ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރު މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޑައިމެންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ރާއްޖޭގެ މާކެޓަށް ނެރެފިއެވެ.

ތުތިބޯވަދިލަމަސް މާކެޓަށް ނެރުމުގެ މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވީ ތުތިބޯވަދިލަމަހަށް ޑިމާންޑް އެބައޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި ތުތިބޯވަ ދިލަމަސް މިއަށް ވުރެން ރަނގަޅު އަގެއްގައި ރައްޔިތުނަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

" ތުތި ބޯވަދިލަމަހަކީ ރާއްޖޭގެ ކަނޑުތަކުން ބާނައިގެން ގެންނަ އެންމެ ތާޒާ މަސް , މިހާރު 800 ކިލޯ މަސް މިފްކޯއަށް ވަނީ ގެނެސްފައި " އިސްމާއިލު ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ މާލޭ އޭރިޔާގައިވާ މިފްކޯގެ ދެ ފިހާރަ ( ހުޅުމާލެ އާއި މާލޭގެ) ދެ ފިހާރައިން ވެސް މި މަސް ގަންނަން ލިބޭނެ ކަމަށެވެ.

" ރާއްޖެއިން ބޭރުން އެތެރެ ކޮށްފައިވާ މަސް މިހާރު ވެސް މާކެޓްގައި އެބަހުރި ކަމަށާއި ނަމަވެސް އެ އަށް ވުރެން މާ ތާޒާކޮށް ކަސްޓަމަރުންނަށް މިފްކޯ އިން މިމަސް ފޯރުކޮށްދެވޭނެ އަޅުގަނޑުމެން ބަލާނަން އަޅުގަނޑުމެންނަށް ލިބޭ ކުއަންޓިޓީއަށް ބޭސްކޮށްފައި. އިތުރުވާވަރަށް މަސް ލިބޭ ކަމުގައި ވަނީނަމަ މިމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ވިސްނުން އެބަ ގެންގުޅެން" އިސްމާއީލު ވިދާޅުވިއެވެ.

ދިވެހި މަސްވެރިންގެ އަތުން މިފްކޯއަށް ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރ. އަށެވެ. މިފްކޯއިން ތުތިބޯވަދިލަ މަހުގެ އެކި ބައިތައް ވިއްކަނީ އެކި އަގުގައވެެ. އެ ގޮތުން އަގުތައް އުޅެނީ ކިލޯއެއް 160ރ. އާއި 250ރ. އަދި 250ގ. ކަޓްޕީސް 75.50ރ. ގައެވެ.

ތުތިބޯވަދިލަމަހެއްގެ ބަރުދަނުގައި 16 ލިލޯއާއި 18 ކިލޯހުރެއެވެ.

މިފްކޯއިން ކުރިއަށްގެންދާ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބޯވަ ދިލަމަހުން ތައްޔާރުކުރެވޭ ރެސިޕީތަކެއް ހިމެނުމަށް ގަސްތުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ތުތި ބޯވަދިލަމަސް މަސްވެރިކަން ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    "ތުތި ބޯވަދިލަމަސް މަސްވެރިކަން ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ" މިޔަދަށްވެސް އަދިވެސް ސަރުކާރަށް 100 ދުވަސް ނުވަނީ؟ މިދެން އަރަތެއްނު! 5 އަހަރުވާއިރު 100 ދުވަސް ވާނެބާ؟ މިވެސް ރައީސް ޔާމީނުކުރިކަމެއްނަމަ އެމްޑީޕީން ހީވާނީ ދެފަޔަށް ހިނިއަރައިގެން އުޅޭހެން! އެމްޑީޕީން މިތިބެނީ ކިހިނެއްވެފަތަ؟ މޮޔަވެފަތަ؟ 100 ދުވަސް އަދި ނުވެޔޯ؟؟؟؟؟؟

  2. މިފްކޯޔޯ

    ޤައުމުންބޭރުގެ ފަރާތް ތަކައް އޮންލައިންކޮށް ގަނެވޭނެގޮތްނޯވޭތަ؟

  3. ޑޮކުޓަރު

    ހުސް ކޮލެސްޓްރޯލް