ނިރުބުވެރި ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް ލަފާކޮށް ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިމަހުގެ 02 ވަނަ ދުވަހު ނެރުނު ލަފާ، ދިހަ ދުވަސް ވީއިރުވެސް ބަދަލެއް ނުގެނެސް ދަމަހައްޓަައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުނުން ނެރުނު ލަފާގައި ސައްހަ ނޫން މައުލޫމާތުތަކެއް އެބަހުރި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވުމުން އެމައުލޫމާތުތައް ރަނގަޅު ކުރައްވާނެ ކަމަށް އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ވިދާޅުވިއެވެ.

ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ރާއްޖޭގައި މަދަނީ ބަސް ނޭހުންތައް ހިނގަމުންދާ ކަމަށް އޮތްބައި އުނިކުރި ނަމަވެސް އަދިވެސް މިމަހުގެ 02 ވަނަ ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީ އެދުވަހު ނެރުނު ލެވަލް ކަމަށްވާ "ލެވަލް-2" ގައި އެބައޮތެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ވެބްސައިޓް ބުނާ ގޮތުގައި ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން ޖެހެނީ ނިރުބަވެރި ހަމަލާއެއްގެ ނުރައްކާ ރާއްޖެއަށް އޮތުމުންނެވެ.

ރާއްޖެއަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ތިބުމަށް ވަނީ ލަފާ ދީފައެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތަކަށް ތައްޔާރުވެ ތިބުމަށް ވެސް ވަނީ ލަފާ ދީފައެވެ.

މިދިޔަ މަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ވެސް އެމެރިކާ ސަރުކާރުން ފުރަތަމަ ލަންކާ އަށް ނެރުނުވީ "ލެވަލް-2" ގެ ޓްރެވަލް އެޑްވައިޒަރީއެކެވެ. ނަމަވެސް ފަހުން ވަނީ "ލެވަލް-3" އަށް ޓްރެވަލް އެޑްވައިޒަރީ މައްޗަށް ޖައްސާފައެވެ.

އެމެރިކާ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމުގެ ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ލަފައެއް އެގައުމަށް ދަތުރު ކުރުމާއި ބެހޭ ގޮތުން އޮތްތޯ ބަލައެވެ. އެހެންކަމުން އެމެރިކާ އިން ރާއްޖެ އާއި ބެހޭ ގޮތުން ނެރެފައިފާ ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓާނަމަ އެކަމުގެ ގެއްލުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރުމުގެ ފުރުސަތު ބޮޑެވެ.

ސްރީލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް ރާއްޖެއަށް ވަކި ހާއްސަ ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބީރު

    އެކަމަކު ޑިފެން މިނިސްޓަރަކަށް އަޑެއް ނީވޭ. ދެން މިތިބި މީހުން މިއުޅެނީ އެކަން ނުވެގެން ކެތްމަދުވެފަ. އިހަކަށް ދުވަހު އެއޮތީ ރާއްޖެއަށް ވުރެން މާ ބިޔަ ވަސީލަތް ގިނަ ގައުމެއް އިނދަޖައްސާލާފައި. ކަހެރުވަކެކޭވެސް ހިތަކަށް ނާރާ

    20
    2
  2. އަހުމަދު

    މިމީހުންގެ އަމިއްލަ ސްކޫލްތަކުގައި ރައްކާތެރިކަމެއް ނެތް ބަޔަކު އެހެން ގައުމުތަކާ އަޅާމިލަނީ ކީއްވެތަ. މިދިޔަ އަހަރު އެކަނިވެސް 387 މީހުން މަރުވެފައިވޭ އެތާގައި

    19
    1
  3. މާކުރަތު

    އެއީ ތެދެއް އެމީހުން ދޭންރޭވި ހަމަލާއެއްގެ ބިރު އެބޮތް. އަދި އެމީހުން އެކަމެއް ނުހުއްޓާ ވިއްޔާ. އިސްރާއީލާ އެމެރިކާއިން މުސްލިމް ގައުމުތަށް ހަލާކުކުރުމަށް ހަދައިގެން އުޅޭ އައިސިސް އެބޮތް އަދި.

    6
    2
  4. ފަހު މަރުޙަލާ

    ޔޫއެސް އިން އެކަމަށް ތައްޔާރުކުރި ކުއްޖާ މިހާރު ރާއްޖެ އަތުވެއްޖެކަމަށްވަނީ. ވީމާ އެކަން ރޭވި މީހުން މިމަހުގެ 02 ވަނަ ދުވަހު ނެރުނު ލަފާ، ދިހަ ދުވަސް ވީއިރުވެސް ބަދަލެއް ނުގެނެސް ދަމަހައްޓާނެތާ! އެކަމުގެ ފަހު މަރުޙަލާގައި މިހާރު މިތިބީ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން އޭތި ނުގޮވާނެ. މިރާއްޖެ އަމާން ކަމުގެ ސުވަރުގޭގެ ގޮތުގައި އަބަދުގެ އަބަދަށް ލައްވާނދޭވެ!. އާމިން!

    8
    1
  5. ބޯބުޅި

    ތިހަމަލާއެއް ރާއްޖެއަށް ދެންޏާ ދޭނީ އެމެރިކާ، އިޒުރޭލު، އިންޑިއާ ގުޅިގެން. އާޚިރުގައި އެކަން ކަނޑާލާނީ ރާއްޖޭގައި އުޅޭ ސުންނަތަށް ލޯބިކުރާ (އެބައިމީހުން އެކިޔާ ހާބީ) މީސްކޮޅުގެ ބޮލަށް. ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ވަރަށް ސަމާލުވާތި!

    6
    1
  6. ރޮމާރިއާ

    ކޮންމެވެސް މީހަކު މިއުޅޭ މާރިޔާ ދައިތަ އަށް ރާއްޖެއަށް ހަމަލާ ދިނުމާ ބެހޭ ގޮތުން އެމެރިކާއިން ބުނާ ވާހަކަ ބުނެލަ ދީބަލަ.

    6
    1
  7. ކޮރަލް

    ބޭނުމަކީ ދިވެހި ސަރުކާރުން އެމެރިކާ ބުނާ ވަކި ކަންތައް ތަކެއް ކުރުމެވެ.

    5
    1
  8. ޒަމްހާ

    އެމެރިކާމީހުން ރާއްޖޭގައި ޓަރަރިސްޓު ހަރަކާތެއް ހިންގަން އުޅެނީބާ..؟

  9. ދިވެހީން

    ހާދަ ނުބައީއޭ ހާދަ ގަމާރީއޭ ހާދަ ފިތުނަވެރިޔޭ ހާދަ އަނިޔާވެރިޔޭ ހާދަ ޖާހިލީއޭ. މިއޮތްހާ ދުވަސްވަންދެން ދިވެހިން ހޯދި އިލްމަކީ ތަރުބިއްޔަތަކީ ރިވެތި އަޚުލާގަކީ މިތަނުގައި މިހިރަ ކޮމެންޓްތަކުން ދައްކައިދޭ ކަންތައްހޭ؟ އަޖައިބު ހައިރާން. ދުނިޔެ މިއޮތް ދަނީ ކުރިއަރައިގެން ދިވެހިން މިދަނީ ޖަހުލުވަމުން ޖައްބާރުވަމުން ފުރޭތަވަމުން.

  10. ޙުނޮސި

    ޙުސް ދޮގު