ޒުވާނުންގެ އޫދު އަލް ސަބާޔާ ރޯދަ މަހާއި ގާތްކޮށް އެތަނުގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.

އޫދް އަލް ސަބާޔާ އިން ބުނީ، މާދަމާ ހަވީރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެ ފިހާރައިގެ މާލެ ފިހާރައިންނާއި އައްޑޫ ފިހާރައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ހަދިޔާއެއްގެ ގޮތުގައި އަތަރު ފުޅިއެއް ލިބޭނެ ކަމަށެވެ.

އަދި މިއީ ރަމަޟާާން މުބާރިކްގެ ނަމުގައި އެތަނުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ދޭ ހަދިޔާއެއް ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

އޫދު އަލް ސަބާޔާގެ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަތަރު ބްރޭންޑެެކެވެ. މި ބްރޭންޑްގެ ސެންޓާއި އަތަރު މިހާރު އައްޑޫ ސިޓީންނާއި ހުޅުމާލެ އިންވެސް ލިބެން ހުންނާނެއެވެ.