ރޯދަމަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަ މަހެކެވެ. މިއަހަރު ވެސް ދިރާގުން މިވަނީ ސްޕެޝަލް ރޯދަ ބަންޑަލްސްގެ ޕެކޭޖް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ނިންމައިފަ އެވެ.

ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް :

މި ޕެކޭޖްތަކުގެ ތެރޭގައި 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ. ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 1 ޖީބީ ވަނީ ހިމަނާފައިއެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅާލައްވާށެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

ދިރާގުން ބުނީ ރޯދަ މަހަކީ އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެކެވެ. އެހެންކަމުން، ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ހަރަދުގެ %10 އެމް. އޭ. ޕީ. ޑީ އަށް ހަދިޔާ ކުރެވިގެންދާނެ ކަމަށެވެ.

އެމްއޭޕީޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އަމާޒުކުރެއެވެ.

މީގެ އިތުރުން އެމްއޭޕީޑީ އިން ކޮންމެ އަހަރަކު ފާހަގަ ކުރާ ސެރެބްރަލް ޕަލްސީ (ސީޕީ) ދުވަހަކީ ވެސް ދިރާގުގެ އެހީއާ އެކު ބާއްވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭސީ މޭން

    ތީ ދިރާގުން މީހުންނަށް އެހީ ވުމެއްނޫން. ތީ ދިރާގުގެ ވިޔަފާރި ފުޅާ ކުރުން. އަޅުގަނޑުމެންނަށް ގުޅާބަލަ އޭސީ މަސައްކަތް ތަކުގަ. ނުކުޅެދޭ ކުދިންގެ ފަންޑަށް އެހީވާ ޕެކޭޖް ގެ ދަށުންނޭ ކިޔާފަ . އޭރުން ލިބޭފައިސާގެ 10 ޕަސެންޓް ދީފާނަން ފަންޑަށް.