ށ.އަތޮޅު ފީވަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައް ހަލާކުވެ، މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.

ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާޢު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަމަޞާން މަސް ފެށުނު ފަހުން ކޮންމެ ރެޔަކު ވެސް އެތައް ފަހަރަކު ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ.

"ރަމަޞާން މަސް އެއްކޮށް މިދަނީ މިފަދަ ގޮތަކަށް. މިއަދު ހެނދުނުން ފެށިގެން އެތައް ފަހަރަކު ކަރަންޓް ކެނޑުމަށް ފަހު މިހާރު މިއޮތީ ދެން އެއްކޮށް ކަރަންޓް ގޮސްފައި. ދެން ކަރަންޓް ލިބޭނެ ދުވަހެއް ވެސް ނޭނގޭ. ސަބަބަކީ މިހާރު ރަނިން ކޮންޑިޝަންގައި އެއްވެސް ޖަނަރޭޓަރެއް ނެތުމުން." ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ފީވަކަށް އާޖަނަރޭޓަރެއް ގެންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އަދި މިހާތަނަށް ޖަނަރޭޓަރެއް އެރަށަށް ގެނެސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން ފެނަކަައިގެ އިސް ބޭފުޅުންނާއި، އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ވެސް ފޯނުން ގުޅޭތޯ. އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވާ" ސުޖާއު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ އާއްމުވެފައެވެ. ގިނަ ރަށްރަށުން ގެންދަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ސްޓެލްކޯ އެމް.ޑީ ވަކިކުރޭ. އެއީ ކަމެއް ބެލޭ މީހެއްނޫން. ފޮނިވެފަ ބޮޑާވެފަ ހުރުން ނޫންކަމެއް އޭނައަކަށް ނުވާނެ. އޭނައަކީ، ހަމައެކަނި ސޮއިކޮށްލަން އިންނަ ބުދެއް.

    24
    3
  2. ތަކުރު

    ޖަޒީރާރާއްޖެ، ދެންބާރަށް އަތްޖަހާ????????????

    42
    1
  3. ނިޔާޒާ

    "ކަލާންގެ ސަފުން ބަދަލު ނުކުރައްވަތޭ ޤަވްމެއްގެ ޙާލާތެއް
    ނުވާނަމަ ޤަވްމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް" ފަސްވަނަ ގިޔަރުގައި ކުރިޔަށްދިޔަ ޤަވްމެއް ހިންދާލީ ރައްޔިތުން އަމިއްލަޔަށް!
    ޝުކުރިއްޔާ ދިވެހި ރައްޔިތުންނަށް!

    50
    2
  4. ހުސޭނުބޭ

    ރަގަޅެއްނު! ރިޔާސީ އިންތިޚާބުގައި އާ ޖަނަރޭޓަރު ގެނެސްދޭނަމޭ ކިޔާފައި ފީވަކު މީހުން ބޮލުގައި ތެތްގޯނި އަޅުވާފައި އިބޫ ދިޔައީ! ކަނު އަދިރީގައި ތިބެންވީމާ ކިރިޔާ މި ހޭއެރީ އަހަރެމެން ބޮލުގައި ތަތްގޯނި އަޅުވާފައި އޮތްކަން!

    51
    2
  5. ޙަސަން އަޙުމަދު

    ފޯނެއްވެސް ނުނަގާނެ. އެ 100 ދުވަހެއް ހަމައެއްވެސްނުވާނެ. އާ ޖެނެރޭޓަރެއްވެސް ނުލިބޭނެ. ބޯން އުޅުނު ބޮނޑި ތިޔޮތީ ރަނގަޅަށް ބޮވިފާ.

    50
    4
  6. ސޮމެޮނެ

    ކަރަންޓް ބިލް ކުޑަވާނެ.. ހަމަ ތިޔަބޭފުޅުންނަށް ޓަކައޭ! ކެއްކޮއްބަލަ!

    48
    2
  7. ކޮމެންޓްކުރާމީހާ

    ކީއްކުރާނީ ދެންޖެހޭނީ ކެތްކޮށްލަންތާދޯ!

    14
    1
  8. މުރާސިލް

    ތިވާނީ އަދި މިސަރުކާރަށް 100 ދުވަސް ނުވަނީ ކަމަށެވެ. ޖަޒީރާ ރާއްޖެއަށް ވޯޓްދިނީ ކަނުއަނދިރީގައި ތިބޭކަށް ނޫންހެއްޔެވެ؟ މުޅި ފީވަކުގެ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އެހެނަސް އަހަރެމެންގެ ކަންކަން މިހާލަތަށް ވައްޓާލީ ހަމަ އަހަރެމެންނެވެ. އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށް ނުދެވޭ ބަޔަކަށް ވޯޓް ދެވި ވެރިކަމަށް ގެނައުމުގެ ހިތިކަން މި ފެންނަނީއެވެ. އެޖެންޑާ 19 އިން ރައްޔިތުންނަށް އޮތީ ހިތާމައާއި ހިތްދަތި ކަމެވެ.

    21
    1
  9. އަހްމަދު

    ބަލަޝުޖާއު! ރައީސްސޯލިހަކީ ދޮގުހަދާމީހެއްނޫން. އަދި100ދުވަސް ހަމަނުވަނީ. މަޑުކޮށްލާ.

    14
    1
  10. ރާބެ.މެއި.12. 2019 14:30

    ފީވަކުކޮންމެގެޔަކައް( ޖަނަރޭޓަރެއްތަ؟

    9
    2
  11. އަންނި

    މިހާރު ހުންނާނެ ރަނގަޅަށް ރާކަނިމަސް ކެވިފައި ދެން ތިބޭ ޖަޒީރާގަ.

    24
  12. ސެކޯ

    ސްޓެލްކޯގެ އެމްޑީ އާ ތިކަމާ އޮތީ ކޮންގުޅުމެއް ތިރަށަށް ކަރަންޓުދެނީ ފެނަކައިން ....

    5
    7
  13. ސަންތިމަރިޔަބު

    ފުރަތަމަ 100 ދުވަހޭ ކޮއްކޯ ބަންދު ކަނޑާ ގުނާ 100ދުވަސް ހަމަވާނީ 2023 ވަނަ އަހަރު ނޮވެންބަރ 17 އަށޭ 100 ހަމަވާދުވަހު ކޮއްދިނަސް ވައުދު ފުއްދުނީނު ތިޔާކީ މާބޮޑު މައްސަލަޔެއް ނޫނޭ އަންނަމަހު ކަރަންޓް ބިލް އަތްފޯރާފަށުގަޔޭ އޮންނާނީ ސަންތިމެންގެ ދުވަސްވަރު “ޖަޒީރާ ރާއްޖޭ”ގަ އުޅުނީ އަތްބައްތި، ފާނޫޒު، ބިގަރު ދިއްލާއިގެނޭ ޖަޒީރާ ރާއްޖެޔަށް އެއްބަސްވީ އެގޮތް ރުހިގެންނޭ ދެންކެތްކޮއްލާ އަދޮ ދޯތް

    19
    1
  14. އައްޓަމަސް

    ފެނަކައާއި ސްޓެލްކޯއަކީ 2 ތަނެއްކަމަށް ދަންނަވަން! އަދި މިސަރުކާރުގެ ހުރިހާ ވައުދެއް ފުއްދާނިމުނުކަމަށް ރައީސްވިދާޅުވި (ކަޅުވަކަރުމިސްކިތް ރޭވުންފިޔަވާ) ވިމައި ސަރުކާރު ބަދުނާމުނުކުރޭ!

    1
    3
  15. ފާއިޒް

    ކޮބާ އޮންނާނި ރާކަނިމަސް ކެވިފަ....

  16. ފާތި

    ވަގުތު މީހުނަށް ބެހޭކަމެއްނޫން ފިތުނައުފައްދަން މަސައްކަތްނުކުރޭ

  17. އެކުވެރިޔާ

    ތީގައިބޫސޯލިހުގެކުށެއްނެތް ގައުމުފަސްވަނަގިޔަރުގަ ބާރައް ކުރިއައްގޮސް ގޮސްއޮއްވަ މިގައުމުގެ ރައްޔިތުން ބޭނުންވީ އެތަރައްގީ ފުޑުފުޑުކޮށްލަން އަމިއްލައައް އިބޫއައްވޯޓުދިނީ ރައްޔިތުން އިބޫދެއްކިހުވަފެން ތަކައް އެހެންވީމަ ރައްޔިތުން ކާންއުޅުނު ރާކަނިމަސް ތިކެވެނީ ދެންބާރައް އަތްޖަހާ ނަށާ