ދިވެހިބަހުގެ އެކެޑަމީ އިން "އެކެޑަމީ" މި ބަހަށް ދިވެހި ލަފްޒެއް ހަދައިފިއެވެ.

ބައެއް ފަހަރު ދިވެހިން އަންނަނީ މިކަހަލަ ބަސްތަކަށް ދިވެހި ލަފްޒުތަށް ނެތިގެން އަޑުގަދަވެސް ކުރަމުންނެވެ. އަނެއްބައި ފަހަރު އަންނަނީ މިކަހަލަ ލަފްޒުތަށް ބޭނުން ކުރަން އުނދަގޫވާ ކަހަލަ އަޑުތަށް އިވެމުންނެވެ. އެގޮތުން ބަލާއިރު ބޭނުން ކުރުމަށް އުނދަގޫ ބަސްތަކެއްގެ ގޮތުގައި ގިނަ މީހުން ފާނަގަ ކުރަނީ ވިސްލްބްލޯވިންގްއަށް "ފާށާކުރުން" އަދި ބްރިޖަށް "ދާލަން" ފަދަ، ބަސް ތަކެވެ.

އެކެޑެމީއިން ގިނަ ބަސްބަސް ބަހުން ބަހަށް ތަރުޖަމާކުރުމުން ވެސް ގިނަ ބައެއްގެ މަލާމާތްވެސް ވަނީ ރައްދުވެފައެވެ. އެގޮތުން "އާރތް އަވާ" މި ބަސް "ބިން ގަޑި" މި ލަފްޒަށް ތަރުޖަމާކޮށް އެކަޑަމީ އިން ޕޯސްޓަރު ޖެހުމުން މަލާމަތްތަށް ރައްދުވިއެވެ.

"އެކެޑަމީ" އަށް ކަނޑައަޅާފައިވާ ދިވެހި ލަފްޒަކީ "ވިދާރާ" އެވެ. މި ލަފުޒަށް މުޅިއަކު ތިން މާނަ އެއް ކަނޑައަޅާފައިވާއިރު އެއީ "ވަކި ހާއްސަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ" އާއި "ހާއްސަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުތަށްދޭ ތަނެއް" އަދި "އެކެޑަމީ" އެވެ.

އަޝްރަފް ވިދާޅުވެފައިވަނީ ލޯނު ލަފްޒުތަށް ބަލައިގަންނަނީ ދިވެހި ލަފްޒުގެ ގޮތުގައި ކަމަށާއި އެ ލަފުޒެއް ބަހުގެ އަޑުތަކަށް ފެތުނީމާ ވާނީ ލޯނު ލަފުޒެއްގެ ގޮތުގައި ކަމަށެވެ.

ލޯނު ލަފުޒުގެ ގޮތުގައި ބޭރުގެ ބަސްތައް ބަލައިގަތުމަކީ އާ ލަފުޒު ހެދުމުގައި ދިވެހިބަހުގެ އެކެޑަމީން ގެންގުޅޭ 20 އުސޫލުގެ ތެރެއިން އުސޫލެކެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވެފައިވަނީ ދިވެހި ލަފްޒުތަށް މި ހަދަނީ ދިވެހިންގެ ތެރޭގައި ދިވެހި ބަސކޮށާރު ރީތި ކުރަން ކަމަށާއި ދިވެހި ރާއްޖެ އަކީ އަމިއްލަ އުފެއްދުން އުފައްދަން ލޯބި ކުރާ ގައުމެއް ކަމުގައެވެ. އަދި އަބަދުވެސް ބިނާ ކުރުމުގެ ފާޑު ކިޔުންތަށް ބަލައިގަންނާނެ ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަންހާ

    އެކެޑަމީއައް އެކަދަމީ ނުކީ ކީއްވެ.. ބުރިޖައް ބުރިދު ކީނަމަ..

  2. އޮރެންޖު

    ޙަމަސަޅި ބޭނުންކުރަން ފެށީމަ ރަނގަޅުވާނެ. މީގެ ކުރިން ޑްރިލް އަށް ދިވެހި ކޮމާންޑް ތައް ހެދީމަވެސް މަލާމާތް ކުރި. މިހާރު އެ ކޮމާންޑް ތައްވެސް ކިހާ ސަޅި......

    2
    2
  3. ރައްޔިތުން

    އެކަޑަމީ މި ބަހަށް "ކިޔަވެނި" ކީނަމަ މާރީތިވީސް، އޭރުން ކިޔާނީ "ދިވެހި ބަހުގެ ކިޔެވެނި" މިގޮތް މާބޮޑަށް ގުޅުނީސް. އަދި މާނަ ކުރުން މާތިލަ. ކިހާ ރީތީ، މިހާރު ތިވީ ގޮތުން "އިދާރާ" އަދި "ވިދާރާ" އެއްގޮތްކަން މާބޮޑު އަދި މާނަ އެ އޮތީ މާބޮޑަށް ފޮރުވިފައި

    7
    1
  4. ރައްޔިތުން

    ދިވެހިބަހުގެ ކިޔެވެނިން ދަސްވެނިވި ކުދިންނަށް އެކަމުގެ ލިޔުން ދީފި. ކިހާރީތި

  5. ދެން ނޭނގެ

    ތިޔަ އަޝްރަފާހުރެ ލަދުން ބޯ ހަލާކު. މީޑިޔާތަކުން ޖާގަ ހޯދޭތޯ ބަލާބަލަ މުސާރަ ޙަލާލުވާނީ އޭރުން ތޯއްޗެ (<=)

    2
    1