ރޯދަ މަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާތީ، ހަމަ އަގުގައި އެތަކެތި ވިއްކެވުމަށް ޝެއިޚް އަލީ ޒައިދު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވަނީ، ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.

“ވިޔަފާރި ވެރިންނޭ ހެޔޮނުވާނެ. ވަގުތުގެ ނާޖައިޒް ފައިދާ ނުނަންގަވާ. ރައްޔިތުންނަށް ރަޙުމު ކުރައްވާ. 1200 ރުފިޔާ އަށް މިރުސް ކިލޯއެއް ގަންނާނީ ކިހިނެއްތޯ؟“ ޒައިދު ވިދާޅުވެފައިވެއެވެ.

އިތުރަށް ޒައިދު ވިދާޅުވީ، ހަމައަށް ވުރެ ބޮޑުކޮށް ތަކެތި ވިއްކާނަމަ، ބަދު ދުޢާ ޖެހިދާނެ ކަމަށާއި، އަމިއްލަ ފައިދާއަށް ވިސްނައިގެން އެހެން މީހުންނަށް ދަތިކުރުން ހެޔޮ ނުވާނެ ކަމަށެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ކަނޑޫދޫ މިރުހުގެ އަގު ބޮޑުކުރި ތިން ވަނަ ފަހަރެވެ. މީގެ ހަޕްތާއެއް ކުދިން ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 800 ރުފިޔާ އަށެވެ. އޭގެ ތިން ދުވަސް ފަހުން، މިއަދު 1000 ރުފިޔާއަށް ބޮޑު ކުރިއެެވެ. އަދި މިހާރު މާރުކޭޓުގެ ހުރިހާ ގޯޅިތަކުންވެސް ކަނޑޫދޫ މިރުސް ލިބެން ހުރީ ކިލޯއެއް 1200 ރުފިޔާ އަށެވެ.

މާރުކޭޓުގައި ގޮޅިތައް ހިންގަމުން އަންނަ ގިނަ މީހުން ބުނާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިއަގު އިތުރަށް އުފުލިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތުނިޔަ

    ޔާﷲ ދަހިވެތި ވިޔަފާރިވެރިންގެ މުދާތަށް ނެތިކުރައްވާނދޭވެ!

    30
    1
    • މާމިގިލީ މީހާ

      އާމީން.

      21
    • ބޯހަލާކު 5މެއި 2019

      އާމީން

    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އާމީން..

  2. ލިލިއަން♥️

    ޕެޑް ވެސް އަގު ހެޔޮކުރޭ. ތި މިރުސް އަގުބޮޑު ވިޔަސް އެހެން ކަހަލަ މިރުސް ލިބޭ. ޢެކަމް ޕެޑް ގެ ބަދަލުގައި؟؟

    14
    2
  3. މާމިގިލީ މީހާ

    ސަރުކާރުން ވަކި އަގުތަކެއް ކަޑައަޅާންޖެހޭ. ސަރުކާރުގެ ބަލިކަށި ކަން މިފެންނަނީ.

    37
    3
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަހަރެން ހަމަ ގައިމުވެސް ބަދުދުއާ ކުރާނަން ތި ބައިގަނޑަށް. ސޮޓޮކް ނެތީމަ ކޮން އަގުބޮޑެއްކުރާކަށް. ހުސްވީމަ ހުސްވީ ނޫންތަ؟ ކޮންހާ އަގުބޮޑެއްކުރާކަށް. މުސީބާތެއްނުމީދެން.

    13
  5. ލަބީބު

    ރޯނުފިލައި ތިބޭ މީހުން ވެރިކަމަށް އިސްކުރީމާ ހުރިހާކަމެއް ދާނީ ގޯހުން ގޯހަށް! ދިވެހިރާއްޖޭގެ އިޤްތިޞާދު ދަނީ ދަށަށް! ޞިނާޢަތްތައް ދަނީ ބަލިކަށިވަމުން! މިކަން މިއަދު ދިވެހި ރައްޔިތުން ތަޙައްމަލްކުރާނެ!

    12
  6. ހުދުހުދު

    ހުރިހާ މީހުން ވެގެން ކަނޑޫދޫ މިރުސް ބޮއިކޮޓް ކުރަންވީ. މަށެއް ނުގަންނާނަން ތި މިރުހެއް. މި ރޯދަ މަހު ތޮޅި މިރުސް ކާނީ

    15
    • Anonymous

      ހިޙީ. ހުދުހުދު ހާދަ ލޯތްބޭ..

  7. ޚާން

    ކަނޑޫދޫ މިރުސް ނުކައި ރޯދަ ހިފޭތޯ ބަލަންވީ ނޫންތޯ؟

    14
  8. ހުސެއިން

    ހަޤީޤަތުގައި އަހަރެމެންގެ ކެތްތެރިކަން ރޯދަމަހާ ދިމާކޮށް ކުޑަވާތީ، ތަކެތި އަގުބޮޑުވާ އެއް ސަބަބަކީ. ކަރާ އަގުބޮޑުވީމާ، އެނޫން އެއްޗެހީގައިވެސް ފަނި ގިރާލެވިދާނެ. ބޮޑު އަގުގައި ގަންނަ ބަޔަކު އުޅޭތީ، ޚަރަދާ ނުބައްދަލު އަގުތަކުގައި އެއްޗެހި ވިއްކަނީ. އެޔާ ނުލާ ކެތްކޮށްލަނިކޮށް އިސާހިތަކު ތިރިވާން ފަށާނެ.

    17
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ވަރަށް ބަރާބަރު ވާހަކައެއް. އަގު އަރުވާލީމަ ގަތުން ހުއްޓާލަންވީ، އިތުރު އޮޕްޝަންތައް ބަލަންވީ. ކާބޯ ތަކެއްޗަކީ ކުރުމުއްދަތެއްގެ ތެރޭ ހަލާކުވެ އުކާލަންޖެހޭތަކެތި. އޭރުން ރަނގަޅު ފިލާވަޅެއް ތި އަގުއަރުވާ މީހުނަށް ދެވޭނެ.

  9. ސަންތި

    ކޮންމެ ރޯދަމަހަކު، ވިޔަފާރިވެރިންގެ ކަމަކީ، ރައްޔިތުންގެ ބަދު ދުޢާ ލިބިގަތުން. މާލޭގައި އުޅޭ ގިނަ މީހުނަކީ، ގެއަށް ކުލި ދައްކާފައި ރަނގަޅަށް ބަނޑުފުރާނަ މުއްތި ނުކުރެވޭ މީހުން. އެމީހުންގެ ބަދު ދުޢާގެ ބާރު ގަދަވާނެ.

  10. ނަބާ

    އަގުބޮޑުކުރީމާ ހުންނާނީ ގަންނާނެ މީހަކު ނުވެފަ، ދެން އެހެން ތިބެ ތިބެ މިރުސް ހަލާކުވާނީ، އެއްފަހަރާ މުއްސަނދިވާން އުޅެގެން މިހާ ފަޤީރުވާނީ، އެތައް ނިކަމެތި މުސްލިމުންގެ ބަދުދުޢާގެ ސަބަބުން އެއްކޮށް ބަނގުރޫޓްވެސް ވެދާނެ! ހެޔޮނުވާނެ ވަގުތީ ފައިދާއަށް އަގުބޮޑުނުކުރޭ! ފަހުން ލިބޭގެއްލުން މާބޮޑުވާނެ!! ޥިސްނާލާ