މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު އިއުލާނެއްފައި ބުނެފައި ވަނީ، މި ފުރުސަތު ހުޅުވާލާފައި ވަނީ، ސްވިމިންގ ޓްރެކް ގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް ޢިމާރާތެއް ހަދަން ބޭނުންވާތީ ކަމަށެވެ.
މި މަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވާއިރު، މިޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިދާރާގައި ކަމަށް އިއުލާނުގައި ވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ، މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަންގެ އިދާރާގައި ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ސްވިމިންގް އެސޯސިއޭޝަނުން ބުނީ، އިތުރު މަޢުލޫމާތު އެ އިދާރާގެ އެޑްރެސް (ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޤައުމީ ފުޓްބޯޅަ ދަނޑު، ސަބްނަމް މަގު) އިންނާއި ފޯން ނަމްބަރު (7799339، 9947802) އިން ލިބޭނެ ކަމަށެވެ.
ކުދިން ގުއި ފެނަށް މޫދަށް އެރޭތީ އެކަމާ ހައްލެއް ހޯދާކާށް ބޭނުމެއް ނޫން ދޯ. ތީ ކޮންމެވެސް އެހެން ކަމެއް..
އެހެން ނުހަދާ ،،، އަހަރެމެނ ބޭނުމީ ޖަޒީރާ ގޮތްތަކެއް
ތިކަންތަކަށް ބަޖެޓް ކަނޑައަޅާނަމަ ސުވިމިންގ ގެ ހަރަކާތުގަ އުޅޭ ކުދިންނާއި އެކުދިންގެ ޕޭރަންޓުންގެ ސައިކަލް ޕާރކު ކުރާނެ ތަނެއްވެސް ތިޔަތަނުގައި ހަދާފައި ހުރުން ވަރަށް މުހިންމު. ކުރިން އަޑުއެހި ގޮތުގައި ރިންގް ރޯޑްގެ އެއްވެސް ހިސާބެއްގައި ޕާރކު ނުކުރެވޭ. އެކަމް ސްވިމިންގެ އެއްވެސް ހަރަކާތެއް އޮތިއްޔާ ތިސަރަހައްދުން އެހެން އެއްވެސް ވެހިކަލެއް ދުއްވާނެ ކަމެއްވެސް ތިސަރަހައްދުން ހިނގާ މީހުން ހިނގާނެ ކަމެއްވެސް ނެތް. ޕާރކު ކޮއްފައިވާ އުޅަނދުތަކައި ހުރެ. މީދެން ފުކެއް ބޮޑުވަރު.
މާލެ ނޫން ރަށެއް މިގައުމުގަ އޮވޭތޯ؟ ސުވިމިންގ ޕޫލެއް ހަދަންޏާވެސް ބޮޑުންގެ ސިކުނޑިއަށް ހަމަ މާލެ ނޫން ތަނެއް ޚިޔާލަކަށް ނާދޭ.
މުޅި މާލެ ޕާކިންގ ޒޯނަކަށް ހަދަންވީ. އެވަރުންވެސް ހަމައެކަނި ޕާކިންގ މައްސަލައަށް އެކަނި ބެއްޔަސް އެމައްސަލަވެސް ހައްލެއް ނުވާނެ.