ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް މިހާރު އަމަލު ކުރަމުންދާ ޤަވައިދުގައި ހިމަނާފައިވާ ޝަރުތުތަކުގެ އިތުރަށް އިތުރު ބައެއް ޝަރުތުތައް ހިމަނައި އާ ޤަވައިދަކަށް އޭޕްރީލް 01 އިން ފެށިގެން އަމަލު ކުރަން ނިންމައިފިއެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައިވާ އާ ޤަވައިދު ބުނާ ގޮތުން ފުލުހުންގެ ހުރިހާ ރޭންކެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް މިހާރު ކަނޑައަޅާފައިވާ ޤަވައިދުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުން އެންމެފަހުން އެ ފުލުހަކު ސުޕަވައިޒުކުރި ތިން ސުޕަވައިޒަރުން، އެ ފުލުހެއްގެ މަސައްކަތުގެ އަޚުލާޤަށާއި، ސީނިއަރ ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުރި މިންވަރަށާއި، ފުލުހުންގެ ޚިދުމަތުގައި ކޮށްފައިވާ ބޮޑެތި ޚާއްޞަ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީޔައް ފާހަގަކޮށް ރިޕޯޓެއް އެކުލަވައިލާން ޖެހޭނެއެވެ.

އަލަށް ގެނައި އިސްލާހް ބުނާ ގޮތުން ޕްރޮމޯޝަން ދިނުމުގައި މިހާރު ބަލާ ޝަރުތުތައް ހަމަވުމުގެ އިތުރުން ސްޕަވައިޒަރުން އެކުލަވާލި ރިޕޯޓަށް ބަލަން ޖެހޭނެއެވެ.

އަލަށް ގެނައި އިސްލާހްގައި ވަނީ ބައެއް ރޭންކްތަކުގައި ޕްރޮމޯޝަނަށް ޝަރުތު ހަމަވާކަމަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކުގެ އިތުރުން ބައެއް ލީޑާޝިޕް ޕްރޮގްރާމްތައް ފުރިހަމަ ކުރުން ޕްރޮމޯޝަން ލިބުމުގެ ޝަރުތެއްގެ ގޮތުގައި އިތުރުކޮށްފައެވެ.

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ލަފާދިނުމަށާއި ޝަރަފުގެ ނިޝާން އަދި ކުލަ ދިނުމަށް ލަފާދިނުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ޚާއްސަ ބޯޑެއް އެކުލަވާލާފައި އޮވެއެވެ. އެބޯޑަކީ ކޮމިޝަނަރ އޮފް ޕޮލިސް އައްޔަން ކުރާ ފުލުހުންގެ މައްޗަށް އެކުލެވިފައި އޮންނަ ބޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފެނޭތޭ

    ކޯޓުގައި ކަންތައް ވީ ގޮތުން މައުމޫން ދެރަފުޅުވޭ، އެކަމަކު ހިތްވަރަކަށް ބަދަލެއް ނާންނާނެ ނަމަ އެއީ ވެސް ވަރަށް ބޮޑު ވަރެކޭ ހިތްވަރު ކޮށްލައިގެން ޖަލުގައި އޮވޭ ދެން އުމުރު ދުވަހަށް މަރު ދުވަހާއި ޖެހެން ދެން ފުލުހުންނަށް އެއްބާރު ލުން ތަހްގީގް ގައި ނުދީ. އަދިވެސް ރައީސް މައުމޫނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ފެބް އެކެއްގައި ބޮޑު ދެ ހުކުމޭ މެން މެދުވެރިކޮށް ރަންރީނދޫ ބޮޑޭ ކަޓް ދީގެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު ނެރުމުގައި އެމެން ކަންކަން ކުރި ގޮތުގެ ތަފްސީލް ކިޔާދީ އޭގެ ބަޔާން ތަކުގައި ސޮއި ކޮށް ފިންގަރޕްރިންޓް ޖަހާލާ ތަހްގީގް ނިންމާލާ އަވަހަށް ގެއަށް އަންނަންވީއޭ ދިސް އިޒް ދަ ފީލިންގް ދޯ. ހާސް ވާން ޖެހޭ ފެންވަރުގެ ކަންކަމެއް ނޫނޭ މިހުންނަނީ ބޭބީ ބޭބީ ޕްލީޒް މިބަޔާން ގައި ސޮއި ކޮށްލާ އަވަހަށް މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ އެއްގޮތެއް ވެސް ނެހެދޭނެއޭ ނަސްރު ވެސް މިލިބުނީ މަމެންނަށް ނޫންތޭ އޯއް ތަމެންނަށް ނުފެނޭ ތޭ މަމެންނަށް ނަސްރު ލިބެމުން ދާ ތަން ވަރަށް ރީއްޗަށް.

  2. އޮޅާލާ

    ކޮން އިންތިޚާބުގެ ކުރިން އޭ ކިޔަންތޭ އިންޑިއާ ދަ ނޯކަރު އޮފް މޯލްޑިވިއާނޯސް ދޯ. އިންޑިއާ އިންތިޚާބުގެ ކުރިން ފެބް އެކެއްގައި ނެރުނު ދަ ނަހަލާލު ކޯޓް އަމުރު އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ޖަހާ މޮދީ ބެކަށް ދެން.

    • މަ

      މަ ބޭނުންވާ އަމުރު ހަލާލުވެފައި، މަ ބޭނުންނުވާ އަމުރު 'ނަހަލާލު' ވާންވީމައި ކޮބާ ތޯ ހަލާލު އަމުރަކީ؟
      2018 ފެބްރުއަރީ 01 ވަނަ ދުވަހު ނެރު އަމުރުގައި ދެކޮޅަށް ވާހަކަ ދެއްކޭނެ.

    • މޮޔަ

      ކަލޭ މޮޔަ ވަނީތަ ތޭ ތޭ ކިޔާފަ

  3. ާއަހްމަދު

    ކޮންމެ ގޮތަކަށް ޤަވައިދު އެކުލަވާލިޔަސް ވެރިން ނަށް ފެންނަ މީހަކަށް ދޭނެ.. މިހާރުވެސް ކަންތައްދނީ ހަމަ އެހެން... މީހުންގެ ބޯޅަޖަހައިގެން ވެރިމިހާ އަށް ކޮފީ ދީގެން ޕްރޮމޯޝަން ޖެހުން އެއީ ޕޮލިސް ގަ އޮތް ސަގާފަތެއް.. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ

  4. ޕަކާސް

    އެހެންތަ؟؟؟؟

  5. ވގ

    ތިޔަގޮތައް ގަވައިދުހަދާފަހުންނަނީ ސިފައިންގޭގަވިސް އެކަމަކު އެތަނުގެވެރިންނައް ކަމުދާމިހަކައްވިއްޔަލިބޭ އެހެޔޮ ތިބުނާގަވައިދުގެތެރެޔައްނުފެތުނަސް ހުރިހާ ކަމަކައްވިސްގަވައިދުހުރޭ ނިމޭފޮޅުވަތުގެ ތިރީގަ އޮންނާނެ( ނަމަވެސް) މިބަސްދެން އޯކޭ

  6. ފުލުސްމީހާ

    ދޭންބޭނުންވީމާ ބީއެފްްޓީ ނުޖެހިޔަސް ތި ޤަވާއިދުތައް ތިހެން ހުއްޓަސް ވެރިންނަށް ކަމުދިޔަ ގާތުގާ އުޅޭ މައިބޯއިސް މައިގާލްސް އަށް މިހާރުވެސްދޭ. ތީ ނަމެއްގައި އޮންނަލިޔެކިޔުންތަކެއް. ޙިތްޕުޅާވާ ނުވާ ބަޔަކަށް ތިޔަ ޤަވާއިދުތައް އޮންނަނީ. މީދެން ވަރަށް ވާހަކަ އިގޭތޯ

  7. ސީޑީ

    ކޮންމެ ގޮތަކަށް ޤަވައިދު އެކުލަވާލިޔަސް ވެރިން ނަށް ފެންނަ މީހަކަށް ދޭނެ.. މިހާރުވެސް ކަންތައްދނީ ހަމަ އެހެން... މީހުންގެ ބޯޅަޖަހައިގެން ވެރިމިހާ އަށް ކޮފީ ދީ، ވެރިމީހާގެ ނޯކިރީކޮށްދީގެން ޕްރޮމޯޝަން ޖެހުން އެއީ ޕޮލިސް ގަ އޮތް ސަގާފަތެއް.. މިކަމަކީ ދުވަހަކުވެސް ބަދަލުވާނެ ކަމެއްނޫން... މިކަމާއިގުޅިގެން ބަސްބުނާ މީހާ ހަފުސް....