ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް "ޓްރެވެލް އެންޑް ޓުއަރިޒަމް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.

މިއަދު ހަވީރު ސީހައުސް ބްރެސަރޭގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި މެގަޒިން ލޯންޗްކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މޫސާ ޒަމީރު ވިދާޅުވީ، މިިފަދަ މެގަޒިންތައް މީގެ ކުރިން ނެރެން ފެށީ ރާއްޖެއިން ބޭރުގައި ނަމަވެސް، މިހާރު ރާއްޖޭގައި ތިއްބަވައިގެން ފަތުރުވެެރިކަމާއި ބެހޭ އިންޑަސްޓްރީ ބޭފުޅުން މަސައްކަތް ކުރަމުންދާތީ އެކަމާއި ވަރަށް އުފާވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރަމުން އަންނަތަން ފެންނާނެކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ ޑިރެކުޓަރ އޮފް ސްޓޯރީ ޓެލާ އަލީ ނާފިޒް ވިދާޅުވީ, މި މެގަޒިންއަކީ ޓުއަރިޒަމް އިންޑަސްޓްރީގައި އުޅޭ އިސް ފަރާތްތަކަށް އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ހިމެނޭ މެގަޒިންއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާތަކަށް ވާނީ އަޅުގަނޑުމެންގެ ހަބަރުތަކާއި އިންޓަވިއުތައް ނުހުންނަކަން. މިސާލަކަށް ރިސޯޓެއްގެ މެނޭޖަރ ލެވެލްގައި މަސައްކަތް ކުރާ ޖީއެމްއަކު އޮފީސް ނިންމާލައި ކިޔާލަން ތަންކޮޅެއް ލައިޓް މެޓީރިއަލްވެސް މީގައި ހުންނާނެ" ނާފިޒް ވިދާޅުވިއެވެ.

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި މެގަޒިންއަށް ލިޔަމުން ގެންދަނީ ރާއްޖޭގެ ނަން މަޝްހޫޜު ލިޔުންތެރިންނާއި ބޭރުގެ ފަރާތްތަކުގެ އިތުރުން, އިންޑަސްޓްރީގައި ގިނަ ދުވަހު މަސައްކަތް ކުރި, އަދި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅުންނެވެ.

މި މެގަޒިން އަންނާނީ ކޮންމެ.ދެމަހުން އެއް މަހަކުއެވެ. މި ފޮތުގެ ކޮޕީއެއް ރާއްޖޭގެ ހުރިހާ ރިސޯޓްތަކުން ލިބޭނެއެވެ. އަދި މާލޭގައި މި ހުންނަ ބޮޑެތި ކުންފުނިތަކުގެ އޮފީސްތަކަށްވެސް މި މެގަޒިން ދާނެއެވެ.

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މޯލްޑިވްސް ޕްރޮމޯޝަން ހައުސް ހިންގާތާ މިހާރު ހަތް އަހަރުވެއްޖެއެވެ. އެއިރު އޮންލައިން ވެބްސައިޓެއް ގޮތަށް ހިންގަމުން އައި އެ ވެބްސައިޓް މެދުވެރިކޮށް ޓްރެވެލް ޖާނަލް, ރާއްޖެ އަންނަން ބޭނުންވާ ފަތުުރުވެރިންނާއި, ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތައް ލިބެން ހުރެއެވެ. މިހާރު އެ މައުލޫމާތުތައް 2016 ވަނަ އަހަރު ނެރެން ފެށި މޯލްޑިވްސް އިންސައިޑަރ މެދުވެެރިކޮށް ލިބޭނެއެވެ.

މޯލްޑިވްސް އިންސައިޑާރ އަކީ ރާއްޖެއިން ބޭރަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ނެރެމުން އަންނަ މެގަޒިންއެކެވެ.

ކިޔުންތެރިންގެ ހިޔާލު