ހަނގުރާމައިގެ މައިދާނުގައި ހަމަނުޖެހުން ބޮޑު ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ދިވެއްސަކު މަރުވެއްޖެއެވެ.

ސީރިއާގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ، ބިލާދް އަލްޝާމް މީޑިއާއިން ބުނެފައިވަނީ މަރުވެފައިވަނީ އަބޫ ހަމްޒާ އަލް މާލްދީފް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި މިމީހާ މަރުވެފައިވަނީ ރަމަޟާން މަހު 2 ވަަަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހަނގުރާމަ ކުރަނިކޮށް މަރުވެފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ.

ބިލާދް އަލްޝާމް މީޑިއާއިން ބުނެފައިވަނީ އޭނާ މަރުވި ދުވަހު ހަނގުރާމައިގެ ހާލަތު ހުރި ގޮތުން ހަމްޒާގެ ހަށިގަނޑު ހަނގުރާމައިގެ މައިދާނުން ނުނެގުނު ކަމަށާއި ހަމްޒާގެ ހަށިގަނޑާ ހަވާލު ވެފައިވަނީ މަރުވިތާ އެއް ދުވަސް ފަހުން ކަމަށެވެ.

ސީރިޔާގައި ހަނގުރާމައަށް ދާ ގިނަ އަދަދެއްގެ މީހުން، ހަނގުރާމައިގެ މައިދާނަށް އެމީހުންގެ ދަރިން ޔަތީމު ހާލުގައި ދޫކޮށް ދާއިރު، އެފަދަ ގިނަ އަދަދެއްގެ ކުދިން ހާލުގައި ޖެހި އެ ބިރުވެރި މާހައުލުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އެ ގައުމަށް ޖިހާދުގެ ނަމުގައިދާ އަންހެނުން ޖާރިޔާއިންގެ ނަމުގައި ގަނެވިއްކާ ހަދާކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް ހިފަހައްޓާފައި ވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. ސީރިޔާގެ އެކި ކޭމްޕުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހާޅުގައި ޖެހިފައި ތިބިއިރު، މީގެ ކުރިން ދިވެހި އަންހެނަކު ސީރިޔާގެ ޖަލަކަށްވެސް ލާފައި ވެއެވެ.

އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި ތަފާތު އެކި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ބަކުރު

    ކިހިނެއް އެނގުނީ؟؟؟ ކާކުބުނީ؟؟؟ ކިހިނެއް ސީރިޔާގަ ހުރިމީހަކާ ކޮންޓެކްޓް ކުރީ؟؟؟؟

    38
    17
    • ހެހެހެ

      ސީރިޔާގައި ހުރި މީހަކާ ވެސް ކޮންޓެކްޓް ކުރާނީ އެހެން ތަންތާގައި ވެސް ތިބޭ މީހުންނާ ކޮންޓެކްޓް ކުރާ ގޮތަށް. ސީރިޔާގެ ހަބަރު ތައް ވަގުތުން ވަގުތަށް ލިބޭ ޓެލެގްރާމް ނިޔުސް ޗެނަލް ތައް ހުރޭ. މި ހަބަރަކީ ވެސް އެމީހުންގެ ޗެނަލް ގައި ލިޔެފައިވާ ހަބަރެއް

      29
      4
  2. ޒަމާން

    އޭ މަރުވީ އެކޭނުކިޔާނެ ،ކަލޭމެން ޤުރުއާންވެސް ނުކިޔަވަންތަ.. ސޫރަތުލް ބަޤަރާގެ 154 ގެ ތަރުޖަމާ ނިކަން ރަނގަޅަށް އެނގޭވަރަށް ކިޔާބަލަ ކީކޭތޯ އިނީ..

    27
    71
    • އަހްމަދު

      ކިޔޭނެ ސީރިއާގަ ހިނގާ ދާހިލީ ހަމަނުޖެހުން ތަކަށް ނުދާނެ ޖިހާދު ކުރާކަށް ހަމަ ކުފުރު މަރަކުން މަރުވާން އެތަނަށް ދާނީ ޖިޙާދު ކުރަންޏާ ދޭބަލަ ފަލަސްތީނަށް އެތަނުގަ އެތިބަ މުސްލިމުން ސަލާމަތް ކުރަން ޖިހާދު ކޮށްބަލަ އަމިއްލަ މައިން ބަފައިންގެ ހިތުގަ ޖައްސާފަ ގޮސް ކޮން ޖިޙާދެއްތަ ކުރެވޭނީ ބްރޯ

      78
      15
      • ފަގގފ

        ފަލަސްތީނަށް ވަދެވޭނެ ގޮތެއް ނެތް. ޔަހޫދީން ވަނީ އެތަން ވަށާލާފަ

        14
        28
        • ޝަމް

          އެހެންވީމާ އެޔަހޫދީންނާ ހަނގުރާމަކޮށް މަރުވެބަލަ. އޭރުންގަބޫލުކުރާނަން އެޝަހީދުވީކަމަށް.

          23
          7
      • ގައިމު

        ޖަބްހަތުއްނުސްރާއާ އައިއެސްއައިއެސް އާ ދެބައިމީހުން ވެސް މީ ސުންނީން ކަމަށް ދައުވާ ކުރާ މީހުން. އެއްބަޔަކު އަނެއް ބަޔަކު މަރަނީ. ދެން މޮޅުވާން އޭނަ އެއީ މިވެނި ޖަމާއަތެކޭ ބުނީމަ ޝަހީދަކަށްވީއެއް ނޫން.

    • ހިޔާލް

      ކަލޭތީ ކިހިނަކުން ޤްރުއާން ކިޔާ މީހެއްތަ؟ އެއާޔަތުގައި އެއިނީ "فِي سَبِيلِ اللَّهِ" ﷲގެ މަގުގައި ޝަހީދުވާ މީހުންގެ ވާހަކަ. ސީރިޔާގައި ކުރާ ހަނގުރާމައަކީ މުސްލިމުންނާއި މުސްލިމުން ކުރާ ހަނގުރާމައެއް. އެއްވެސް ގޮތަކަށް އެއީ ﷲގެ މަގުގައި ކުރާ ހަނގުރާމައެއް ނޫން.
      ކަލޭ ކިޔާލަބަލަ ބަޤަރާ ސޫރަތުގެ 190ވަނަ އާޔަތުން 195ވަނަ އާޔަތާ ހަމައަށް. އޭއާޔަތްތަކުން އެނގިގެންދޭ ހަނގުރާމަ ކުރެވޭނީ ވަތަނުގެ ދިފާއުގައިކަން، އެބައިމީހުން ހަނގުރާމަ ނުކުރާހާ ހިނދަކު ހަނގުރާމަކުރުމެއް ނެތްކަން، وَلَا تَعْتَدُوا (do not transgress) ހައްދުފަހަނައަޅައި ނުދާށެވެ.
      ކަލޭމެން އައިއެސް މީހުންނަކީ ހަމަ ކަޑައެޅިގެން މުނާފިގުން. ބޭނުމަކީ ރާއްޖޭގައިވެސް ފިތުނަ ފަސާދަ އުފެއްދުން.

      67
      11
      • ވާނުވާ

        އެއީ އައިއެސް މީހެއް ނޫން. ޖަބަހަތުއް ނުސްރާ މީހެއް

        21
        1
      • ޑިސްލައިކް

        މިކޮމެންޓަށާއި މިމީހުންގެ މަރަކީ ކުފުރުގެ މަރެކޭ ކިޔާމީހުންނަށް ޑިސްލައިކް މިދެނީ ހަމަ އައިއެސް އައިއެސް ހިޔާލުގެ މީހުން. ކޯޗެއް ދެއްކީމަތޯ މިކަހަލަ މީހުންނަށް ހަގީގަތް ވިސްނޭނީ؟؟ އައިއެސް އައިއެސް އަކީ އިސްލާމްދީނުގެ ނަމުގައި އެމެރިކާއިންނާއި އިސްރާއިލުން އުފައްދައިފައިވާ ޖަމާއަތެއް. އެޖަމާއަތަކީ މުނާފިގުންގެ ވެރިން އުޅޭ ޖަމާއަތެއް. މިމުނާފިގުންގެ ބަސް ގަބޫލުކުރާ މީހުން ރާއްޖޭގައި އުޅޭތީ ވަރަށް ހިތާމަކުރަން.

        24
        7
      • ޖުޑީ

        ވަތަނުގެ ދިފާއުގަ ހަނގުރާމަކުރާކަށް ނޯންނާނެ. އިސްލާމްދީނާ މުސްލިމުންގެ ދިފާއުގަ ހަނގުރާމަކުރަން އޮންނާނީ. ދެން ކީރިތި ރަސޫލާ މުނާފިގުން ނާ ހަނގުރާމަ ނުކުރައްވާތޯ؟ ކުރި. ޝިއައީންނަކީ މުނާފިގުންފަދަ ބަޔެއް އެމީހުން އަގީދާއަކީ ކުފުރުގެ އަގީދާއެއް. މިފަދަ ބަޔަކު ހައްގުގެ މަގުގަތިބި އަހުލުއްސުންނަތުގެ މުސްލިމުންނާ މެދު އަނިޔާވެރިވެ ހަނގުރާމަ ކުރަމުންދާއިރު ކޮންމެ މުސްލިމަކުމައްޗަށް ވާޖިބުކަމެއް އެމީހުންގެ ދިފާއުގަނުކުތުން

        12
        7
  3. ޝަލަފު

    އުފާވެރި ހަބަރެއް. ޔާﷲ. އެކަހަލަ ޙާއިނުން އަބަދުވެސް ވޭންދެނިވިކޮއް މަރުއްވާންދޭވެ.

    56
    57
    • ހޫން

      ކަލޭ ތިކުރި ދުޢާ އެނބުރި ކަލެއަށް ރައްދުވާށި. އާމީން

      33
      69
    • އުފަލެއް ނުވޭ

      އެއީ ހިތާމަވެރި ޚަބަރެކެވެ. ދުޢާ އަކީ އެފަދަ ވިސްނުމުގެ މީހުންނަށް ހެޔޮ ވިސްނުން މިންވަރު ކުރެއްވުމެވެ. އާމީން

      31
      10
  4. ހޫން

    ޝަހީދުވެއްޖެ***

    25
    85
  5. ހސހސ

    ކޮންމެ ތަނެއްގައި ވިޔަސް ކާފަރުންނާ ހަގުރާމަ ކޮށްގެން ޝަހީދު ވާނީ. ދިވެހިންނަށް މިކަން ހަޖަމެއް ނުވާނެ: ދުނިޔެ ދެމި އޮތްހާ ދުވަހަކު ﷲގެ މަގުގަ ޖިހާދު ކުރާނެ

    26
    33
  6. ކުފުރުގެ މަރު

    ޝަހީދު ވިއްޔޭ؟ ކޮން ދީނެއް ކޮން ގައުމެއްގެ ދިފާއުގައިތަ މީނަ ހަނގުރާމަ ކުރީ. ގައިމު ހަނގުރާމަ ކުރަންހުރީ މުސްލިމުންނާ ދެކޮޅަށް. ގައިމު މިއީ މީނަގެ ވަޒަނަށް މީނަގެ ދީނަށްޓަކައި ކުރިހަނގުރާމައެއްނޫން. އަދި އަމިއްލަ ޖާނާއި އާއިލާޔާއި މުދާރައްކާތެރިކުރުމަށް ކުރި ހަނގުރާމައެއްވެސް ނޫން. ދެން މީނަ ޝަހީދަކަށްވަންޏާ އިޒްރޭލްމީހުންވެސް އެވަނީ ޝަހީދު.

    42
    14
    • ެރނދ

      އޭން ހަގުރާމަ ކުރީ ކާފަރުންނާ. ބައްޝާރު އާއި އޭނަގެ އެކުވެރި ރަޝިޔާ ކާފަރުންނާ. ބައްޝާރަކީ ރަތް ލާ ޖެހި ކާފަރެއް. ސިރިޔާގެ މުސްލިމުންގެ ދިފާއުގަ އޭން ހަގުރާމަ ކުރީ. ކޮންމެ ތަނެއްގަ ވިޔަސް މުސްލިމުންގެ ދިފާއުގައި ކުރާ ހަގުރާމަ އެއްގައި ހަގުރާމަ ކޮށް ޝަހީދު ވާނީ. ހުރިހާ މުސްލިމުންނަކީ އެއްބައެއް ވަކި ގައުމެއްގެ މުސްލިމުން ތަފާތެއް ނުވާނެ

      24
      29
      • ސާނީ

        ކަލޭ ތީ ހާދަ ތަންދޮރު ނުދަންނަ ހަވާރިޖެކޭ ދޯ

        12
        10
    • ޖުޑީ

      އިސްލާމުދީނާ ދީނުގެ އަގީދާގެ އުޑެއް ބުޑެއް ނޭގެންނާ އަނގަ މަޑުންލައިގެން ހުރީމަ ރަނގަޅުވާނީ. ޝިއައީންނަކީ ކޮންބަޔެއްކަމާ އެމީހުންގެ އަގީދާވެސް ދަސްކޮއްގެން އިސްލާމުދީނުގެ އަދުންވުންނަކީ ކޮންބަޔެއްކަން އިނގޭނީވެސް. ކީރިތިރަސޫލާގެ ޒަމާނުގަ މުނާފިގުންނާ ދެކޮޅަށް ރަށް ދޫކުރައްވާ ސަހާބީން ނުކުމެ ހަނގުރާމަ ކުރެއްވި. އެހެންވީމަ ޝިއައީން އަހުލުއްސުންނަތުގެ ބަޔަކާދެކޮޅަށް ހަނގުރާމަކޮށް އަނިޔާވެރިވާއިރު މާހައްގުކަން ބޮޑު އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުން. ކަލޭމެން ހީކުރަނީ ސިފައިންގެ ޔުނީފޯމްލައިފަ ދެކޮނޑަށް ތަރިޖަހައިގެން މޭފުއްޕާފަ ޕެރޭޑްގަ ހިނގާ މީހާކަމަށްތަ އެއީ ހީރޯކަމަށް. އެޔަށްވުރެން ﷲގެ ހަލުރަތުގަ މި މަރުވިމީހާގެ ދަރަޖަ މަތިވެރިވެދާނެ. އިންޝާﷲ. އެހެންވީމަ ނޭގި ތިބެގެންވެސް ބަދުބަސް ނުބުނަންވީ

      18
      2
    • ޝަބްނަމް

      ހަމަ ކުފުރުގެ މަރަކުން މަރުވީ. ބައްޝާރު ކާފަރަކަށް ވަންޏާ ކަލޭތީވެސް ކާފަރެއް. ބައްޝާރަކީ ދެޝަހާދަތްކިޔައި ނަމާދު ކޮށް އުޅޭމީހެއް. ކަލޭ ކިހިނަކުން ކާފަރުންކަޑައަޅަނީ. ތިކިހަަލަ ޓެރަރިސްޓު އައިއެސް ޚިޔާލުގެ ޖާހިލުންނާހުރެ އިސްލާމުންގެ ނަން ހަޑިވަމުން މިދަނީ. ކަލޭމެން ހިތަށް އައިމީހަކު ކާފަރަކަށް ކަޑައަޅާފައި އެބަޔަކާ ހަނގުރާމަކުރުމުން އެދެވުނީ ސުވަރުގެ. ގަމާރުންތަކާ.

      14
      11
      • ޖުޑީ

        ޝަބްނަމޫ މުސްލިމަކަށް ވެވޭތަ މުޙައްމަދުގެފާނީ ރަސޫލާކަމަށް ނުބަލާ. ޖިބްރީލްގެފާނުގެ ބޮލުގަ ދޮގު އިލްޒާމު އަޅުވާ، އަލީގެފާނު ރަސޫލާޔަށް ވުރެން މަތިވެރިކޮށް، ރަސޫލެއްކަމަށް ބުނެ، ގަބުރުތަކުގެ ކައިރިޔަށް ގޮސް ކަންކަމަށް އެދޭބަޔަކަށް. އެހެންވީމަ ބުނަނީ ފުރަތަަމަ އިސްލާމުދީން ދަސްކޮއްބަލާށޭ

        18
        3
      • ހހގ

        ބައްޝާރަކީ ޝީއައިއީ އެއް. ފުރިހަމަ މުސްލިމަކީ އަހުލު ސުންނަތް ޖަމާއަތުގެ މީހުން. އެހެން ވީމަ އޭނައަކީ މުސްލިމެކޭ ބުނެވޭނެތަ؟ ޝާމްގެ ބިން އޭނަ އެސުންނާފަތި ކޮށްލީ ކާފަރުންނާއި ބައިއަތު ހިފައިގެން. އެގައުމުގެ މުސްލިމުން އެމީހުންގެ ގޯތިގެދޮރުން ނެރެ. މި ރޯދަ މަހުވެސް ބައްޝާރު އުޅެނީ ސީރިޔާގެ މުސްލިމުން ބޮލަށް ބޮންއެޅޭތޯ. އެ ނިކަމެތި މުސްލިމުންގެ ދިފާއު ގައި ނިކުންނާނެ އެއްވެސް މުސްލިމު ގައުމެއް އެބައޮތްތަ؟ ބައްޝާރު އާއި ދެކޮޅަށް ހަގުރާމަ ކުރުމަކީ ހުރިހާ މުސްލިމުންގެ. މައްޗަށް ވާޖިބެއް މިހާރު

        14
        2
  7. ނިރުބަ

    ކޮބާ ހީވޭ. އެއީ ވެސް ދިވެހި އިޒްރޭލު މީހެއް ދޯ؟ ޔަހޫދީ ނަސާރާ ދީނުގެ މީހެއްދޯ؟ އަނގައެއް އޮންނާނެ ކަލޭމެންގެ. މަތި އޮމާން ކުރަން ކޮންމެވެސް ހާސަރެއް މިތާ ލިޔާނެ، ބަލަންތިބޭ.

    17
    6
  8. މޮހޮދޭ

    ހައްހައްހާ. ބަރާބަރު.

    17
    7
  9. އަލީ

    މިކަންވެސް ފުރަތަމަ ރައީސް ނަޝީދު ވިދާޅުވީމަ ގޯސްވީ. މިހާރު ރީތި އެއްޗެއް ވެއެއްނުއެބަ.

    2
    6
  10. އަބޫ އައިސާ

    ގުރްއާނުގައި ވަނީ މުޝރިކުން އެމީހުންގެ ދަރީން ދިރިތިއްބާ ވަޅުލީ ކޮން ކުށެއް ކޮއްްގެންތޯ ޚަވާރިޖުން މީހުން މެރުމުގައި ވަނީ މި މީހުންނަށް ވުރެ ނުބައި ވެފަ

    3
    4
  11. ދަންޑަހެލު

    ބުރާންތިތަކާއެވެ. ތިމާއަށް ނޭނގުމަކީ އެކަމެއް ނެތްކަމަކަށް ނުވަތަ ނުވާކަމަކަށް ނުވަތަ ހަގީގަތެއް ނޫންކަމަށް ނުދެކޭށެވެ. ދާޚިލީ ހަނގުރާމައެކޭ ބުނާއިރު މިޔަށް ޖަވާބު ދީބަލަ....
    ޝިޔައީ ނުސައިރީންގެ ގަބޫލުކުރުން
    - އަބޫބަކުރުގެފާނައް ކާފަރު ޖެހުން
    - އުމަރުގެފާނަށް ކާފަރު ޖެހުން
    - އުޘްމާނުގެފާނަށް ކާފަރު ޖެހުން
    - އަހަރެމެންގެ ލޮބުވެތި މަންމަ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ޒިނޭގެ ތުހުމަތު އަޅުވައި ގަޒްފުކުރުން އަދި މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިއްޒަތާއި ކަރާމަތައް އަރައިގަތުން
    - ޢަލީގެފާނަކީ އިލާހެއް ކަމަށް ގަބޫލުކުރުން
    - ގާތްގަނޑަކަށް 6 އެއްކަ ސަހާބީން ފިޔަވައި ހުރިހާ ސަހާބީން ވަނީ ކާފަރުވެފައި ކަމަށް ބުނެ ގުރުއާނާއި ހަދީޘްތައް ރިޖެކްޓު ކުރުން. އަދި އެމީހުން ގެންގުޅޭ ފޮތުގައި އަމިއްލަ އާޔަތްތަކެއް ހަދާފައި ހުރުން.. ސަހާބީންގެ އަދުލުވެރިކަމާމެދު ޝައްކު ކުރުމަކީ ޝަރީއަތް ދޫކޮށް އެމީހުންގެ ބުއްދިއަށް ފެންނަގޮތަކަށް އުޅުން
    - ޚައިބަރު ހަނގުރާމައާއި އެކު މަންސޫޚުވެގެން ދިޔަ މުތުއާ ކައިވެނި ހަލާލުކޮށް އެއީ ޒިނޭކުރުމަށް އޮތް ވަސީލަތަކަށް ހަދައި ކުޑަކުދިންނާއި މީހުންގެ އަނބިންވެސް ވަގުތުކޮޅަކަށް ނަގައި މުތުއާގެ ނަމުގައި ޒިނޭ ކުރުން
    - އާޝޫރާ ދުވަހުގެ ރޭ ދަރިއެއް ބަފައެއް ބެލުމެއް ނެތި އެއްތަނަކަށް އެއްވެ ބޮކިތައް ނިއްވާލައި ކަންތައްކޮށް އެރޭ ވިހައިފި މީހަކު އާޔަތުﷲ އަށް ކަމުގައި ބުނުން އަދި ޒަކާތުގެ ނަމުގައި މީސަތަކުންގެ އަތުން ނަގާ މުދަލާއި ފައިސާ ގެ 1/5 މިމީހުންނަށް ދިނުން
    # އެހެންކަމުން މިމީހުންގެ ކުފުރާމެދު ކުރީގެ ބޮޑެތި އިލްމުވެރިންވެސް އަދި މިހާރުގެ އިލްމުވެރިންވެސް އިޖުމާއުވޭ... އެހެންވީމާ ތިމާގެ ތަންދޮރު ނުދަތުމާއި ޖާހިލުކަން ހާމަވެ ފަލީހަތްވުމުގެ ކުރިން ކަމުގެ ހަގީގަތް ބަލާފައި ވާހަކަ ދެއްކުން ބުއްދިވެރިވާނެ... ކަލޭމެންނަށް ދީންނުގެ ކަންފުޅެއްވެސް ނޭނގުނީ ގައުމުގެ ބޮޑުންނާއި އަދި ކަލޭމެންގެ މައިންބަފައިން ނުވަތަ ކަލޭމެން އެކަންކަމުގައި ފަރުވާކުޑަ ކުރުމުން...
    ވަގުތައް ކެރެންޏާ މިއުޅޭ ވާނުވާއިންތަކަށް ފެންނާނެހެން މިކޮމެންޓް ޖަހާބަލަ

    15
    4
    • ފަނާގިރި

      މީ ހާދަ ވަރެއްގައި ހުރި މީހެކޭ. އައިޝާ އެއީ ކުޑަކުއްޖެކޭ. މުހަންމަދު މަރުވި އިރުވެސް ޓީން އޭޖަރެއް. ކަލެއަށް އެނގޭތަ އެކުއްޖާ ކޮށްފަ ނުކުރާނެ ކަމެއް؟

      1
      13
  12. ގަމާރު

    މުނާފިޤުން ތިބޭނީ ގޭގައި މީހުނަށް އެއްޗެހި ގޮވަން. ވަރަށް ބިރުގަންނާނެ މަރު ދެކެ. ހަނގުރާމަ އަށް ގޮވައިފިއްޔާ ބަލިވާނެ، ކޮންމެވެސް އުޒުރެއް ދައްކާނެ. އަދި ހަނގުރާމައިގައި ޝަހީދުވާ މީހުންނަށް އެއްޗެހި ގޮވާނެ. އެބައިމީހުންނަށް އެނގިގެން ނުވާ ކަންތައް މާތް ﷲ މޮޅަށް ދެނެ ވޮޑިގެންވޭ.

    14
    4
  13. މުކި

    ރާއްޖޭގައި އައިއެސްއަށް ސަޕޯޓުކުރާ ބަޔަކު ތިބިކަން މިހަބަރުގެ ކޮމެންޓުތަކުން އެބަ އެނގޭ. ޥިސްނުން ކޮށި ހޭލުންތެރިކަން ކުޑަ މިބައިގަނޑު ދެނެގަނެ ސިފައިން ނާއި ފުލުހުން އެބަޖެހޭ މިބައިގަނޑު ހައްޔަރިކުރަން

    12
    13
    • ޟިލީ

      ހަމަ އަސްލިވެސް މި ކޮމެންޓުތައް ކިޔާފަ ބިރުގަނޭ. ޕިސް ޕިސް. ހުސް އައިއެސް ފިކުރުގެ މޮޔައިން

      5
      2
  14. ބަކޭ

    މިޔޮތީ ގައުމުގެ ހާލަތު ފެންނަން.... ދީނީ ޚިލޔާލު ތަފާތުވުން ހައްދު ފަހަނަ އަޅާފައި... އެމީހަކަށް ފެންނަ ގޮތަށް ދީން މާނަކުރަނީ... އިސްލާމިކް މިނިސްޓްރީ ހަމަ ވާނުވާގަ... ކަމެއް މިގައުމުގައި ހިނގައިފިއްޔާ ހަމަ ކޮންމވެސް މޮޅުވާހަކައެއް ދައްކާނެ..... މިކޮމެންޓްތައް ބަލާލީމާ މިހިރީ ކުރަން ކުރި ބިޔަ ބޮޑު މަސައްކަތް....

    4
    2
  15. ހުދުހުދު

    މަށަކީ އައިއެސް ފިކުރުގެ މީހެއް ނޫން. އެކަމަކު ބައްޝަރުގެ އަނިޔާވެރިކަމާ ދެކޮޅު މީހެއް. ސީރިޔާގެ މުސްލިމުންގެ ބޮލަށް ބޮން އެޅުމުގެ ހައްގު ބައްޝާރަށް ލިބިގެން ވޭތަ. ވެރިކަމުގެ ދަހިވެތި ކަމުގައި ސީރިޔާ އެއްކޮށް ސުންނާފަތި ކޮށްލި މީހަކީ އޭނަ. މުސްލިމު ގައުމުތައް ސީރިޔާގެ މުސްލިމުންގެ ދިފާއު ގައި ނިކުންނަން ވެއްޖެ

    10
    3
  16. ޖުންދުﷲ

    މި ޒަމާނުގައި ވޯޓުލައިގެން ވޯޓުން ހޮވޭގޮތަކަށް ކަންކުރުން އޮންނަނީ ، މި ރާއްޖެ ދުވަހަކުވެސް ޖިހާދަކަށް އަމުރެއްނުކުރާނެ ، ޖިހާދޭ ބުނެފިނަމަ އެއީ ހަވާރިޖު ، އެއީޓެރަރިސްޓު ، އެވީ ދާޚިލީ ކަމަކަށް، ދެން ކީއްކުރަން އެއްމުސްލިމެއްގެ މިސާލަކީ އެއްހަށިގަނޑުގެ މިސާލުކަމަށް މި ކިޔަނީ ؟ ބަލަ އެއީ ސީރިޔާކަމަށްވިޔަސް އެފްރިކާގަ ތިބި ބައެއްްކަމަށްވިޔަސް މުސްލިމުންގެ ހައްގުގައި އަބަދުވެސް މުސްލިމުން ތެދުވާނެ ! އެއީ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، ޓެރަރިސްޓުވާނެތީ ދުނިޔޭގެ މަލާމަތް ލިބޭނެތީ ބަލާބައެއްނޫން،އެއީ ހަގީގީ މުއުމިނުންނަކީ! މުސްލިމުން ކަމުގައިވާނަމަ އޮތީ ހަނގުރާމަ ކުރާ ބަޔަކާކުރުން ،ނަސްރު ދެއްވަނީ ﷲ އަދި ހެޔޮގޮތް ލިބުން އޮތީވެސް މި މަގުގައި ޘާބިތުވެ ތިބެގެން ތިބި ބައެއް އެއީ އެންމެ ވަރުގަދަ އިސްލާމީ ބިނާތަކަކީ ، ދޫކޮށް ކާފަރުންނަށް ކޮންމެ ކަމެއްގައި އޯކޭވުމެއްނޫން އޮތީ އެމެރިކާބުނެފިނަމަ އެމީހުންނާ ބައިއަތުދިނުމެއް މުސްލިމުންނަކަށް ނެތް ، ކާފަރުން ނުކުންނަންވާނީ ކާފަރުންގެ ހިމާޔަތުގައި! މުސްލިމުންނަށް އެއްވެސްލާބައެއް ހެވެއްނެތް ކާފަރުން ނާއެކުވެގެންނެއް ، އެހެންނަމަ މުސްލިމަކު ކާފަރަކަށް ދުއާކުރުންވެސް ވީސް ، އެއީ ކާފަރު މަންމަ އެއްނަމަވެސް މުސްލިމް ދަރިއަށް އެ ކާފަރުމަންމައަށް ދުއާނުކުރެވޭނެ ކުރިނަމަވެސް އެއީ ކުނިވަށިގަނޑަށްދާނެ އެއްޗެއް،

    5
    2
  17. ޢަދުރޭ

    ދަންޑަހެލު. ކަލޭ ތި ލިޔާ ހާސަރުތައް ލިޔުމުގެ ކުރިން އިސްލާމީ ތާރީޚުގެ ތެރެއަށް ގޮސް ރަނގަޅަށް ތާރީޚް ކިޔާބަލަ . ތި ހާސަރުތަކުގެ ތެރެއިން ކަލޭ ތެދުމަގު ހޯދަން އުޅެންޏާ އެކަމެއްް ނުވާނެ .ރަސޫލާ އަވަހާރަވި ފަހުން 29 އަހަރު ނުވެ .ވެރިކަން ހޯދުމަށްޓަކާ ކުރީގެ މައްކާގެ ވެރިކަން އޮތް އަބޫ ސުފްޔާންގެ ދަރިފަސްކޮޅުން މަސައްކަތް ފެށި . ޢެ ގޮތުން މަރްވާން ބުނު ޙަކަމް އަށް ޢުޘްމާންގެފާނު ގަނޑުވަރުގެ ދީވާނީކަން ހޯދަދިން .މައްކާޔަށް ނޭރުވުމަށް ރަސޫލާ އަމުރުކުރެއްވި މީހެއް އެއީ .މީނަގެ ރޭވުމުގެ ދަށުން ޢުޘްމާންގެފާނު އަވަހާރަ ކޮއްލީ
    އަބޫ ސުފްޔާންގެ ދަރިފަސްކޮޅަށް ވެރިކަން ހޯދަން .އެހެންނަމަވެސް އެހެނަކުން ނުވި

    . ޢަލީގެ ފާނަށް ޚަލީފާކަން ލިބުނީ .އޭރު ޢަބޫސުފްޔާންގެ ދަރި މުޢާވިޔަތު ހުރީ ސީރިޔާގެ ދިމިޝްޤު ގެ ގަވަރ ނަރަކަށް . ޢަލީގެފާނަށް ޚަލީފާކަން ލިބުމުން އެކަލޭގެ ޢާއިޝަތުގެފާނު ޢުމުރާޔަށް ވަޑައިގެން ހުންނަވަނިކޮށް އެކަނާޔަށް ސިޓީ އެއް ފޮނުވި އޭގަ އޮތީ ޢަލީގެފާނު ވެރިކަން ބޭނުންވެގެން ޢުޘްމާންގެފާނު ޝަހީދު ކޮއްލީ ކަމަށް . އެސިޓީގެ ސަބަބުން ބޮޑު ފިތުނައެއް އުފެދި ޢަލީގެފާނާ ދެކޮޅަށް ހަނގުރާމަޔަށް ޢާއިޝަތުގެފާނު ލަޝްކަރެއްގެ ކުރީގަ ޖަމަލެއްގެ މަތީއިންނަވައިގެން ނުކުމެވަޑައިންނެވި . މީ އުއްމަހާތުލް މުއުމިނީން އާ ލާއިގު ކަމެއް ނޫން . އެކަމަނާ އެކަން ކުރެއްވި .މި ހަނގުރާމަޔަށް ޖަމަލު ހަނގުރާމަ އޭ ކިޔުނު.ދެފަރާތުންވެސް މަރުވެގެން ދިޔައީ މުސްލިމުން .

    ދެން އަބޫސުފްޔާންގެ ދަރިފަސްކޮޅުން ކުރިކަމަކީ ޢަލީގެފާނު ވެރިކަން ޤަބޫލްނުކޮށް ސީރިޔާގައި މުޢާވިޔަތު އަމިއްލަޔަށްމުސްލިމުންގެ ވެރިޔާ ކަމަށް ދަޢުވާކޮށް
    ޢަލީގެފާނާ ދެކޮޅަށް ބަޣާވާތް ކުރީ .

    ދެން ޢަލީގެފާނަށް ބަޢިއަތު ހިފާ މީހުން އެއީ (ޝީޢަތު ޢަލީ )ނުވަތަ ޢަލީގެ ޕާޓީގެ މީހުން ކަމަށް ނަން ދިނީ . މިހެން ހެދީ ވެރިކަން ޢަލީގެ ފާނަށް ނެތްކަން އަންގަން . ޝީޢީންނޭ މިކިޔަނީ މިހެންވެ . އަބޫ ސުފްޔާންގެ ދަރިފަސްކޮޅުގެ މީހުންނަށް މިވެރިން ދިންނަމަކީ (ސުއްނީން ).
    މި މީހުން ބުނާ ގޮތުން ރަސޫލާގެ ހުރިހާކަމެއް ލިބިގެންވަނީ މި މީހުންނަށް.

    މިފިތުނަގަނޑުތެރޭގައި އެކިއެކި ފޮށިތަކުގައި ނަން ޖަހައިގެން އެތައްމުސްލިމުންނެއް ކާފަރުންނަށް މި މީހުން ހެދި . މި ގޮތުން މި މީހުން ނުރުހޭ މީހުންގެ ކިބައިން އިސްލާމެއްގެ ނަން ދަމައިގަނެ އެހެންނަމެއްގަ މި މީހުން މީހުން ލާން ހަދާފަ ހުރި ފޮށިތަކުގެ ތެރޭގައި . ޚަވާރިޖުން .ޝީޢީން ނުޞައިރީން . ޒައިދީން . ޒިންދީގުން . މުޝްތަޝްރިޤުން . މުޢުތަޒަލީން . އަދި މި ނޫނަސް އެތައް ބައިވަރު ފޮއްޓެއް ހެދި .. ޙަޤީޤަތަކީ ވެރިކަމާހެދި މުޢާވިޔަތުގެ ބާޣީ އުމަވީ ޚިލާފަތުގެތެރެއިން އަސްލު އިސްލާމްދީން އޮޅުން ބޮޅުން ކޮށް މުސްލިމުންގެ މެދުގަ ނަފްރަތު އުފައްދާ ވެރިކަން ދެމެހެއްޓުމަށް ލިޔުނު ލިޔުން ތަކުގެ ސަބަބުން އަދި އަދަށްވެސް މުސްލިމުން މި ތިބެންޖެހެނީ މުސްލިމުންނާ މުސްލިމުން ހަނގުރާމަ ކޮށްކޮށް .. އެހެންވީމަ ބޮޑުތަކުރުފާނު ވާހަކައިން ﷲ ދީން ހޯދަން ނޫޅެ . ޤުރްއާނުން ސުއްނަތާ ފަރްލާ ހިދާޔަތު ހޯދަން މަސައްކަތް ކުރޭ. މާތް ރަސޫލާ ހުންނެވި ގޮތުގައި ހުރި މީހަކު ތެދުމަގުގައި ހުރި މީހަކީ އެކަލޭގެފާނަކީ ޝީޢީ އެއްވެސް ނޫން ސުއްނީ އެއްވެސް ނޫން . ޢިބްރާހީމްގެފާނުގެ މިއްލަތުގެ މަތީގައި ހުންނެވި މުސްލިމެއް . حنيفا مسلما وما هو من الشيعي والسني

    5
    3
  18. ޖުންދުﷲ

    ޑިސްލައިކޫ ދެން ތިޔަބުނީ ތެދެއްނަމަ އެމެރިކާއާއި އޒްރާލާނޫންތޯ ހަނގުރާމަ ކުރަންވީ ދޯ ؟ ދެން ތިކަން އެނގިހުރެ އެމެރިކާގެ ކޮލިޝަނާއެކުވީ ކީއްކުރަން ސައްތައިން ސައްތަ މުސްލިމް ރާއްޖެވެސް ވޭއެ ލިސްޓުގައި ؟ 80 ޤައުމު ތިބުނާ ! އުފެއްދުމާހަނގުރާމަ ކޮށްބަލަ ކޮލިޝަން ހަދާބަލަ! ކީއްކުރަން ބަޝާރުއާއި ރަޝިޔާ ތުރުކީ އިސްވެ ތިބެގެން ސީރިޔާ މުސްލިމުން އަންދަނީ ؟ ދޭބަލަ އުފެއްދި ގައުމާހަނގުރާމަކުރަން، ޓްރަމްޕު ބުނާއިރަށް ތެދުވާމުޖާހިދުން އެއީ ޖިހާދުކުރާމީހުންތަ؟

  19. ޢަދުރޭ

    ބައްޝާރު އެއީ ވޯޓުން ހޮވިފަ ހުރި ވެރިމީހާ . ޤާނޫނީ ވެރިކަމާ ދެކޮޅަށް ކުފުރުވެފަ ތިބި ޔަހޫދީންނާ ބައިޢަތު ހިފައިގެން ތިބި ބަޔަކު ނުކުމެ ހަތިޔާރު އުފުލީ . ބަކަރިތައް އެ ބިމުގައި މާތް ﷲ ނިކަމެތި ކުރެއްވި ކަން ޤަބޫލް ކުރިއަސް ނުކުރިއަސް އެއީ ޙަޤީޤަތަކީ . ޙޮރުތަކެއްގަ ފިލާ އުޅުނު މީދާތަކެއްހެން ބިމުގެ ހޮރުކޮނެގެން އުޅެނީ. މަތިވެރި ﷲ އެބައިމީހުންގެ މައްޗަށް ހޮނުގުގުރީގެ ތޫފާން ފަދަ ވަރުގަދަ ޢަޒާބް ފޮނުއްވާ ބަލިކުރެެެއްވިތަން ދެލޮލުން އަހަރުމެން ދުށިން އެކަހަލަ ހުރިހާ ލުއްޗާއިން މި ރާއްޖޭގަ ވެސް ބަލިކުރަން އަހަރުމެން މި ތިބީ ޢަޒުމް ކަނޑައަޅައިގެން . އެދުވަހަކުން މުނާފިޤުން ނަކީ ކޮން ބައެއްކަން ދައްކާލާނަން .

    1
    2