މިއަހަރު ރަމަޝާން މަހުގެ ހަނދު މިއަދު އެއްވެސް އިސްލާމީ ގައުމަކަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމު ވިދާޅުވެއްޖެއެވެ.

މައުމޫން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިރު އޮއްސުމަށް ފަހު އެއްވެސް އިސްލާމޯ ގައުމަކަށް ނުފެންނާނެ ކަމަށާއި އެހެން ކަމުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހު 6 ވާ ހޯމަ ދުވަސް ކަމަށެވެ .

މައުމޫން މިހެން ވިދާޅުވިއިރު މި އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެެވެ.

ޑީޖޭއޭ އިން ބުނީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި، އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށާއި އެހެން ކަމުން ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން ވަނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދިނުމަށް ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މުޙައްމަދު

  ތިޔަ މައުމޫނު ބުނީވެސް މާދަމަރޭ ހަނދުކޭތަ ހިފަނެއޭވެސް. އެއަށްކޔަނީ ސްޕްރީމް ކޯރޓްގެ އަމުރުދޯ؟

  20
  10
 2. ސަފަރު

  މައުމޫނަށް ވަހީ އަންނަނީތަ ހަނދު ނުފެންނާނޭ ބުނަން

  23
  18
 3. ޖަލީލު

  އެއީ މައުމޫނު ބުނާ ވާހަކައެއްނޫނެވެ. މައުމޫނަށްވެސް އެނގޭނެ މުސްކުޅިންގެ ބަސް. "ރަޖަބު 4 ވީ އެއްޗެއް ރަމަޟާން 1 ވާނެ" . މި ބަހަށް އަބަދުވެސް ދިވެހިން ތަބާވާނެ! އަދި ދިމާވަނީވެސް މިބަސް!

  28
  5
 4. ނުކުރެވޭނެއޭ

  ގާނޫނަކުން ކަނޑަނޭޅޭނެ ރޯދަ މަހު އިނާޔަތް ދޭން ވަޒީފާ އަދާ ކުރާ ފަރާތް ތަކަށް ސްޕެޝަލީ އަމިއްލަ ކުންފުނި ތަކަށް ކަނޑަނޭޅޭނެއޭ އެއީ ވަރަށް ބޮޑު ގޯހެކޭ އެއޮންނަން ޖެހޭނީ އިޚްތިޔާރީ އެއްޗެއްގެ ގޮތުގައި ތިޔާ ގޮތަށް ދެން އަމިއްލަ ކުންފުނި ތައް ފެލާލަން ސަރުކާރުން އުޅޭނަމަ ދެން މިގައުމުގައި ވިޔަފާރި އެއް ކުރިނާރާނެ ދުވަހަކު ވެސް...

  8
  25
  • ޖޮއްބެ

   ބަލަ މޮޔަ ކޯޑިނޭޓަރޫ މީހަކަށް އެއްޗެއް ދީގެން ވިޔަފާރިއެއް ހަލާކެއްނުވާނެ ކަމެއް ނުއެނގޭ ދޮތަ؟

 5. މޭން

  ފަލަކީ ހިސާބަކީ އިސްލާމްދީނުގައި ހުއްދަ އެއްޗެން ނޫން ނުބެހޭ ކަމެއް ނޯންނާނެ މުސްކުޅިހާލުގައިވެސް

  28
  14
  • ވަރައް

   އަސަރުކޮއްފިތާ
   and

   11
   12
  • ކުސުމް

   ކިހިނެއް ކޮންތާކުން ނެރުނު ހުކުމެއް ކޮޔާ؟

   10
   3
  • ހަނދު

   ކަލޭމެންނަށް މާތްވެގެންވީ އިސްލާން ދީން ދަސްކޮށްދީ ވަހުދަތު ގުޑުނަ ނުދީ ފައިވިއްދައިގެން އެބޭ އެހުންނަނީ ކަލޭ ދުނިޔެއަށް ވެސް ނާންނަނީސް. ވީއިރު އިސްލާން ދީން އެބެއަށް ނޭނގި ކަލޭމެންނަށް ވަކިން އެނގޭނެތަ؟

   9
   10
 6. Anonymous

  ތިމާ އާއި ތިމާގެ އަހުލުވެރީން ނަރަކައިން ސަލާމަްކުރޭ

  7
  1
 7. ބޮއްބެސޮރު

  މައުމޫނު ވިދާޅުވުމުގެ މާކުރިން މިއަދު ހަނދު ނުފެންނާނެކަން އަހަރެންނަށް އެނގޭ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު 2019ވަނަ އަހަރުގެ ކަލަންޑަރުގައި އެކަލަންޑަރު ހެދިފަރާތުން މިއަދު ހަނދު ނުފެންނާނެތީ މިމޭމަހުގެ 6ވަނަ ދުވަހަކީ ރަމަޟޯން މަހުގެ ފުރަތަމަ ދުވަސްކަމަށް އެއޮތީ. މިއަދު ކޮންމެހެން މައުމޫނު އެވާހަކަ ބުނާކަށްނުޖެހޭ. މައުމޫނު ހީކުރާކަހަލަ ތިމަންނާބުނީމައޭ މީހުނަށް އެނގޭނީ.

  11
  4
 8. މަންޖެ

  ދުވަހަކުވެސް މީނަޔަކަށް ހަދެއްނުފެންނާނެ

  16
  3
 9. ޙާމުދުރު

  މައުމޫނު އައް އެނގެނީ ބޮޑު ކޭތަ ހިފާ ގޮތް..ލަދުގެ ކަންފުޅެއްނެތް މީހެއް..

  20
  10
 10. ބަކުރު

  ކޮޔާމެންނޭ...... އަދުރޭގެ ބަހެއްބޭނުންވޭ މިކަމުގަ!

  4
  9
 11. ފެންނަގޮތް

  މައުމޫނަށް ފެންނާނީ ބަކަމޫނު

  12
  2
 12. އަފްލާ

  މައުމޫނުގެ ދިގު 30 އަހަެުގަ މިގައުމައް ކޮއްދިން ކަންތައްތައް ވ ގިނަ ވާހަކަ އެންމެންވެސް ދައްކައެވެ. އެކަން އަހަރެމެންވެސް ގަބޫލު ކުރަނެވެ. ނަމަވެސް ހިތާމައަކީ މައުމޫނު އަޒްހަރު ޔުނިވަރސިޓީން ކިޔަވައިގެން އައިސް ރައްޔިތުންނައް އެއްޗެއް އޮޅުންދިލުވައި ދިނުމުގެ ބަދަލުގައި ހުރިހާ ކަމެއް ފޮރުވީ އެވެ. ދީނީގޮތުން އެނގެންޖއހޭ ކަންކަން ކިޔައި ނުދިނުމައް މަދުރަސާތަކައްވެސް އެންގީއެވެ މިސާލަކަްްަް ނަރަކައިގެ ވާހަކަ ދެއްކީމަ ކުދިންބިރު ގަންނާނެ ކަމައްބުނެ އެވާހަކަތައް ކިޔައި ނުސިނުމައް އއންގީއެވެ. ސޮކޫލު ކުދިން ބުރުގާ އއޅީމަ އެކަން މަނާކުރީއެވ. ޢަންހެނުން ޙިޖާބު އެޅީމަ ވަޒީފާއިން ވަކިކުރީއެވެ.ފިރިހެނުން ތުނބުޅި ބެހެއްޓީމަ އެކަންވެސް މަނާކުރިއެވެ. ޝެއިޚުން ދީނީ ގޮތުން އެއްޗެއް ބުނެދިނަމަ ޖަލައްގެންގޮސް ތުނބުޅީގަ ޓޮމާޓޯ ސޯސް އުނގުޅާފަ ތުނބުޅިތައް ބޭލީއއވއ. ދެން ވ ސަލާމް

 13. ރޯނުއެދުރު

  މަޢުމޫނު ނުބުންޏަސް ޤޫގުލް ކޮށްލިއަސް އިނގޭވަރުގެ ކަންކަންތީ! އެހެންނޫނަސް މަޢުމޫނު އެސްޓުރޮނޮމީ ދާއިރާއިން ކިޔެވިކަންއިނގޭކަށްނެތް! ދެންކީއްވެ މާމޮޅު ފަލަކީ އިލްމުވެރިއަކަށްވެގެން ތިއުޅެނީ! ފޮތެއް އޮތަސް އެދުރެއްނުވާނޭ ބުނާ ބީދާއިން ޓެލެސްކޯޕެއް އޮތަސް އެސްޓުރޮނޮމާރ އަކަށް ނުވެވޭނެ. ވ.ސަލާމް

  9
  3
 14. ނުރަބޯ

  މައުމޫނު ދައްކާ ވާހަކަ މިހާރު ގަބޫލުކުރާކަށް ނުވާނެ. އެބޭ އެހެރީ މިހާރު “ބޮނދު ބުޑަށް ސައި” ވެފަ.

  3
  2