ރާއްޖޭގެ ގިނަ ރަށްރަށުގައި އެމްބިއުލާންސްގެ ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާތީ 15 އެމްބިއުލާންސް ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

އެމިނިސްޓްރީ އިން ބުނެފައިވަނީ މިއީ ހެލްތް މިނިސްޓްރީގެ ބޭނުމަށް ކުރާކަމެއް ކަމަށެވެ. އެގޮތުން އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގު ވެރިވާ ފަރާތް ތަކުންނަށް ވަނީ މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބީލަމްގައި ބައިވެރިވާން 1،500ރ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 12:00 އަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ 10:00 އިން 12:00ގެ ނިޔަލަށެވެ.

މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮއްފައިވަނީ މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ ހުށަހަޅަން ވެސް ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހެވެ.

ރާއްޖޭގެ އެމްބިއުލާންސްގެ ނެތުމުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. ބައެއް އެމްބިއުލާންސްތަށް ތިބީ ބޭނުން ނުކުރެވޭ ހާލަތުގައިވެސް ފާހަގަ ވެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ މިކަމުގެ ތަކުލީފިތަކެއް އުފުލަން ޖެހިފައެވެ.