ގޮވާތަކެއްޗާއެކު މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް)ގެ ޚާއްސަ ތަމްރީނު ހަރަކާތެއް މިއަދު މާލޭގައި ކުރިޔަށް ގެންދާން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައި ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ، މި ހަރަކާތް ކުރިޔަށްގެންދާނީ މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މިއަދު އެމްއެންޑީއެފްގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ބާއްވަމުން ދަނީ އިއްޔެ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިސް ވެރިންނާއި ވަޒީރުން ބައްދަލު ކުރައްވާ ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރައްވާފައި ވަނިކޮށެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާއަށް ދިން ނިރުބަވެރި ހަމަލާއަށްފަހު ރާއްޖެއަށްވެސް އެފަދަ ހަމަލާއެއް އަމާޒުވެދާނެކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަކީ ލަންކާއަށް ހަމަލާ ދިނުމުގެ ފަހަތުގައިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް ޖަމާއަތުގެ ޓާގެޓެއް ކަމަށް އިންޓެލިޖެން ރިޕޯޓެއްގައި ވެސް ދާދިފަހުން ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން އެމެރިކާރިން ވެސް ވަނީ ރާއްޖެއަށް ނިރުބަވެރިންގެ ނުރައްކާ އޮތްކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ޓްރެވެން އެޑްވައިޒަރީއެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާމިގިލީ މީހާ

  ތިޔަ އުޅެނީ މާލެ ގޮއްވާލާން ވެގެން. އާންމުންގެ ގަޔައް ބޮން ގޮއްވާން ތިޔައުޅެނީ.

  6
  10
 2. އަހްމަދު

  ގޮވާތަކެއްޗާއެކު މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް)ގެ ޚާއްސަ ތަމްރީނު ހަރަކާތެއް މިއަދު މާލޭގައި ކުރިޔަށް ގެންދާން ފަށައިފިއެވެ. މިދަނީ ސަހަރާއިން ޖާގައެއް ހޯދަން.....މިދަނީ

 3. DHONA

  ސިފައިންގެ ބޯޑު ނައްޓާފަ ކޮންމެވެސް ސާރކަސް އެއްގެބޯޑު ތިތާ ހަރުކުރަންވީ.....ހުސް ޗަރުކޭސް ދައްކާ ބައެއް.....

  1
  2