ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރިއަށް ރަޝިޔަން އެއަރލައިންސްގެ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވުމާ ގުޅިގެން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ރަޝިޔާގެ ރައީސަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށާއި، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ސަރަޓޯވް އެއާލައިންސްގެ މި ފްލައިޓް ވެއްޓުނީ މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ފުރައިގެން މި ފްލައިޓް ދަތުރުކުރަމުންދިޔައީ ރަޝިޔާ އާއި ކަޒަކިސްތާން އާއި ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ސިޓީ އެއް ކަމަށްވާ އޯސްކް އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު