ލަންކާގައި ރެސިޑެންސް ވިސާ ކަންތަކުގައި ހައްލު ހޯދަދޭނެ ކަމަށް ފޮރިންގ މިނިސްޓަރ އަބްދުލް ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިއަދު ސްރީލަންކާއަށް ފެއްޓެވި ދަތުރުފުޅުގައި މާދަމާ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާ، މިކަމުގެ މަޝްވަރާތައް ކުރައްވާނެއެވެ.

ސްރީލަންކާގައި އެހެން ގައުމުތަކުގެ ފަރާތްތަކުން ތިބުމަށް ނަގަންޖެހޭ ރެޒިޑެންސް ވިސާ ނެގުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެގައުމުގެ ސަރުކާރުން މިއަދު ވަނީ ނިންމާފައިއެވެ. މިގޮތުން މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ރެޒިޑެންސް ވިސާގައި އަލަށް ތިއްބަވަން ބޭނުންފުުޅުވާ ފަރާތްތަކުން، ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީ މެދުވެރިކޮށް އެގައުމަށް ދިއުމުގެ ކުރިން ވިސާ ނަގަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މި އުސޫލު އެގައުމުގައި މިވަގުުތު ރެޒިޑެންސް ވިސާގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ނުހިނގާނެެއެވެ. އެގޮތުން ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން، ކޮޅުނބުގައި ހުރެގެން ވިސާގެ މުއްދަތު އިތުރުކުރެވޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތެދު

    ލަންކާ އޭ
    ލަންކާ ވިސާ އޭ
    ބަލަ ލަދުހަޔާ އޮޑީ ގޮޅާ ހުލާ އިންގެގޮހޮއި ތަ ތި ހުއްޓޫ ؟
    ލަންކާ ހިތާމަކު ކަޑަކަށް ވައްޓައިލަހައި އެ ވަރުން ނުވެގެން ރާދަކުމާރު ސާލިހު އަށް ނުކެރުނޭ ހިތާމައިގައި ބައިވެރި ވެންނަޓަސް.
    ތެހެލާނެ ރަގަޅެ ވެންނާ ގެރި ވިސާ ހޮވަނެ އެޔަނެ

  2. ބޯހަލާކު

    ލަންކާ ހަމަލާ ދިނީ ލަންކާ މީހުން ކަން ލަންކާ ސަރުކާރައް ނޭގެނީ ވަގައް އެތެރެވި ބަޔަކު ތިކަމުގައި ނޫޅެޔޭ.މިވާހަކަ ސާހިދު ރަނިލް ކައި ރި ބުނެބަލަ

  3. މިއަދު

    ތިކަމުގައި ދުނިޔޭގެ އެހެންގައުމުތަކަށް ވަކިންނުހޯދުނު ލުޔެއް ޝަހިދުއަކަށްވެސް ނުހޯދޭނެ ލަންކާގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުންނާ އަޅާކިޔަން ދިވެހިންނަކީވަކިން ބައެއްނޫން އެކަންއެގޭނެ ލަނަކާގެ ޖަލުތަކުގައިތިބި ދިވެހިންނަށް ބަލާލުމުންވެސް

  4. ނަލަނަލަ

    އަޅެ މި ބެއްޔާގަނޑު އަމިއްލައަށް އިސްތިއުފާ ދީފައި ގޭގައި ހުންނާނެނަމަ. ކިޔަވައިގެން ތަންދޮރު ދަންނަ މީހަކަށް ތިމަޤާމު ދިންނަމަ.

  5. ހާނިމް

    ޝާހިދުއެވެ. ތިޔަ މަގާމު ލިބިގެން އަމިއްލަ ޤައުމުގައި މަޑުކުރެއްވީ ކިތައް ދުވަހުތޯއެވެ. އެ ނުވާނެ ދޯ ވައްކަމަކަށް، ހަމައެކަނި ވައްކަން ކުރަނީ ޔާމީން ދޯ