ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަސް ތެރޭގައި 40 އަހަރާއި ނުބައްދަލު ތަރައްޤީ ގެނެސްދެއްވައިފި ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ގއ.ވިލިގިނލީގައި ޕީޕީއެމް އިން ބާއްވަމުންދާ "ވިދި ވިދި އޮޓެ އޮޓެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އިޤުތިޞާދީ މަސައްކަތްތަކުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ އެއް މިނިސްޓަރު ކަމަށްވާ ސައީދު މިރޭ ވެސް ވިދާޅުވީ އެންމެ ހެޔޮ އަގުގައި ފައިސާ ހޯދައިގެން ތަރައްޤީ ގެނެސްދެއްވަނީ ރައީސް ޔާމީން ކަމަށެވެ.

"ދިވެހިންގެ އުއްމީދާއި ގުޅިފައި ވަނީ ތަރައްޤީ. އެޒަމާނުގައި ވެސް މިޒަމާނުގައި ވެސް ދިހިން ބޭނުންވީ ތަރައްޤީ. ރައީސް ޔާމީން އަކީ އެތަރައްޤީ ގެނެސްދެއްވާ ވެރިއެއް." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ "ފުނޑާލެވޭނެ އެންމެ ބޮޑަށް ފުނޑާލާފައި" ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ ރައްޔިތުން ބޭނުންވި ފަދަ އުއްމީދީ ކުރިއެރުންތަކެއް ގެނެސްދެއްވާފައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރާއްޖެ އަކީ 100 އިންސައްތަ އިސްލާމީ ގައުމަކަށް ވާތީ ރާއްޖޭގެ ވަށައިގެން ކަނޑު އޮވެފައި ރާއްޖެ ލޮނުގަނޑަކަށް ވުރެ މީޓަރެއް މަތީގައި އޮތް ނަމަވެސް ރާއްޖެ އަށް ހަސަދަވެރި ނުވާ އެއްވެސް ބަޔަކު ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 30 އަހަރު އެންމެ ވެރިކަން ކުރި ބޭފުޅަކު ވެސް ފެނިއްޖެ ކަމަށާއި އެވެރިޔަކު ގޯސް ކަމަށް ވިދާޅުވެ ދެން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތިން އަހަރު ވެރިކަން ކުރައްވާފައި ވެރިކަމުން އިސްތިއުފާ ދެއްވެވި ރައީސް އެއް ވެސް ފެނިއްޖެ ކަމަށެވެ. އެއިން އެއްވެސް ބޭފުޅަކަށް ގެނެސްނުދެވުނު ތަރައްޤީ ރައީސް ޔާމީން ގެނެސްދެއްވައިފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ހުޅަނގުގެ އެޖެންޓެއް ކަމަށް ޝައިހް އިމްރާން ވެސް ވިދާޅުވި ކަމަށާއި ރައީސް މައުމޫން ވެސް ރައީސް ނަޝިދަކީ ކޮން ބޭފުޅެއް ކަމަށް ވިދާޅުވެ ދެއްވި ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ރައީސް މައުމޫނަކީ ކޮން ބޭފުލެއް ކަމަށް ވިދާޅުވެ ދެއްވި ކަމަށެވެ.

އެބޭފުޅުންނަކީ "އެއްވެސް ފިކުރެއް ނެތް" ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު ރައްޔިތުން ކުރަންވީ އެންމެ ކަމެއް ކަމަށާއި އެއީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރުން ކަމަށެވެ.

"ޒުވާނުންގެ މުސްތަގުބަލަށްޓަކައި ކުޑަކުދިންގެ މުސްތަޤުބަލަށްޓަކައި ހުރިހާ ރައްޔިތުން ނިކުމެ ކުރަންވީ ކަމަކީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރަންވީ." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    40 އަހަރުން ނުކުރެވޭ ވައްކަން ދޯ ތަރައްގީ އަކީ

  2. ގޮޅާބޯ

    މުޅިޔަކުން ދޮގުވާހަކައެއްވެސްނޫން!

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މިތާނގައިވާ އެއް ޗެއް މީ ކޯއްޗެއްކަން ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  4. އަސްލޭ

    ކޮބާހޭ އައިހެވަނު؟؟؟ މުޅިންވެސް އެކަހަލަ ސަޅިބައިސާ ތަރައްޤީ އަތޮޅުތަކަށް.. ގުރޭޓަރ މާލޭ ބޮޑު ލޯނު ދަރަނި ތަރައްޤީ ދައްކައިގެން އަތޮޅުތަކުގެ މީހުންގެ ބޮލަށް ޗިޕު ނުޖެހޭނެކަން ނިމިދިޔަ ކައުންސިލް އިންތިހާބުންވެސް އެއޮތީ ފެންނަން..އަދި ވެސް ވިސްނޭކަށް ނުވޭތޯ..

  5. ނަފާ

    ތިހެން ތަންކޮޅެއް ކުރިން ތިޔަ ސައީދު ދެއްކެވި އައިހެވަނެއްގެވާހަކަ ދެއިރު ދެ ދަޅައަށް ކިޔާ ތަސްބީހައެއްހެން..މިހާރު ހަނދާނެއް ނެތް ނަންވެސް ނުގަނޭ..ތިޔަ ކަހަލަ މީހުން ދައްކާވާހަކަ ޤަބޫލުކުރާނެތަ ހަމަހޭގަ ހުރި ރައްޔިތަކު..

  6. ދިސްއިޒް

    ޗައިނާ ދޫކޮށްލައިގެން މަމެން ޕިންކީން ނަށް ނޫޅެވޭނެއޭ މަމެންނަށް ހެވޭ ސަރުކާރުން އިންޑިއާ ސައްޕެއް ޖަހާ ބޭރު އަރުވާލިނަމަވެސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އެޒާތުގެ ތެޔޮ އެއްޗެހި ކާމީހުން ރަނގަޅު ވާނެ އެއް ފަރާތް ކޮށްލިނަމަވެސް. ޗައިނާ އިން މަމެން ގެ ގައުމަށް ވަރަށް ގިނަ ކަންކަން ކޮށްދެއޭ އެގޮތުން މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ދޭ ބްރިޖް އެއީ މަމެންގެ ވެރިކަމުގައި ރާއްޖޭގައި ގާއިމް ކުރެވޭ މޭން މޭޑް ވޮންޑަރ އެއްކަން ޔަގީން މަމެންނަށް. މަމެން އުއްމީދު ކުރަން އަދި މާލެ އާއި ގުޅިފަޅާއި ތިލަފުއްޓާއި ވިލިގިއްޔާއި ދެމެދު ވެސް ޗައިނާގެ އެހީގައި ބްރިޖް އަޅާ ދޭނެ ކަމަށް އަދި މިކަމަށް ބޭނުންވާ ލޯން ދޭނެ ކަމަށް. އޯއް ޓު ޑޭ އައި އޭމް ހެޕީ ދަ ރެއިނީ ކްލައުޑްސް އާރ އަވޭ. އައި އެންޖޯއިޑް އެވްރީ ޑްރޮޕް އޮފް ރެއިން އައުޓް ދެއަރ. އައި ސީ ދަ ފްލާވަރސް އާރ ބްލޫމިންގް. އޯއްް ކާންޓް ބިލީވް ދެޓް އިޓްސް ސޯ ނެޗުރެލް ޓު މީ. ދިސް އިޒް ލަވް ލަވް އިޒް އީޒީ އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ.

  7. ދިސްއިޒް

    ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ކަމަށް ބުނެ ލަންކާ ގައި ހުންނަ އީޔޫ ތަމްސީލް ކުރާ ކަމަށް އަމިއްލަ އަށް މަތިން ބައިން ޖެހިގެން އޭގެ ތެރެއަށް ބޭނިގަނެގެން އުޅޭ ދޮނޭ އަކު ކަނޑުކޮސް ގޮވި ނަމަވެސް މަމެން އެ ޒާތުގެ ކޮރަޕްޓް ވަގު ދޮނޭ މެން ކިޔާ އެއްޗަކަށް އަޅާ ލާން ނުޖެހޭނެއޭ އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކޭ އެއިން މަމެންނަށް ވާނެ އެއް ކަމެއްވެސް ނޯންނާނެއޭ. އެއޮތީ ޖުޑިޝަރީ ތެރޭން އީޔޫ އަޑީގައި އޮވެގެން ގެންނާން އުޅުނު ޖުޑިޝަލް ކޫ ހުއްޓުވާ އެމެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު އޮޅާލާ އެމެން ގެ ބެކަށް ޖަހާފައި. މަމެން ޕިންކީންނަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ މަމެންނާއި އެކު އޭ ޗައިނާ އާއި ރަޝިޔާ އޮތީ. އޯއް ޓުޑޭ އައި އޭމް ސޯ ހެޕީ ދެޓް ދަ ރެއިނީ ކްލައުޑްސް އާރ އަވޭ. އައި އެންޖޯއިޑް އެވްރީ ޑްރޮޕް އޮފް ރެއިން އައުޓް ދެއަރ. އައިސީ ދަ ފްލާވަރސް އާރ ބްލޫމިންގް ނައު. އޯއް ކާންޓް ބިލީވް ދެޓް އިޓްސް ސޯ ނެޗުރެލް ޓު މީ ދިސް އިޒް ލަވް ދިސް އިޒް ލަވް ދިސް އިޒް ލަވް..

  8. ނުރަބޯ

    ވަރަށްބޮޑު ތެދެއް. މިއީ އުއްމީދީ ރައީސެއް.

  9. އޮޅާލާ

    މޯލްޑިވިއަން އައިޑޮލް ބަލާފައި މަމެން ކިރިޔާ ހޭނުނެތުނީ އޭގެ ރަނޑު ސްޓައިލް ބޮޑު ކަމުން. ތިޔާ އައިޑޮލް ގައި އަމިއްލަ އުފެއްދުމެއް ވެސް ނުގެނެސް ދޭ ދޯ ދެން ރާއްޖެތެރޭން ބަޔަކު ގެނެސް ގެން ޔާރާ ދިލް ދާރާ ލަވަ ތަކެއް ޕްރޮމޯޓް ކުރަނީ ޓެކްސް ޕޭޔަރ މަނީން އިންތިހާ އަށް ޚަރަދު ކޮށްގެން. ތިއިން މިގައުމަށް ކުރާނެ އެއްވެސް ފައިދާ އެއް ނެތް ހަމަ ޔާރާ ދިލް ދާރާ ޕްރޮމޯޓް ވުން ނޫން ކަމެއް ތިިއިން ނުހިނގާ. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ހަލާކަކީ ޓީވީއެމް އިން ގެނެސް ދޭ ޔާރާ ދިލްދާރާ ލަވަ ތައް އެއީ މައިގަނޑު ރޯލް އަދާ ކުރާ ބަޔަކީ. ކޮން މޯލްޑިވިއަން އައިޑޮލް އެއްތޭ މޯލްޑިވިއަން އައިޑޮލް އޮޅާލާ އޮޅާލާ އޮޅާާލާ އޮޅާލާ.

  10. އަސްލު

    އަސްލު ވެސް ވަރަތް ބޮޑު ތެދެއެއް އެއީ...

  11. ހާނީ

    ވައްކަމުގެ ސަރުކާރެއް..

  12. ހުށާ

    ކައޭމެން ރައީސަށް ހުށާމަދު ކުރިޔަސް ތީ ބޮޑުވަރު އިނގޭ

  13. Anonymous

    ތަރައްގީ އެބަ ފެނޭ!! ހަމަ އެހެންމެ ލާރި ކާތަންވެސް އެބަ ފެނޭ!!