އިދިކޮޅު ފަރާތްތަކުން މިރޭވެސް "ބޮޑު" މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވެ، މުޒާހަރާ ކުރަން ހަމަޖެހުނު މައިދާނަށް ގޮސް މުޒާހަރާ ނުފެށެނީސް ފުލުހުން ގޮސް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފިއެވެ.

ފުލުހުންގޮސް މުޒާހަރާއަށް ޖަމާވަމުންދިޔަ ފަރާތްތައް ފަހަތަށް ޖައްސަން ފެށިއިރުވެސް މުޒާހަރާ ބާއްވާނެ ކަމަށް އިއުލާނު ކުރި ސަރަޙައްދުގައި ބަޔަކު ނެތެވެ.

ދެ ފަހަރެއްގެ މަތިން ފުލުހުން ގޮސް މާލެ ގްރޭޑް ކުރިމަތިން ޕޭވްމެންޓަށް އެއްވެ ތިބި ބަޔަކު ފަހަތަށް ޖައްސާފައވާއިރު، އެފަރާތްތައް ވަނީ މުޒާހަރާގެ މައިދާން ދޫކޮށް ގޮސްފައެވެ.

މީގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ހަ މީހަކު ވެސް ހައްޔަރުކޮށްފައިވެސް ވެއެވެ.

މިރޭގެ މުޒާހަރާއަށް އެއްވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދިޔަ ވަގުތު އެ ސަރަޙައްދުގައި ތިބީ 80 ވަރަކަށް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙދ

    ކުރަން ފުރުސަތުދީފަ ކިޔާބަލަ ނުކުރެވުނޭ

  2. ބޭނުމީތަރައްގީ

    ކީއްކުރަންކުރާ މުޒާހަރާއެއްތަ... ރައްޔިތުންމިތިބީ ކުރާނެ މަސައްކަތެނެތިފައެއްނޫން... ރައްޔިތުން މިއުޅެނީ 2018ގަ ރޔާމީން ދެވަނަދައުރަކަށް ހޮވަން ކެންޕޭންނު ފަށަން ތައްޔާރީތަވުމުގަ... ރޔާމީން މިގައުމުގެ އެކި ކަންކޮޅުގަ ގެނެސްދެއްވި ގަރައްގީގެ އިމާރާތްތަ ހުޅުވުމުގެ ހަފްލާތަ ތައްޔާރު ކުރުމުގަ.. އަނެއްކާ އަލުން ގެނެސްދެއްވާ ތަރައްގީގެ ބިންގާއެޅުމަށް ފަސްގަޑު ޖެހުމުގަ.. މިހަފްލާތަކާ މަހެފިލްތަކަށް ރީތިވާން ހެދުންފެހުމުގަ... ވަގުތެއް ދެންނެތް ބޭކާރުގޮތުގަ މަގަތީގަ އެބުރޭކަށް... 24ގަޑިއިރަށް ހައްޔަރުވާން ޖެހުނަސް ހަޔާތުން ގެއްލުވާލެވެނީ 24އަހަރު... ދެން އެގިހުރެ ފާއިދާއެއްނެތް ބާކާރު ކަމަކަށް ގާއިންދާއޮހުރުވާލާ ލޮލުން ދިލަނަގުވަން ދާންވީކީއްކުރަން.. ކާކަށްވެރިކަން ހޯދަދޭން... އިދިކޮޅުން ބޭރުން އިމްޕޯޓުކޮއްގެން ވެރިކަމަށް މީހަކުގެނެޔަސް ރޔާމީނާ އެއްހަމައެއްގަ ފައިހަމަކުރެވޭނެ މީހަކުނުގެނެވޭނެ... މިއީ ޝައްކެނުން ޔަގީންކަމެއްމީ... ލައްކަދުވަހު ތިމުޒާހަރާތަކުގަ އުޅެވިއްޖެ.. ދެންބުނާނީ ނޫނެކޭ ނެތޭ ތިކަމުގަ އެއްބާރުލުމެއް.. މިހާރުބޭނުމީ ތަރައްގީއޭ... އަރާމުކޮއްލާނެ ފުލެޓެއްވިޔަސް ރޯހައުސްއެއްވިޔަސް އަދި ބިމަކަށްވިޔަސް... ހެދުނު ހޭލާއިގެން ދާނެ ވަޒީފާއެއް... އިތުރަށް އުގެނުމަށް ދާނެ ކޮލެޖެވިޔަސް... ދެންނުވިސްނޭ މުޒާހަރާ ކުރަންޖެހޭ ސަބަބެ... އިދިކޮޅުން ވެރިކަން ވެރިކަންކުރާކަމަށްވަންޏާ ބުނާނީ ކަލްދޯބަޖޭ އާއޯ... މިއީ ޔަގީންވާކަމެއް.. މިހާރު އަހަރެމެންނަކަށް ކަލްދޯބަޖޭއަކަށް މަޑެނުކުރެވޭނެ... މިހާރުބޭނުމީ.. އާޖް އަބީ އިސީވަގުތު.... ކަރުދާހުން ހަދާފަވާ މަލުގެ ގުލްދަސްތާ ކިތައްމެ ރީއްޗަސް އޭގަ މީރުވަހެއް ނުހުންނާނެ... ގުދުރަތީ މަލުންލިބޭ ހިތްހަމަޖެހުމެނުލިބޭނެ... ކާޣަޒުކީ ޕޫލޯމޭ ޙުޝްބޫ ނެހީހޯންގޭ.... ހަގީގީމަލަކީ ރޔާމީން....

  3. ޙަސްނު

    ޙުސްދޮގު

  4. ކަސަބު

    މީހަކުނެތް އެކަމަކުފަހަތައްޖެއްސި ބޮޑުޖޯކެއްދޯ

  5. ޖޖޖ

    ދެން ދަގަ އިދިކޮޅޭމެން ބޮލިހިލަން.

  6. ދިވެހިން

    ސައިލެންޓް މެޖޯރިޓީ މިރާއްޖެދެކެމުން މިދަނީ އަދި ދިވެހިރައްޔިތުން ގެ ގިނަމީހުން މިއަދު ހޭލާތިބެ ދެކެމުން މިދަނީ ރާއްޖޭގެ ތަރައްގީ އަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދިވެހިން އެއިރު ދެކުނު ކަންތައްތައް މާޒީވެ މިއަދުގެ ޖީލް މިއަދު ބޭނުންވާކަން އަދި އެގޮތައް ބޭނުންވާތީ ސައިލެންޓް މެޖޯރިޓީ މިތަނުގައި މިއޮތީ! ދިވެހި ގައުމު ދުވަހަކުވެސް ނުދެކޭފަދަ ހަރުދަނާ ވެރިއެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބުދުލް ގައްޔޫމް އަކީ. ﷲ އިރާދަފުޅާއި އެކު ކުރިޔައް އޮތް އަހަރު ތަކުގައިވެސް މިގައުމުގައި ވެރިކަން ކުރެއްވުމުގެ ހެޔޮރަހުމަތް އެމަނިކުފާނައް ދެއްވާށި! “އާމީން”

  7. ޟަޓޭ

    މީހުން ނެތް އިރު ކީއްކުރަން ގޮސް ދުރަށް ޖައްސަނީ؟ 80 މީހުން އެއްވިޔަސް ސަރުކާރު ހާދަ ބިރެކޭ ގަންނަނީ.. ނިމެނީ؟؟؟