ފ. ނިލަންދޫއާއި ރ. އަލިފުށި ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާން ކޮށްފިއެވެ.

ޔޫތް މިނިސްޓްރީއިން މި ދެ ރަށުގެ ދެ ދަނޑުގައި ޓާފް އަޅާދޭނެ ފާރާތެއް ހޯދަން އިއުލާން ކުރި އިރު މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވެފައިވަނީ ނިލަންދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން 2019 މެއި 13 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ ޔޫތް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަހުގެ 20 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

އަދި އަލިފުށި ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޝައުގުވެރިވާ ފަރާތް ތަކުން ހަމަ އެދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ ޔޫތް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަހުގެ 20 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެފައިވަނީ،. ތ. ވިލިފުށީ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިހަފްތާގެ ތެރޭގައި އިއުލާން ކުރެވިގެން ދާނެ ކަމަށެވެ.

ޒަމާނީ ފެންވަރެއްގައި ޓާފް ދަނޑުތަށް ހަދަމުންދާއިރު ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ވަނީ ނިމިގެން ދިޔަ ހަފްތާގައި އިއުލާން ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު