ޓެކްސީ ހޯދުމުގައި ފަސޭހަކޮށްދިން "އަވަސް ރައިޑް"އެޕް މެދުވެރިކޮށް މި ރޯދަ މަހު ދަތުރުކުރައްވާ ފަރާތްތަކަށް "އަވަސް ރައިޑް ރޯދަ ހަދިޔާގެ ނަމުގައި" ހާއްސަ އިނާމުތަކެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އަވަސް ރައިޑް އިން ބުނެފައިވަނީ، މި ރޯދަ މަހު އަވަސް ރައިޑް އެޕް މެދުވެރިކޮށް ދަތުރު ބުކްކޮށްގެން ދަތުރު ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 40 އިންޗީގެ ފުލް އެޗްޑީ ޓީވީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

އަވަސް ރައިޑް އިން ބުނެފައިވަނީ، މި ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އަވަސް ރައިޑް އެޕް މެދުވެރިކޮށް މި ރޯދަ މަސް ތެރޭގައި ތިން ދަތުރަށް ވުރެ ގިނައިން ދަތުރު ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

https://www.facebook.com/avasride/photos/a.308319559781613/377568549523380/?type=3&theater

އަދި މި ރޯދަ މަހު އަވަސް ރައިޑް މެދުވެރިކޮށް އެންމެ ގިނަ ދަތުރު ކުރާ ފަރާތަކަށް 50 އިންޗީގެ ފުލް އެޗްޑީ ޓީވީއެއް ދިނުމަށް ނިންމާފައިވާކަމަށްވެސް އަވަސް ރައިޑް އިން ބުންޏެވެ.

މި ހަދިޔާ ލިބޭ ފަރާތްތަށް އިއުލާނުކުރަން ހަމަޖެހިފައިވަނީ އީދު ދުވަހުއެވެ.

އަވަސް ރައިޑު އެޕްއަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެތައް ބަޔަކަށް ފަސޭހަކޮށްދީފިއެވެ. ޓެކްސީ ހޯދުމުގައި އާއި ސައިކަލް ޓެކްސީ އަދި ޕިކަޕު ފަދަ ޙިދުމަތް ހޯދަން ފަސޭހަ ގޮތް އަވަސް ރައިޑް އިން ހޯދާ ދީފިއެވެ. އަދި މި އެޕް މެދުވެރިކޮށް ބޭނުންވާ ބާވަތެއްގެ ވެހިކަލްއެއް އަވަސް ރައިޑެއް ޝެޑިއުލް ކޮށްގެން ދުރާލާ ބުކްވެސް ކޮށްލެވޭނެއެވެ.

އަވަސް ރައިޑްގައި ޓެކްސީ ފްލީޓްގައި 500 އަށްވުރެ ގިނަ ޓެކްސީ ހިމެނެއެވެ އަދި އަވަސް ރައިޑަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ ވެހިކަލް ހިމެނޭ ޓެކްސީ ޙިދުމަތެވެ.

އަދި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެހިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ރައްކާތެރި އަދި ފަސޭހަ އިދުމަތެއް ދިނުމަށެވެ.