށް ގެނެވޭ ކިޗަން ސެޓް ރެއިންބޯއިން ދެނީ 110،000ރ ވަރަށް. ސެޓް ރާވަން ޖެހޭކަން އެކަނި، އެކަމަށް އެބަ ނަގާ 80،000ރ!!