އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުންނަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދަން ސަރުކާރުން ނިންމައިފިއެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެ ޕާކިންގ ޒޯން ހަދަނީ ކަޅުވަކަރު މިސްކިތް ބަހައްޓަން ހުސްކުރި ދިރާގު އިމާރާތް ކުރިން ހުރި ބިމުގައެވެ.

އެކަމާއި ގުޅޭ ގޮތުން މާލޭގެ މޭޔަރު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދަށް އަންނަ މީހުންނަށް ޕާކް ކުރެވޭނެ ޖާގަ ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބްލްތަކުގެ މަތީގައި ޕާކް ނުކުރުމަށް އެކަމަނާ ވަނީ އެދިވަޑައިގަންފައެވެ.

އިސްލާމީ މަރުކަޒު ކައިޜީގައި ޕާކިން ޒޯނެއް ހަދާއިރު ފިނޭންސް މިނިސްޓަރީ ހުންނަ ސަރަހައްދުގައި މިހާރު ވަނީ ޕާކިން ޒޯނެއް ތަރައްގީކޮށް ބޭނުން ކުރަން ފަށާފައެވެ.