ރާއްޖޭގެ ގާނޫނީ ވެރިކަން ދިފާއު ކޮއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ސަރުކާރަށް ތާއީދު ކުރާ ގދ.ތިނަދޫ ރައްޔިތުން އިސްނަގައިގެން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ތިނަދޫގެ ތަރައްގީ އަށާއި ރާއްޖޭގެ ތަރައްގީ އަށް ނައިބު ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

"ތިނަދޫގެ ތަރައްގީ އަށާއި ރާއްޖޭގެ ތަރައްގީ އަށް ނައިބު ރައީސް ޖިހާދު ކުރަށްވަމުން ގެންދަވާ މަސައްކަތައް ހާއްސަ ޝުކުރެއް އަދާކުރަން. އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ވެރިކަން ދިފާއު ކޮއްދެއްވުމަށް ޖިހާދު ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރަން،" އަދުރޭ ވިދާޅުވިއެވެ.

ނައިބު ރައީސް އަށް ޝުކުރުު އަދާކުރެއްވުމުގެ އިތުރުން އަދުރޭ ވަނީ މިހާރު ކޯޓުގައި ދައުވާ އުފުލާފައިވާ ފަރާތްތަކާއި ބެހޭ ގޮތުން ވެސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާ ޕީޖީ އިން ބައެއް ބޭފުޅުންގެ މައްޗަށް އުފުލާފައިވާއިރު އޭގެ ތެރޭގައި އޭނާ ވަރަށް އިހުތިރާމް ކުރާ ބޭފުޅުންވެސް ހިމެނޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ވެރިކަން ވައްޓާން އުޅުމުގެ ދައުވާ ޕީޖީ އިން ބައެއް ބޭފުޅުންގެ މައްޗަށް އުފުލާފައިވާއިރު އޭގެ ތެރޭގައި އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅުންވެސް ހިމެނޭ. އޭގެ ތެރޭގައި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ވެރިކަމުގެ ދަހިވެތި ކަމުގައި އަވަހާރަ ނުލެއްޕެވިގެން އުޅުއްވާ ބޭފުޅުންވެސް ހިމެނޭ. އަދި ދިވެހި ރައްޔިތުންނަށް އެތަށް ބިލިއަން ޑޮލަތަކަށް ދަރާފައި ތިބި މީހުން ހިމެނޭ،" އަދުރޭ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހަށްދޭބަލަ

    މަމެންގެ އެތެރޭގެ ކަންކަން ހައްލު ކުރާނީ މަމެން އަމިއްލަ އަށޭ އެއީ ތަމެން ލާދީނީ ފިކުރުގެ ކިއްލާ ކަމަށްވާ އިންޑިއާ އާއި އަދި އީޔޫ އާއި ބެހޭ ކަމެއް ނޫނޭ ތަމެން ދަލު ބޭރުން ޖެހިގެން އުޅެނި ކޮށް ރޭރު އަރުވާލާ ޖަނގިޔާޒް ދަ ބޭލެނިންގް ހަދަން ޖެހިދާނެއޭ ތަމެން އީޔޫ އާއި އިންޑިއާ އާއި ދެބައިމީހުން ރާއްޖޭގައި އުޅޭ ފިރިހެން ވަންތަ ފިރިހެނުންނާއި ތަމެން ފަދަ ރަނޑު މީހުން ބެހެން ނަހަދާށޭ އެންމެން ކުރިމަތީގައި ޖަނގިޔާޒް ދަ ބޭލެނިންގް ހަދާނަމޭ މަމެން ޕިންކީން އިންޑިއާ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ އީޔޫ ވެސް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  2. ޑާޑާޑާޑާ

    ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލާށޭ އީޔޫ ބުނަން ތަމެން ތީ ދެން ކޮން ބަޔެއްތޭ ކޮން ކަނޑުކޮހެއްތޭ މިއަދު ބޮއިގެން ތިބެ ތިއޮތް ގޮވަނީ ކަނޑުކޮހުން ތަކާ. އީޔޫ އަކީ މިރާއްޖެ އަށް ކޮން އެހީއެއް ވާ ގައުމެއް ތޭ އަހަރަކު 1 ހާސް ރުފިޔާގެ އެހީއެއްވެސް ވާ ބަޔެއް ނޫނޭ ދެން އެމެން އެހީއެއް ދޭނަމަ ވެސް އެހާ ދުވަސް ނަގައޭ އީޔޫއިން މިހާތަނަށް ރާއްޖެ އަށް ދިން އެހީއެއް މަމެންނަށް ފެންނާން ނެތޭ އީޔޫއިން އެހީ ދީގެން ނޫނޭ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅަނީ އަދި ހުޅުމާލޭގައި 2 ލައްކަ ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް އަޅަނީ. އީޔޫ ތިނޫން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާ ބޮޑަށް ތާހިރުވާނެ އެއް ނޫންތޭ އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ބަތާހަރާމީ ދަ ހަރާމްކޯރު އީޔޫ ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑީޑަޑަޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  3. މަހަށްދޭބަލަ

    އިންޑިއާ އާއި ޗައިނާ ދޫކޮށްލައިގެން ރާއްޖެ އަށް ދެކޮޅެއް ނުޖެއްސޭނެ ކަމަށް ޗައިނާގައި ހުންނަ ދިވެހި ސަފީރު ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ޗައިނާ ގައި ހުންނަ ސަފީރަކަށް ނޭގޭނެއޭ އިންޑިއާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަން އެވާހަކަ ދައްކާނީ އިންޑިއާ ގައި ހުންނަ ދިވެހި އެމްބަސޭ އޭ މަމެން ބުނަން ނެތީމު ދޯ. މަމެންނަށް އިންޑިއާ ދޫކޮށްލައިގެން އުޅެވޭނެއޭ މިހާރު ވެސް މަމެން މިއުޅެނީ އިންޑިއާ ދޫކޮށްލައިގެން ނޫންތޭ ދެން ކޮބާތޭ މައްސަލަ އަކީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ހަދަންވީ ގޮތަކީ ޗައިނާ އަށް އަހަރަކު އެއް ބިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓްސް ދީ އަދި މާލެ ސަރަހައްދުން 1000 ފަޅު ހިއްކައިގެން އެފަޅު ތަކުގައި ޗައިނާ ގެ ރިސޯރޓްސް ތައް ހަދަން ދޫކޮށްލަންވީއޭ އެއިރަށް ދެން ޗައިނާ އިން މަމެންގެ ގައުމު ސްޕެޝަލީ މާލެ ސަރަހައްދު ސަލާމަތް ކޮށްދޭނެއޭ އެއިރަށް އުމުރަށް ވެރިކަން ކުރެވޭނެއޭ މަމެން ޕިންކީން ނަށް. އީޔޫ ވެސް މަހަށް އިންޑިއާ ވެސް މަހަށް ދާން ޖެހޭނީ އެއިރުން.