މޯލްޑިވިއަން ފްލައިޓެއް ޑިލޭ ވުމުގެ ސަބަބުން ހަތަރު ގަޑިއިރު ވަންދެން ބަލިމީހަކަށް ނުފުރި، އެއާޕޯޓުގައި އޮންނަން ޖެހިއްޖެއެވެ.

ބަލިމީހާއަކީ ލ. ކުނަހަންދޫގ 75 އަހަރު ފިރިހެނެވެ. އޭނާ ފުރަން ގެންގޮސްފައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ބޭއްވުމަށްފަހު ކައްދޫ އެއާޕޯޓަށެވެ. އެއާޕޯޓަށް ގެންދިޔަ ކަމަށް އާއިލާއިން ބުނެފައި ވަނީ މެންދުރު 1:30ގައި ޗެކިން އޮތް ފްލައިޓަކަށް ކަމަށެވެ. އަދި ފްލައިޓުން ގެންދިޔުމަށް ހުރިހާ ތައްޔާރީތަކެއް ކޮށް، އަތަށް ބޯޑިން ފާސްވެސް ދިން ކަމަށް އާއިލާއިން "ވަގުތު"އަށް މައުލޫމާތު ދީފައިވެއެވެ.

އެހެން ނަމަވެސް، ފުރަން ދިޔުމުން ފްލައިޓުން ފުރެން ނެތް ކަމަށް ބުނި ކަމަށާއި، އެވަގުތު އޮތް ފްލައިޓްގައި ބަލިމީހާއަށް ފުރެން ނެތް ކަމަށް ބުނި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. އަދި އާސަންދައިގެ ދަށުން ބަލިމީހާ ގެންދަން މަސައްކަތް ކުރި އިރު، މެޑިކަލް ފޯމްގެ ހުރިހާ ކަމެއްވެސް ނިންމާފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އާއިލާއިން ބުނެފައި ވަނީ ފްލައިޓް ލަސްވެގެން ދިޔަ އިރުވެސް މޯލްޑިވިއަންއިން ވަކި އެއްޗެއް އަންގާފައި ނުވާތީ، ހަވީރު 6:00 ހާއިރު ވަންދެން މަޑުކުރަން ޖެހުނީ އެއާޕޯޓްގައި ކަމަށެވެ. އަދި އެންމެފަހުން ސްޓްރެޗާއާ ގެންދަން ޖާގަ ނެތުމުން، ފްލައިޓާ ގެންގޮސްފައި ވަނީފުރޮޅުލީ ގޮނޑީގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފަރާތުން ޕީއާރް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެފަދަ ކޭސްއެއްގައި ބަލިމީހަކު ނުގެންދިޔުމަށް މޯލްޑިވިއަންއިން އެއްވެސް ހާލަތެއްގައި އިންކާރު ނުކުރާނެ ކަމަށެވެ. އަދި އަބަދުވެސް މޯލްޑިވިއަންއިން ބަލި މީހެއް ގެންދިޔުމަށް އާސަންދައިން އެދިއްޖެ ނަމަ، އެ ފްލައިޓަށް ދެން އަރަނީ ކާކުތޯ ނުބަލާ ބަލި މީހާއަށް ފުރުސަތު ދޭނެ ކަމަށެވެ.

މިއަދު ލ. ކައްދޫ އެއާޕޯޓްގައި ޕޭޝަންޓަކު ގެންދިޔުމަށް ޑިލޭއެއް އައި އިރު، އެކަން އެހެންވީ ޓެކްނިކަލީ އިތުރު ފްލައިޓަކަށް ބަލިމީހާ ލެވެން ނެތުމުން ކަމަށް ވެދާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އެގޮތުން މެޑި ފޯމްގައި އިންނަ ހުރިހާ ކަމެއް ޓެކްނިކަލީ ފުރިހަމަ ކޮށްފައި އޮންނަ ފްލައިޓަކަށް ނޫނީ ބަލިމީހާ ނާރުވާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރަނީ މޯލްޑިވިއަންއިން އެންމެ އިސްކަމެއް ދެނީ ކްރޫއިންނާއި، ފަސެންޖަރުންގެ ސަލާމަތީ ކަންކަމަށް އަހަންމިއްޔަތު ކަން ދޭތީ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލިބެ

  ކީއްވެ އަނބުރާ ހޮސްޕިޓަލަށް ނުގެންދިޔައީ؟ 4 ގަޑި އިރު ކީއްކުރަން އެއަރޕޯރޓްގަ މަޑުކުރީ؟؟

 2. ޙަބީބު

  ތީވެސް ބަޔަކު ފުލައިޓު ދުއްވާތީ ދުއްވާބައެއް ތާކުންތާކު ޖެހޭބައެއްނޫން

 3. ޣާދިރު

  ތިޔަވަރު ކަމެއް ހިގާފާނެ..

 4. ރަސީދު

  ކޮބައި ސޯލިހު ސެލްފީނަގަން ދުވަން އޮން ނަނީ ހަވާލުވެފަ