ޕުލްމަން މޯލްޑިވްސް މާމުތާ ރެސޯޓުގެ އޯޕަން ރެކްރޫޓްމަންޓް ޑޭ ސޯލްޓް ކެފޭ، ކޮންފަރެންސް އެންޑް އިވެންޓް ހޯލްގައި ކުރިއަށް އެބަދެއެވެ.

އިއްޔެ ހެނދުނުން ފެށިގެން އިވެންޓް ކުރިއަށްދާ އިރު، އިވެންޓް އޮންނާނީ މިއަދު ހަވީރު ހައެއް ޖަހަން ދެނެވެ. އަލަށް ހުޅުވާ ޕުލްމަން މޯލްޑިވްސް މާމުތާ ރެސޯޓަކީ ފަސް ތަރީގެ ރެސޯޓެކެވެ. 122 ވިލާގެ އެ ރެސޯޓަކީ ޑިޒައިންގެ ގޮތުން މުޅިން ތަފާތު ރެސޯޓެކެވެ. ރެސޯޓުގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ގިނަކަން ފާހަގަކޮށްލެވޭ އިރު، ޓީން އޮންލީ ކްލަބަކާއި، ވެޑިން ޕެވިލިއަންއެއްގެ އިތުރުން ފިޓްނަސް އޭރިއާއަކާއި ހަ ރެސްޓޯރަންޓް ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ރާއްޖޭގައި ފުޅާވަމުންދާ އިރު، މިހާރު އެ ސިނާއަތަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ ސިނާއަތެވެ. އަދި އެއީ ދިވެހި އިގްތިސާދަށް އެންމެ ގިނަ ނަފާ ވަންނަ ދާއިރާކަންވެސް ފާހަގަކޮށްލެވެއެވެ.