ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ދެމުން އަންނަ ޚިދުމަތް އިތުރަށް ފުޅާކޮށް އިތުރު 3 އޭޓީއެމް މެޝިން ބަހައްޓައިފިއެވެ.

އެބޭންކުން އިތުރަށް ބެހެއްޓި މެޝިން ތަކަކީ ސެލްފް ސަރވިސް މެޝިންތަކަށްވާއިރު ޗެކް ޖަމާ ކުރުމާއި، ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޙިދުމަތް 24 ގަޑިއިރު ލިބިގެންދާނެ އެވެ.

ބިއެމްއެލް އިން އަލަށް މި ހުޅުވި ސެލްފް ސަރވިސް ބޭންކިން ސެންޓަރ ހުޅުވާފައިވަނީ ރެނާޓަސް އިތާ މުއި ތިރީގައި ކަމަށެވެ.

މިހާރު ހުޅުވި ތިން އޭޓީއެމްއާއި އެކު ޖުމްލަ 7 އޭޓީއެމްއިން ޚިދުމަތް ހުޅުމާލޭގައި ލިބިގެންދާއިރު ބީއެމްއެލްގެ ޚިދުމަތް ފުޅާކޮށްފައިވަނީ ހުޅުމާލެއަކީ ހަލުވި ކަމާއި އެކު އާބާދީ އިތުރުވަމުން އަންނަ ތަނަކަށް ވުމުންނެވެ.

މިހާރު އޭޓީއެމްތައް ހުންނަނީ ހުޅުމާލެ ހޮސްޓިޕަލް ކުރިމަތީގައި ހުންނަ ހުޅުމާލެ ބްރާންޗްގައި ހުންނަ ތިން އޭޓީއެމްއާއި، ޓްރީ ޓޮޕް ކައިރީގައި ހުންނަ އެއް އޭޓީއެމްއެވެ.

އަދި އަލަށް ރަނާޓަސް އިމާރާތުގެ ތިރީގައި ހުޅުވި ތިން އޭޓީއެމްއާއި އެކު ކަސްޓަމަރުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން އުއްމީދު ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު