އައްޑު ސިޓީ ހިތަދޫގައި ހުންނަ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ހެލިކަޕަޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެކުއްޖާ ހެލިކަޕްޓަރުގައި މާލެ ގެންނަނީ ސިއްޙީ އިތުރު ފަރުވާއަށް ކަމަށެވެ. އަދި އެ ކުއްޖާ ގޮވައިގެން ދަތުރުކުރާ ހެލިކަޕްޓަރު މާލޭގައި ޖެއްސުމަށް ޖަމަޖެހިފައި ވަނީ މިއަދު ހަވީރު 15:00 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ހެލިކަޕްޓަރު މާލޭގައި ޖައްސާނީ އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ހެލިޕެޑްގައެވެ.

މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ހާލުބޮޑުވެގެން އިތުރު ފަރުވާއަށް ބޭނުންވާ މީހުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކަޕްޓަރުގައި މާލެއަށް ގެނެސްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު