އާޓިފިޝަލް ބީޗުގައި ފަތުރުވެރިޔަކާ ފޮށުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މިއަދު 12:30 ހާއިރު ހިނގައިދިޔަ މިހާދިސާގައި، ދިވެހި ފިރިހެން މީހާ ވަނީ މޫދަށް އެރި އޮތް ފަތުރުވެރި އަންހެން މީހެއްގެ ގާތަށް ގޮސް ފޮށިފައެވެ. މަންޒަރު ދުށް ފަރާތަކުން ބުނިގޮތުގައި އޭނާ އަންހެން މީހާގެ ގައިގައި އަތްވެސް ލިޔެވެ.

މީގެ އިތުރުން އަންހެން މީހާ މޫދުން އެރި ފަހުން ވެސް ފަހަތުން ގޮސް ފޮށިފައިވެއެވެ. އޭނާ އެސަރަހައްދުން ދުރަށް ދިޔައީ އަންހެން މީހާ ގޮވަން ފެށުމުންނެވެ.

އެސަރަހައްދުގައި އެވަގުތު ތިބި ބަޔަކު ފުލުހުންނަށް ގުޅުމުން ފުލުހުން ވަނީ އެސަރަހައްދަށް އައިސް އޭނާއާއި ވާހާކަ ދައްކާފައެވެ. ފުލުހުންނާއި ވާހަކަ ދައްކަމުން އޭނާ ބުނީ "އެހެން މީހުންވެސް އަންހެން ކުދިންނާ ވާހަކަ ދައްކާ" ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެވަގުތު އެސަރަހައްދުގައި ހުރި މަންޒަރު ދުށް ފަރާތަކުން ބުނީ އެމީހާ އަކީ ކޮންމެ ހުކުރު ދުވަހަކު ވެސް ބީޗަށް އައިސް ފަތުރުވެރިންނާ ފޮށޭ މީހެއް ކަމަށެވެ. އަދި ބީޗް އަށް އެރޭނީ ހުއްދައާއެކު ކަމަށް ބުނެ ފަތުރުވެރިންގެ އަތުން ފައިސާވެސް ނަގާ ކަމަށް ބުންޏެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ އާޖެންޓީނާގެ ރައްޔިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖެޖޭ

    ދިވެހި ބަހުގެ ނޫސްވެރިކަން ދޯ؟

  2. އެއްމެން

    ކުދުރަތީ މާބޮޑު މުއްސަނދި ކަމެއް ނެތް ދިވެހީރާއްޖެ އަކީ ފަތުރުވެރީން އަންނަން ލޯބިކުރާ މަންޒިލެއްގެ ގޮތުގާ ލެއްވުމަކީ މާތް ﷲ ދިވެހީންނަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއް. މިނިއުމަތް ދަމަހައްޓާ ބެލެހެޢްޓުމަކީ ދިވެހީންގެ މައަޗަށް އޮތް ވާޖިބެއް! ކޮންމެ ފަތުރުވެރިޔަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންވާނެ. ފަތުރުވެރީންނާއި ފޮށޭމީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލަން.

  3. ވަރުގަދަކަމެކޭ

    ތިދެން ފަތުރުވެރިކަންވެސް ދިޔައީ... ބޮޑުވަރުދޯ... މާކަތައް ބޮޑުވީމަ ގެންގޮސް ދިގުމުއްދަތަކަށް ބަޑަށްބާއްވާ ޖަލުގަ.

  4. ލާލަ

    ހުކުރަށް ވެސް ނުދޭތަ؟

  5. ޖޫޖޫ

    މީދެންވަވައްދެރަކަމެށް މީހުންމިއަށްވުރެހޭލުން ތެރިވާޖެހޭ