ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރެއިން މީސް މީޑިއާގައި އާންމުވި ކުޑަކުޑަ މަރިޔަމް އަންޖަލް ސިޖްނީން ކުރެހި "އިބޫ އޯކޭ" ތަސްވީރު ފްރޭމް ކުރުމަށް ފަހު މުލިއާގޭ ސިޓިންރޫމްގައި ހަރުކޮށްފިއެވެ.

މަންމަ އަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އަންޖަލް ކުރެހި މި ތަސްވީރު އަންޖަލްގެ އުފަންދުވަސް ކަމަށްވާ މެއި ހަތަރުވަނަ ދުވަހު ރައީސް ސޯލިހު ވަނީ އަންޖަލް އަށް ފޯނުން ގުޅުއްވައި، އުފަންދުވަހުގެ ތަހްނިޔާއެކު އެ ފޮޓޯ މުލިއާގޭގެ ސިޓިންރޫމްގައި ފްރޭމް ކުރުމަށް ފަހު ހަރުކޮށްފައިވާ ކަމަށް އަންޖަލް ގާތުބުނެފައެވެ.

އަންޖަލްގެ މަންމަ މި ތަސްވީރު މީސް މީޑިޔާއަށް ލުމާ އެކު އޭރު ވަނީ އެތަށް ބައެއްގެ ސަމާލުކަން މި ތަސްވީރަށް ލިބިގެން ގޮސްފައެވެ.

އަންޖަލް މި ތަސްވީރު ރައީސް ސޯލިހު އަށް ހަދިޔާ ކުރީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސުލް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުނެވެ.

ރައީސް ސޯލިހު ދެކެ އެންމެ ލޯބިވަނީ، ކުޑަކުދިން އުރާ އަދި އެ ކުދިންނާ ސަލާންކުރާތީ ކަމަށް އަންޖަލް ބުނެފައިވާއިރު އަންޖަލް އެންމެ ބޭނުންވާ ކަންތައް ކަމަށްވާ، މުލިއާގެ ބަލަން އައުމަށް އޭނާއަށް ދައުވަތު ދޭނެ ކަމަށް ރައީސް ސޯލިހު ވަނީ އޭނާ ގާތު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާތުމަ

    ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ކޮަިއްކޮއް ދައުރުނިމެންދެން ތިބޭ.

    97
    15
  2. މަހުދީ

    އިބޫ އަކީ ވެރިކަން ބޭނުން ނުވެ ރައްޔިތުން ބޭނުންވެގެން ވެރިކަމަށް އަިއި މީހެއް. އޭނާއަކީ ހުލްގް ރަނގަޅު މީހެއް. މިއީ މިގައުމުގެ ރައްޔިތުން އަސްލަށްވެސް ލޯބިވާ ރައީސްސެއް.

    55
    102
  3. ބޫ

    ތިމާ އަށް ނޫފުލޭވަރުގެ ބުރަ އުފުލަން ނޫޅޭށެވެ. ކިތަންމެ ވަރަކަށް ދޮން ކުރިޔަސް ދުބުރިއެއް އަނބަކަށް ނުވާނެ އެވެ. އެ އެއްޗަކުން ފެލޭނީ އެ އެއްޗެއްގަ ހުރި ދިޔައެކެވެ.

    88
    16
  4. ރާޅު ބޯއީ

    މީނާގެ ކަމަކީ މިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައް ކުރުން. ކުރާނެ ކަމެއް ނެތިގެން އިހަށް ދުވަހަކު ހުކުރު މިސްކިތުގައި ހުރި ޒިޔާރަތެއް ހުޅުވައިގެން ހުރީ އެތަން ބަލަން.

    32
    5
  5. ބޮންދު

    ޢިބޫ އަކީ ކަތީބަކަށް ރަނގަޅު މީހެކެވެ. ޜައީސަކަށް ކަމުދާ މީހެއް ނޫނެވެ. ކުޑަކުދިން ސިޔާސީކުރުން ހުއްޓާލާށެވެ. ޢެކުއްޖާގެ މައިންބަފައިން އެޅަ ސިނކުޑިއަށް ވިސްނަ ދީފައިވާ ކުލަޔާ ސިޔާސީ މިންވރު މި ކުރެހުމުން އެނގެއެވެ.

    45
    3
  6. ސަޓޯ

    އަންނަ ދައުރުގަ ތި ނެރެ އެއްލާލާނަން. ޙައްހައްހާ

    5
    1
  7. މަންތިރި

    ތިޔައީ ކުދިން އުރާތީ ވެގެން އުޅޭ ލޯތްބެއް ނޫން! ތިޔައީ ރީނދޫ ލޯބި. ތީތި ކުރެހީވެސް އަންޖަލް ގެ މަންމަ