ޖުމްހޫރީ ޕާޓީގެ ހުރިހާ ގްރޫޕަކުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމިއްލަފުޅަށް ބޭރުވެވަޑައިގެންފިއެވެ.

ޖޭޕީގެ ގްރޫޕްތަކުން ގާސިމް ބޭރުވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ގާސިމް ވަނީ ޖޭޕީގެ ވަޓްސްއެޕް އަދި ވައިބާ ގްރޫޕްތަކުންވެސް ނުކުމެވަޑައިގެންފައެވެ. ޖޭޕީގެ ކައުންސިލް މެމްބަރަކު "ވަގުތު"އަށް ވާހަަކަ ދައްކަމުން ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ. އެހެން ނަމަވެސް، އެޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

"ގާސިމްގެ ޖަރުމަނު ނަންބަރު ގްރޫޕްތަކުން އެކްސިޓް ކުރެއްވީ. މިހާރުވެސް އޮނަރަބަލް ގާސިމްގެ ލޯކަލް ހުރިހާ ނަންބަރެއްވެސް ގްރޫޕްތަކުގައި އެބަހުރި،" އަލީ ސޯލިހް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބު އިންތިހާބުގައި ގާސިމް ޕީޕީއެމްއާ ގުޅިގެން ނުކުމެފައިވާތީ، ޖޭޕީގެ ތެރޭގައި އޮތީ މައްސަލަތައް ޖެހެން ފަށާފައެވެ. ޖޭޕީގެ ބައެއް އިސްބޭފުޅުންވެސް، ހާއްސަކޮށް މިނިސްޓަރުންވެސް ޖޭޕީއާ އިދިކޮޅަށް، އެމްޑީޕީއަށް ކެމްޕޭން ކޮށްދިންތަން ފެނިފައިވެއެވެ.

ގާސިމްވެސް ބައެއް ދާއިރާތަކަށް ޖޭޕީން ވާދަކުރައްވާ ކެނޑިޑޭޓް ދޫކޮށްލާ، ޕީޕީއެމް އަދި ޕީއެންސީ ކެނޑިޑޭޓަށް ތާއިދުކުރިކަންވެސް ފާހަގަކުރެވިފައިވެއެވެ.

މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ފަސް ގޮނޑި ލިބިފައިވާ އިރު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އެއްކޮށް ލިބިފައި ވަނީ އަށް ގޮނޑިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާ އިރު، އެކަމާ މެދު ގާސިމް ވަނީ ޕާޓީގެ އިސް މެމްބަރުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ގާސިމްބެ އައް ނިދުނީ ކަމައް ތިޔަވާނީ..

    2
    1
    • ބޭބެ

      ޖޭޕީ އަކީ ޤާސިމް އެހެން ބަޔަކު ތިތަނަށް، ވަދެ އަތް ގަދަކުރަން،ފެޝީ އެއީ ޖޕ ސްލޮޓްގައި ވަޒީރުކަން ލިބުނު މީހުން،އެމީހުންގެ މަގާމް ދިފާޢު ކުރުމަށްޓަކާ ކާންދިން އަތުގާ ދަތް އެޅި އެންމެ ހަޔާތް ކުޑަ އީ އަލީވަހީދު އެއީ ލަދެއް ހަޔާތެއް .ހުންނަ މީހެއްނޫން
      އެހެ.ްނޫން ނަމަ އަފަފުރެންދެން،އަޅާދިން،މީހާއަށް ހަރާމްކޯރެއް ނުވީސް،

  2. ޓިންޓިން

    އަބުދުﷲރިޔާޒު ތިޔަ ޖޭޕީ މިލްކު ކުރީ ޕާޓީ ލީޑަރު އަބުދުﷲރިޔާޒު ދެޕިއުޓީ ލީޑަރު ކާނަލް ނާޒިމް ދެން އޮތީ ވެރިކަން ބަދަލު ކުރުން.

    2
    1
  3. ޢެސޮރު

    ދެން މި ގައުމުންވެސް ބޭރުވިއްޔާ ރަނގަޅީ ، ހަގީގަތުގައި މިގައުމު ހަލާކު ކުރުމުގެ އެއްމެ ބޮޑު މުއްލާ އަކީ ޖާސިމް . ޏަހުލާވެސް ބޭނުންވަނީ މި ބީތާކައިރިން ދުރުވާން

    3
    3
  4. އީސަބެ

    މަޑަވަލި ދާއިރާ އަށް ޖޭޕީ އިން ނިކުތް ކެންޑިޑޭޓަށް ގާސިމް 4 މިލިޔަން ހަރަދު ކޮށްފަ އެންމެ ފަހު ދެދުވަހު ޕީޕީއެމް އިން ނިކުތް ކެނޑިޑޭޓަށް 5 މިލިޔަން ރުފިޔާ ދިން. ކުޑަ ތަފާތަކުން ގޮނޑި ނެގީ އެމް ޑީ ޕީ އިން!!! ލާރި ހުރެގެން ގާސިމް މި ކުރާ ކަމެއް ޖޭޕީ މީހުންނަށް ވެސް ނޭނގޭ... ހެހެ

    5
    1
  5. ނާދިރާ

    ޖޭޕީ ގަ ތިބީ މޑޕ މީހުން. ހޮވުނު ގިނަ މީހުންނަކީވެސް މޑޕ. ގާސިމު އަތުން ކާންވެގެން ޖޭޕީ ވެގެން އުޅޭނީ.

    23
    1
  6. މާމިގިލީ މީހާ

    މި ރާއްޖެއިން ވެސް ކަލޭ ބޭރުވާންޖެހޭނެ. މޮޔަ ބުރުމާ. 5 ކުޅަދު ހަމަ ނުވާ ބުރުމާ.

    12
    11
    • ހަސަން

      ސީދާ ގާސިމުގެ ކައިރީ މިހާރުވެސް އުޅޭ މީހަކު ބުނީ. ގާސިމަކީ ރޯދަވެސް ހިފާ މީހެއް ނޫނޭ. ބޮޑު ލާދީނީ އެކޭ ގާސިމަކީ.

  7. ބަރުގޮނު

    ޤާސިމް ހިތްހަމަ ނުޖެހެއްޖިއްޔާ ފުއްޕި ކުކުޅެއްހެން ފުއްޕާފައި ބުއްރުސް ޖަހާފައި ދާނެ. މިހާރު ދެން ތިޔަ ފުއްޕަންފެށީ.

    7
    3
  8. ތިވާނީ

    ތިވާނީ ރަމްޟާންމަސް ވީމައި، ބޭކާރު ވާހަކަ އަޑުނާހައި، ތަންކޮޅެއް ގިނައިން އަޅުކަމުގައި އުޅުއްވަންވެގެން ކުރެއްވި ކަމަކަށެވެ.

    21
    1
  9. އާރތާރ

    ދޮގު ހަބަރެއް

  10. އާރތާރ

    ބޭރު ކުރީ ޖަރުމަނުގަ ހުރި އިރު ގެންގުޅުން ނަމްބަރު. ދޮގު ހަބަރު ނުފަތުރާ

  11. ވަންޓަޗް

    މާޅޮހު ބީޗަށް ގޮސްފިތަ، ދެން ނާންނާނެ ކަމަށްވެފައި އެހާރީތި ބީޗަކާއި މޫދެއް އޮންނަ ކުޑަ ކުޑަ ރަށެއްގައި ރާއްޖޭގެ މީހުން ދިރިއުޅެން ނުޖެހޭނެއޭ އެއީ ކޮށްގެންވާނެ ކަމެއް ނޫނޭ ކަން މިހެން ހުރުމުން ތިޔާ ރަށުގެ އާބާދީ އަށް ބަލާއިރު ރަޖިސްޓަރޑް އާބާދީ ނާރައޭ 1000 އަށް އެހެންވެއްޖެނަމަ ރަށުގައި އުޅޭނީ 100 އެއްހާ މީހުންނޭ އެކަން އިނގެއޭ ފޮޓޯ ތަކުން ފެންނަ ތުނބުއްޅާ އެއް އެހެރީ ޖެހިގެންހުރި ޖޯލި ފައްޗަށް ފައިނަގައިގެންނޭ މިފަދަ ނާތަހުޒީބީ އަމިއްލަ އެދުމޭ ކުދި ކުދި އާބާދީ ހިމެނޭ ރަށް ރަށުގެ މީހުން ގައި ގައި ކަލްޗަރ އަކަށް އަށަގެންފައިވާނީ ކަން މިހެން ހުރުމުން މިހާރުން މިހާރަށް ތިޔާ ރަށުގެ އާބާދީ އަށް އަމާޒު ކޮށް މާލެ ސަރަހައްދުން ބާ މާޅޮހު މީހުންނަށް ދޭން 2000 އަކަފޫޓްގެ 2000 ގޯތި ހިމެނޭ ގޮތަށް ހުޅުމާލެ 2 ގެ އިރުން އޮތް ބޮޑު ފަޅު ހިއްކާލާ އެތަނުން އެމެންނަށް ގޯތިދީ ތިޔާ ރަށް ފަޅުކޮށްލާ ރިސޯރޓެއް ހަދަން ދޭންވީއޭ ވަން ޓަޗް އެން ކޮންފާރމް އިޓް ވަން އެން ޑަން ވަން ޓަޗް އެން ޑަން ޑާންސް ޑާންސް ޑާންސް..

  12. އަލްޖިބްރާ

    ތިޔަމީހާ ހުރިހާތާކުންވެސް ބޭރުކުރަން ވެއްޖެ ! ބޮޑު ބާޣީ !

    1
    2