ދުނިޔޭގެ އެންމެ ބޮޑު ސީ ފުޑް ޓްރޭޑް އެކްސްޕޯގައި ދިވެހި މަހުގެ އުފެއްދުންތަށް އިޝްތިހާރުކޮށް އިތުރު މާކެޓްތައް ހޯދުމަށް މިފްކޯއިން ބައިވެރިވެއްޖެއެވެ.

މިމަހު 7 އިން ފެށިގެން އަންނަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ބެލްޖިއަމްގެ ވެރިރަށް ބުރަސަލްސްގައި ކުރިއަށްދާ ސީ ފުޑް އެކްސްޕޯ ގްލޯބަލްގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ބައިވެރިވެވަޑައިގަންނަވައެވެ.

މި އެކްސްޕޯގައި މިފްކޯގެ އުފެއްދުންތައް ދައްކާލާއިރު، އިތުރު މާކެޓްތައް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯއަށް 140 ހަށްވުރެ ގިނަ ޤައުމުން 26000 ހާހަށްވުރެ ފަރާތްތަކުން ޒިޔާރަތްކުރާނެކަމަށް އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން ލަފާކުރެއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.