ދިވެހި ރާއްޖޭގައި ފުޓްބޯޅަ ދިރުވާ އާލާކުރުމުގު މަޝްރޫއުގެ ދަށުން 10 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތްތައް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް، ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކޮށްދެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފ.ނިލަންދޫ އަދި ރ.އަލިފުށީ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށާއި، ވިލުފުށީ ދަނޑުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.

ވިލިފުށީ މިހަފްތާގައި. އިތުރު 10 ރަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާން ކުރެވޭނެ. މިނިސްޓަރގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

ޒަނާނީ ފެންވަރެއްގައި ޓާފް ދަނޑުތަށް ހަދަމުންދާއިރު ހދ. ނޮޅިވަރަމް ފުޓްސަލްދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ވަނީ ނިމިގެން ދިޔަ ހަފްތާގައި އިއުލާން ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟާމިރު

    އަދިވެސް ފުލުފުލުން ވަޢުދުތަ ވަންވީ؟ ވެފައިހުރި ވަޢުދުތައް އިހަށް ފުއްދަންވީނު؟

    10
    2